ވިޔަފާރި / ކޮވިޑް-19

ކޮވިޑް ވިލެޖަށް ބޭނުންވާ މުހިއްމު ސާމާނު ބަންގްލަދޭޝް އިން ގެނެސްފި

ކޮވިޑް ވިލެޖަށް ބޭނުންވާ މުހިއްމު ގިނަ ސާމާނުތައް ބަންލަދޭޝްގެ ގައުމީ އެއާލައިން، ބީމާން އެއާލައިން އިން ރާއްޖެ ގެނެސްފި އެވެ.

މި ތަކެތީގެ ތެރޭގައި ކޮވިޑް ވިލެޖުގައި ތަރައްގީ ކުރާ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމެންޓާއި ބޭނުންވާ ބައެއް ބޭސް ވެސް ހިމެނެ އެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތަރައްގީ ކުރާ މެޑިކަލް ފެސިލިޓީގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފަ އެވެ. އަދި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެ ތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެންޑީއެފް އިން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ހަދާ 290 އެނދުގެ މި މެޑިކަލް ފެސިލިޓީ ހެދުމުގައި އެމްއެންޑީއެފްގެ މުވައްޒަފުން ރެ އާއި ދުވާލު ހަރަކާތްތެރިވެފައިވެ އެވެ. މި ފެސިލިޓީ އަށް 40 ވަރަކަށް މިލިއަން ރުފިޔާ ހޭދަކުރާ އިރު އެމްއެންޑީއެފްގެ އިތުރުން ފެނަކަ އާއި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަން ފަދަ ކުންފުނިތަކުން ވަނީ ބޮޑު އެހީތެރިކަމެއް ދީފަ އެވެ.

މޯލްޑިވިއަންގެ ޓްވީޓް

އެ ފެސިލިޓީގެ މަސައްކަތުގައި އުޅުނު އާރުސީސީ ކުންފުނީގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އެއީ މި މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވެ އެވެ.

މި މެޑިކަލް ފެސިލިޓީ އަށް ބޭނުންވާ ގިނަ ސާމާނުތަކެއް ބީމާން އެއާލައިން އިން ގެނެސްފައިވާ އިރު މި ދުވަސްވަރާ ދިމާކޮށް، އެކި ގައުމުތަކުން ކާގޯ ގެނައުމުގެ މަސައްކަތްތައް ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އިއްޔެ ރޭ ތައިލެންޑުން ވެސް ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީ މޯލްޑިވިއަންގެ ކާގޯ ފްލައިޓުން ގެެނސްފައިވެ އެވެ.

11 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރަފަކައްދަ

16 May 2020

ތެދު ތެދަށް ބުނާ ނަމަ މޑޕ އަކީ ޤައުމެއްގައި ވެރިކަން ކުރެވޭ ވަރުގެ ޤާބިލު ބައެއްކޭ ބުނެވޭކަށް ނެތް. މިވެރިންނަކީ ޙަޤީގަތުގަވެސް އެއިރެއްގައި އޮންނަ ސަރުކާރަކާެި އިދިކޮލުގައި ތިބެންޖެހޭ ބައެއް. ޤައިމެއްގައި އިދިކޮލު ޕާރޓީ އެއްގެ ގޮތުގައި މަސައްކަތް ކުރަން ހަމަ ބެސްޓް. ވެރިކަން ކުރާކަށް ކަމަކުނުދޭ! ޙުދު އެވެރިންނަށްވެސް މިކަން ޤަބޫލު ކުރާނެކަން ޔަޤީން. ފައިސާ ގެންގުލުމުގެ އެއްވެސް ވައްޓަފާލިގަނޑެއް ނެތް. ނެތް ތާކު ނުވެސް އެނގެނީ. ވ ސަލާން.

The name is already taken The name is available. Register?

ލުގުމާނުބ

16 May 2020

ކަމެއްޖެހުނީމަ އަދިވެސް ހަމަ ބަންގާޅު ވަރެއް ނެތް... ބޮޑުބޭބެ އިންޑިޔާއަށް އޮތީ އަޅުވެތިކުރުން

The name is already taken The name is available. Register?

ނަތީޖާ

16 May 2020

އަލްހަމްދުލިއްﷲ. އިރާދަކުރެވިއްޔާ ކޮވިޑް ކަންތަކުން އަޅުގަނޑުމެން އެންމެން ސަލާމާތްވެރ އާ ފެށުމެއް ލިބޭނެ. މި ފެށުމުގައި ކެނެރީގެ ނަޝީދުއާއި އޭނާގެ ވާގިވެރިން ބައިވެރިކޮށްގެން ނުވާނެ. ކޮވިޑް ކަންތަކުގައި އަރައިގަނެވުނީމަ ގައުމަށް ގައްދާރުވި އެންމެން ބޭރުކުރަންވާނެ. އެހެންނޫނީ ދެން ނިކުންނާނީ ރައްޔިތުން.

The name is already taken The name is available. Register?

ކަދީދަ

16 May 2020

ވިލެޖުގެ ފޮޓޯގަނޑެއްވެސް ނެތީތަ

The name is already taken The name is available. Register?

ބޮޑުމީހާ

16 May 2020

40 މިލިއަން ޚަރަދުކޮށްފަ ތަނެއް ހަދާފަ، އައިސީޔޫ އެދާއި ވެންޓިލޭޓަރ ބަހައްޓަނީ ޓްރީޓޮޕްގަ.

The name is already taken The name is available. Register?

5545

16 May 2020

ލިޔުންކިޔާފަ ހީވަނީ ބަންގލަދޭޝްއިން ރާއްޖެގެނައި އެްޗެހިތަކެއްހެން..

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

16 May 2020

ރަނގަޅު. ޚަބަރުގައެއްވެސް ނެތް ބަންގްލަދޭޝް އިން ތަކެތި ގެނައި ވާހަކައެއް. ބަންގްލަދޭޝްގެ ޤައުމީ އެއަރލައިނުން ތަކެތި ގެނައި ކަމަށް އޮތީ.

The name is already taken The name is available. Register?

ކަސަބު

16 May 2020

ކޮމެންޓްތަކުގައި އޮތްހެން ކޮންބަޔަކު ފޮނުވި އެއްޗެއްކަމެއްނޭނގޭ.

The name is already taken The name is available. Register?

މަންނާނު

16 May 2020

1ބިލިިއަންރުފިޔާ ކޮވިޑުގެ ކަންކަމަށް ހޭދަކުރިކަމަށް ބުނާއިރު ރަށެއްގަ ޓެސްޓް ކުރެވޭކަށް ނެތް މާސްކް ގަޑެއްް ހާހިސާބުވެސް ލިބޭކަންނެތް އަދި ބޭރު ޤައުމުތަކުންދޭ އެހީއަށްވާގޮތެއްނޭގޭ

The name is already taken The name is available. Register?

ޙަސން

16 May 2020

ރަގޅު ގޮތަކީ ބަންގަލްދޭޝް ފުލައިޓެއްގައި ޗައިނާއިން ގެނައީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454