ކޮވިދް-19 އާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރާ ހަރަދުތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން- ޕްރެސްގައި ބައިވެރިވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް (ކ)، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (މ)، ޕެންޝަން އެކްޓިކް ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް (ވ)
23 މެއި 2020 - 16:41
ވަޒީފާ ގެއްލިފައިވާ މީހުންގެ ތެރެއިން، އިކޮނޮމިކް ރިލީފް ފަންޑުން މިހާތަނަށް 69 މީހަކަށް 290،000ރ. ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑުން ބޮޑެތި އެހީތަކެއް ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެންސްޕާ މެދުވެރިކޮށް ވަޒީފާ ގެއްލިފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 5،000ރ. ގެ އެލަވަންސެއް ދޭން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ފެނުގެ ހަރަދުތަކަށް ދީފައިވާ 30 ޕަސެންޓް ޑިސްކައުންޓުގެ ގޮތުގައި 10.9 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ބިލަކުން އެވްރެޖްކޮށް 200ރ. ގެ ޑިސްކައުންޓެއް ދެވިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. މި ހޭދަ ކޮށްފައިވަނީ ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ގޭބީސީތަކަށް ދޭ ފެނުގެ ހިދުމަތުންނެވެ.
މީގެ އިތުރުން ކަރަންޓުގެ ހަރަދުން 40 ޕަސެންޓްގެ ޑިސްކައުންޓް ގޭބީސީތަކަށް ދިނުމާ އެކު އެކަމަށް 49.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ ކޮންމެ ބިލަކުން އެވްޖެޓުކޮށް 500ރ. ގެ ޑިސްކައުންޓެކެވެ.
މި ހަރަދުތަކުގެ އިތުރުން ވިޔަފާރިތަކަށް އެސްޑީއެފްސީ އާއި ބީއެމްއެލް މެދުވެރިކޮށް ވެސް އަންނަނީ ލޯނު އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
"ބީއެމްއެލް މެދުވެރިކޮށް މިހާތަނަށް 125 ފަރާތަކަށް 145 މިލިއަން ރުފިޔާ ދޫކުރެވިފައިވޭ. އޭގެ ތެރޭގައި 2.5 މިލިއަން ޑޮލަރު ވެސް އަޅުގަނޑުމެން މިހާރު ވާނީ ދީފައި،" އޭނާ ވިދާޅުވި އެވެ.
ބޭންކުން ލޯނު ދީފައި ވަނީ ރިސޯޓުތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ލިބޭ ވިޔަފާރިތަކަށެވެ.
އެސްޑީއެފްސީ މެދުވެރިކޮށް 1،690 ފަރާތަކުން ލޯނަށް އެދުނު އިރު 640 ފަރާތެއްގެ ލޯނު އެޕްރޫވްކޮށްފައިވެ އެވެ. މީގެ ތެރެއިން ފައިސާ ދޫކޮށްފައިވަނީ 241 މީހުންނަށް 22.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ރިލީފް ފަންޑުން 400 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ އެސްއެމްއީތަކަށެވެ.
ރިލީފް ފަންޑަށް ކުރާ ހޭދައިގެ އިތުރުން ސަރުކާރުން މިވަގުތު އެންމެ ބޮޑު ހޭދައެއް ކުރަނީ ކޮވިޑް-19 އާ ގުޅިގެން ކުރަންޖެހޭ ހަރަދުތަކަށެވެ. އެގޮތުން މިހާތަނަށް 873 މިލިއަން ރުފިޔާ ކޮވިޑްގެ ހަރަދުތަކަށް ހޭދަކޮށްފައިވެ އެވެ. ސަރުކާރުން އަންނަނީ ބޭރުގެ އެކި އެކި މާލީ އިދާރާތަކުން 290 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބޭރުގެ މާލީ އިދާރާތަކުގެ ތެރެއިން މިހާތަނަށް ލިބުނީ 61 މިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާތިމު
24 May 2020
އިންކަމް ސަޕޯރޓް ދޫކުރީ މުއްސަދިންގެ ލާބޔާއި މންފާއަށް. އަހަރަކު 10 މިލިއަންލިބޭ މީހުންގެ ބޮޑެތި ކުންފުނިތަކުން މުވައްޒަފުންނަށް ދެރަގޮތްތައްހަދާލީ މިދަނޑިވޅުގައި
ޞަހި
24 May 2020
ޝަރުުތު ބޮޑުކަމުން ނުލިބޭ މީ ހުން ގިނައީ،
ސޭޓު ކޮއްކޮ
24 May 2020
މިވެރިން ކައިފާ ބާކީވާވަރު ހާދަ މަދޭ.. ޔމނ ކޭއިރިރު ޕޕމ ޖަލްސާ އޮންނަ ކޮންމެދުވަހަކު ހަބޭސް..
ބޭބެ.
24 May 2020
އަދިވެސް އޮތީ ޖާ ހިލިއްޔަ ޒަމާނުގެ ގާމީ ހާގެ ކަންކަން އަވަ ހަށް ނިންމާ އުސޫލު، އަދިވެސް ހުރި ހާ ރިސޯޓްތަކަށް ލޯނު ނުދޭ އަހަ ހަރުމެންނަށް މުސާރަ ލިބޭނީ ތިލޯނު އަވަ ހަށް ދިނީމާ!
ހާމިދުސޯ
23 May 2020
ނާގާބިލް ވަޒީރެއް!
ޒަވީމް.
23 May 2020
ސަރުކާރުގެ 75000 ރުފިޔާގެ މަހު މުސާރަ ލިބޭ 5 މީހުން ގެ ޖުމްލަ މުސާރައާއި 58 އާންމުންގެ މުސާރަ އެހީއާއި އެެއްވަރު. ދެން ރައްޔިތުން ވިސްނަވާ އަޖުމަ ކުރައްވާ މި ސަރުކާރުގެ ހިކުމަތާއި ވިސްނުމާއި އޯގާތެރިކަން ހުރި މިންވަރު.
ޖުހު
23 May 2020
އަހަރުންގެ ލާރިކޯޅު ދޭށޭ
މީން
23 May 2020
ދުނިޔޭގެ އިންޓަނޭޝަނަލް މީޑިޔާތަކައް ތި ޚަބަރު ދޭން ބޭނުން. ދުނިޔޭގެ އެ ހެންތަންތާގަ ތިބި މީ ހުން ތިއަދައް ބުނަނީކީކޭތޯ ބަލާލަން ބޭނުން.
ޒަމީލް.
23 May 2020
އިންކަން ސަޕޯޓައް ދިނީ ރުފިޔާ އަކާއި ފަޅިއެކޭ ބުނިނަމަ މާރަނގަޅެއްނުން. ކަލޭމެން ހިތަކައް ސަަ ހަރޯއޭ ނާރާތަ. ކޮބާތަ ރައީސުލް ޖުމް ހޫރިއްޔާ.. ލަދުނުގަނޭތަ.
ނަޒިންދާ..
23 May 2020
ލަދުނުގަނޭތޯ ތިޔަ އަދަދު ހާމަ ކުރަން..