ފުލުހުންގެ ފޮރެންސިކް ޓީމުން ވެސް ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތުގައި--
27 މެއި 2020 - 12:06
ކޮވިޑް-19 އާ ދެކޮޅަށް މިދިޔަ ހަފުތާގެ ނިޔަލަށް 867 މިލިއަން ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ، ކޮވިޑާ ގުޅޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހޭދަވީ 867 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ ހަފުތާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން 873 މިލިއަން ރުފިޔާ ހޭދަވި އެވެ. ޖުމްލަ ހަރަދުން ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ މަދުވެފައި ވަނީ ކުރިން ގަންނަން ނިންމާފައިވާ ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް އިކުއިޕްމެންޓްތައް ގަތުން ކެންސަލް ކުރުމުންނެވެ.
މިތަކެއްޗަށް ކުރަން ނިންމި ހޭދަ އުނިވި ނަމަވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ސިއްހީ ހިދުމަތްތައް ދިނުމުގައި ކުރަން ޖެހޭ ހަރަދުތައް ހަފުތާއިން ހަފުތާއަށް ބަލާ އިރު އިތުރުވެފައިވެ އެވެ. އެގޮތުން މިކަންކަމަށް ކުރި ހޭދަ 428 މިލިއަން ރުފިޔާ އިން 435 މިލިއަނަށް ވަނީ މައްޗަށް ގޮސްފަ އެވެ.
ކޮވިޑާ ގުޅޭ ގޮތުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތް މިނިސްޓްރީއަށެވެ. އެގޮތުން، ކުރި ހަރަދުގެ 80 ޕަސެންޓް އޮތީ މި ދެ އިދާރާއަށެވެ. އެންޑީއެމްއޭ އަށް 567.7 މިލިއަން ހޭދަވި އިރު ހެލްތު މިނިސްޓްރީއާ ގުޅޭ ކަންކަމަށް 139 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށާއި އެ ބަލި ޖެހޭ މީހުންނާ ގުޅޭ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ދެ އިދާރާއިންނެވެ.
މި ހަރަދުތަކުގެ އިތުރުން ނޭޝަނަލް ޕްލޭނިން މިނިސްޓްރީން އާއި އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި އިިމިގްރޭޝަނާއި އައިޖީއެމްއެޗާއި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިދާރާ އަށް ވެސް ހޭދަކޮށްފައިވެ އެވެ.
ރާއްޖޭން މިހާތަނަށް ދޮޅު ހާހެއްހާ މީހުން ޕޮޒިޓިވް ވެފައިވާ ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހޭދައިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބައްޔަށް ޓެސްޓް ކުރުމާއި ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމެންޓް (ޕީޕީއީ) އާއި ބޭހަށެވެ. ވެންޓިލޭޓަރު ހޯދުމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތަކަށް ބޮޑު ހޭދައެއްދެ އެވެ.
ސަރުކާރުން ލަފާކޮށްފައިވާ ގޮތުން ސިއްހީ ހިދުމަތްތަކަށް ކުރާ ހޭދަތައް 3.3 ބިލިއަނަށް އަރާނެ އެވެ. މިކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މިހާރު ވެސް ބޭރުގެ މާލީ އިދާރާތަކުން 290 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޞްޠަފާ
28 May 2020
މި ކޮވިޑެއް އައި އައިނުން ނިސްބަތުން ދުވާލަކަށް 8 ނުވަތަ 9 މިލިޔަން ރުފިޔާ ޚަރަދު ކުރަން އެބަޖެހޭ ދުވާލަކަށް 9 މިލިޔަން ޚަރަދު ކުރުމަކީ ބުރަބޮޑު ކަމެއް. ބަލީގެ ޝިކާރަޔަކަށް 1500 އެއްހާ މީހުންނަށްވުރެ ބޮޑުނުވެ ހިފެހެއްޓުނީ ދައުލަތު ގެ ބަޖެޓުން ދުވާލަކަށް 9 މިލިޔަން ވަރު ޚަރަދު ކުރީތީ އާންމު ފަރުދަކަށް މިކަމުން ރާހަތެއް ނުކުރި ނަމަވެސް ގިނަ ބަޔަކަށް ބަލި ނުޖެހި ސަލާމަތް ކުރުމަށް ދައުލަތުން ދުވާލަކު 9 މިލިޔަން ޚަރަދު ކުރީތީ ސަރުކާރަށް ޝުކުރުދަންނަވަން
ބުރޯ ރ
27 May 2020
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ، ކޮވިޑާ ގުޅޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހޭދަވީ 867 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ ހަފުތާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން 873 މިލިއަން ރުފިޔާ ހޭދަވި އެވެ. ޖުމްލަ ހަރަދުން ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ މަދުވެފައި ވަނީ ކުރިން ގަންނަން ނިންމާފައިވާ ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް އިކުއިޕްމެންޓްތައް ގަތުން ކެންސަލް ކުރުމުންނެވެ.
Saim Saeed
27 May 2020
އަލީ ވަހީދުގެ ބައިވެސް ހިމެނާފައިތޯ ހިސާބް ހެދީ
ބޮޑުމީހާ
27 May 2020
ހަފްތާއަކަށް 870 މިލިއަން. ދުވާލަކަށް 100 މިލިއަނަށް ވުރެ މަތިން. ޚަރަދު ތަފްސީލުވެސް ހާމަކުރޭ
އާރު
27 May 2020
ހަފްތާއަކު 800 މިލިއަނޭ؟؟؟؟؟؟؟
ާޕޮންޕޮން
27 May 2020
ކޮން މެ ހަފއތާއަކަށް 800 މިލިއަނަށް ވުރެ ގިނައިން ހޭދަ ވީ މަ ތަންކޮލެއް ބޮޑެއް ނޫންބާ
ރަހީމް ބެ
27 May 2020
ކޮވިޑު ތެރޭ އަާ މުއްސަންދީން އުފެދޭނެ ކަމަށް ތަފާސް ހިސާބުން ދައްކާ!
ޟާސް
27 May 2020
އަލީ ވަހީދު އެއްވަނަޔަށް އަންނަނީ
ފަޔާ
27 May 2020
ޝުކުރިއްޔާ. ރައްޔިތުން ބޭނުންވަނީ ތިހާ ސާފުކޮށް ތި އަދަދުތަށް ފެންނަން ހުންނަން. މިހާރު އެބަ ރަނގަޅުވޭ.
މުޞްޠަފާ
28 May 2020
ފިނޭންސް އިން ހަފްތާއަކު އެއްފަހަރު ހިސާބުތައް އާންމުކުރަން ފެށީ މިއަދަކު ނޫން. އެއީ މުނައްވަރުގެ ފިނޭންސް މިނިސްޓަރ ކަމުގައި ފެއްޓެވި ކަމެއް އޭގެ ފަހުން އަބަދުވެސް ހަފުތާއަކު އެއް ފަހަރު ދައުލަތުގެ ޚަރަދު ބަރަދު ދަނީ ނެރެމުން އާންމުކުރަމުން
ރީތި މޫސަ
27 May 2020
ރަނގަޅު. ތި ގޮތަށް ކޮންމެ ހަފްތާއަކު ރިޕޯޓް ނެރެމުން ދިޔަައިމަ ނަޝީދު ކުޅެން އުޅޭ ޑްރާމާއެއް ނުކުޅެވޭނެ. ތިހާ ސާފުކޮށް ހުރިހާ ކަމެއް އޮތީމަ އެސީސީއިން ރިޕޯޓު ނެރެގެން ނަޝީދު ބޭނުންވި ގޮތަށް އެ ރިޕޯޓް ނެތިގެން މެންބަރުން ފަހާ ނުދުވާނެ.
ހުދުހުދު
27 May 2020
ހަމަ ރަނގަޅަށްވެސް!