26 މެއި 2020 - 09:15
ސޮނީގެ ފޯނު ކަލެކްޝަނުގެ ތެރެއިން ނެރޭ އާ ފޯނު "އެކްސްޕީރިއާ މާކް ޓޫ" އެންމެ ފުރަތަމަ ވިއްކާ ގައުމަކަށް އެމެރިކާ ހަމަޖައްސައި، އަންނަ މަހުގެ އެކަކުން ފެށިން ޕްރި-އޯޑަރަށް ހުޅުވައިލަން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޖޫން މަހުގެ 28 ގެ ކުރިން އޯޑަރުކުރާ ފަރާތްތަކަށް ފޯނާއެކީ ހިލޭ ސޮނީ ޑަބްލިއުއެފް އިއާބަޑެއް ވެސް ލިބޭނެ އެވެ.
އެމެރިކާގައި އަންނަ ޖުލައި މަހުގެ 24 އިން ފެށިގެން ރަސްމީކޮށް ފޯނު ވިއްކަން ފަށަން ނިންމާފައި އިރު، އަގަކީ 1،199 ޑޮލަރު (18,524ރ) އެވެ.
"އެކްސްޕީރިއާ މާކް ޓޫ" ގެ ފީޗާތަކަށް ބަލާ އިރު އެމެރިކާ އަށް ވިއްކާ ފޯނު 4ޖީ އަށް ސަޕޯޓްކުރި ނަމަވެސް، ޔޫރަޕްގެ މާކެޓެއް ނެރޭ ފޯނުގައި 5ޖީ ސަޕޯޓްކުރާނެ ކަމަށް ސޮނީން ބުންޏެވެ. ފޯނުގެ ފީޗާތަކުގެ ތެރޭގައި 6.5 އިންޗީގެ 4ކޭ އެޗްޑީއާރް އޯލެޑް ޑިސްޕްލޭއަކާ އެކު، އާންމުކޮށް ބާޒާރުގައި ވިއްކަން ހުންނަ ފޯނުތަކަށް ވުރެ ފޯނު ދިގުވާނެ އެވެ.
މީގެ އިތުރުން 12 މެގަޕިކްސަލްގެ ޓްރިޕްލް ކެމެރާ އާއި ކްއަލްކޮމްސްގެ ސްނެޕްޑްރެގަން 865 ގެ ޕްރޮސެސާއަކާއި 3.55 މިލިމީޓަރުގެ އޯޑިއޯ ޖެކަކާ އެކު، ފޯނު ވަޔަސްލެސްކޮށް ޗާޖް ވެސް ކޮށްލެވޭނެ އެވެ.
މީގެ އިތުރުން މާކް ޓޫގައި ފޮޓޯގްރަފީ ޕްރޯ އާއި ސިނަމޮޓޯގްރަފީ ޕްރޯ އެޕްތައް ވެސް ވެސް ހުންނާނެ އެވެ. އޭހެ ސަބަބުން މެނުއަލްކޮށް ފޮޓޯތަކާއި ވީޑިއޯތަކުގެ ސެޓިންތައް ހަދަން އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy