ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު މިހާރު ނޫޙަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/މިހާރު
27 މެއި 2020 - 15:46
ޓެކުހުގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ކަމަށްވާ 17.3 ބިލިއަން ރުފިޔާގެ ތެރެއިން ލިބޭނީ 8.95 ބިލިއަން ރުފިޔާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވެއްޖެ އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުހުﷲ ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި މީރާއަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މީރާއަށް ލިބޭނެ ކަމަށް ބެލެވެނީ މިއަހަރު ލަފާކުރި އާމްދަނީއަށްވުރެ 48 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.
"މީރާއަށް ބަލައިގަންނަ 60 އަށް ވުރެ ބޮޑު ޕަސެންޓެއްގެ އާމްދަނީ މި ދައްކަނީ ޓޫރިޒަމް ދާއިރާއިން. އެހެންވީމަ ޓޫރިޒަމް ދާއިރާ އަށް ކުރާ އަސަރާ ގުޅިގެން ދައުލަތުގެ އާމްދަނީ އަށް ބޮޑު އަސަރެއް ކުރާނެ ކަމަށް މިވަނީ ބެލެވިފައި،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ސަރުކާރުން ވަނީ ފަސް ސިނޭރިއޯއެއް އަންދާޒާކޮށްފަ އެވެ. އޭގެ ތެރެއިން 8.95 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރަނީ "ސިނޭރިއޯ 3" ގަ އެވެ. އެންމެ ގޯސް ހާލަތް، "ސިނޭރިއޯ 5" ގައި ލިބޭނެ ކަމަށް އަންދާޒާކުރަނީ 6.62 ބިލިއަން ރުފިޔާ އެވެ. ރާއްޖެ އަށް ލިބޭ އާމްދަނީގެ 75 ޕަސެންޓަކީ ޓެކުހުން ލިބޭ އާމްދަނީ އެވެ. މީގެ އިތުރުން ދެން ހިމެނޭނީ ހިލޭ އެހީ އާއި ބޭރުގެ މާލީ އިދާރާތަކުން ލިބޭ ލޯނު ފައިސާ އެވެ.
ފަތުހުﷲ ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހު ބިލިއަނެއްހާ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު އޭޕްރީލް މަހު ލިބިފައިވަނީ 527 މިލިއަން ރުފިޔާ ކަމަށެވެ. މީގެ އިތުރުން ލޮކްޑައުންއާ ގުޅިގެން މީރާގެ އޮފީސްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން މި މަހު ލިބޭނެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ބަލައިގެންފައި ވަނީ 109 މިލިއަން ރުފިޔާގެ އާމްދަނީ އެވެ. އާންމުގޮތެއްގައި މީރާއަށް މަހެއްގެ މައްޗަށް ބިލިއަކަށް ވުރެ ގިނައިން ޓެކުހުން އާމްދަނީ ލިބެ އެވެ.
އޭނާ ވިދާޅުވީ، މި ހާލަތުގައި ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމުގެ ގޮތުން ޓެކްސް ޖޫރިމަނާ ކޮށްފައިވާ 571 ފަރާތަކަށް ޓެކްސް މައާފުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ލޮކްޑައުންގެ މުއްދަތުގައި 182 ޓެކްސް ކްލިއަރެންސް އެޕްލިކޭޝަން ހުށަހެޅި އިރު އޭގެ ތެރެއިން 177 ފަރާތަކަށް އެކަން ކޮށްދީފައިވާ ކަމަށް ވިދާޅިވި އެވެ. ފަތުހުﷲ ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި ޓެކްސް ފައިސާ ދެއްކުމުގައި ބޮޑެތި އުނދަގޫތައް ހުރި ނަމަވެސް ނިއު ނޯމަލް ހާލަތުގައި ޓެކްސް ދެއްކުމުގައި އަމަލުކުރާނެ އެންމެ ލުއި ފަސޭހަ ގޮތްތައް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ، ނިއު ނޯމަލް ހާލަތުގައި ވެސް މަސައްކަތް ކުރާނީ ވީހާ ވެސް މަދު މުވައްޒަފުން މަސައްކަތައް ނެރެގެން ޓެކްސް އާމްދަނީ ބަލައިގަތުމަށެވެ. މިހާލަތުގައި މީރާގެ އޮންލައިން ހިދުމަތްތައް ވީހާ ވެސް ގިނަ ބަޔަކު ބޭނުން ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޓެކްސް ފައިސާ ދެއްކުމުގައި ޖޫރިމަނާ މައާފު ކުރުމުގެ އިތުރުން ޓެކްސް ދެއްކުމުގައި އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ވެސް މީރާއިން ވަނީ ހަމަޖައްސައިދީފަ އެވެ. މިގޮތަށް މިހާތަނަށް 74 ފަރާތަކަށް އިންސްޓޯލްމެންޓް ޕްލޭން ހަމަޖައްސައިދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
28 May 2020
އޮޑިޓަރުން މިހާލަތުގަ އޮޑިޓް ކުރަން އުޅޭނީ ކިހިނެއް..
ނަސްރު45
27 May 2020
ތިޔަ ވިދާޅުވީ ޖޫރިމަނާ އާއި އެކު ނެގޭނެ ވަރުތޯ؟
ތަރައްގީގެ ފޯކަސް ނެތީ
27 May 2020
މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް ފިހާރަތައް ހުސްކުރު މުގަ! ޓެކްސް ބޭނުންނަ މަ ރާއްޖެގަ އަތޮޅުތަކުގަ އެކަނި ކުރަން ވިޔަފާރި ލޯނު ޕްރޮގްރާ މެއް ފައްޓަބަލަ. 7 ވިޔަފާރި ހަބު ހަދާބަލަ. އިސާ ހިތަކު ޕްރައިވެޓް ސްކޫލްތަކާ ހޮސްޕިޓަލްތަކާ ވަސީލަތްތައް ފެންނަން ފަށާނެ އެތަންތަނުން. ވަޒީފާތައް އުފެދޭނެ. މާލެއަށް ހިޖުރަކުރުން ނި މުމ މަކަށް ގެނެވޭނެ. ކެޕިޓަލްގެ ކުލި ވެއްޓި ހަ މަޖެހޭ ހިސާބަކަށް ގެނެވޭނެ. ބިންނެތިގެނެއް ނޫން، ތަރައްގީގެ ފޯކަސް ނެތީ!
ނެގަޓިވް ބެލެންސް
27 May 2020
މުޅި ގައު މުގެ މާލީ ނިޒާ މު ހަލާކުކުރަނީ ބީއެ މްއެލް. ރިއަލް އެސްޓޭޓް ކުންފުނިތަކަށް، ރިސޯޓުތަކަށް ކޮރަޕްޝަނާ އެކީ މިސްރާބު ޖެހީ ވާދަވެރި ބޭންކުތަކުގެ މާރކެޓް ޚަރާބު ކުރު މުގެ ގޮތުން. ރީޓެއިލް ބޭންކެއްގެ ސިފަ ގެއްލި ސަރުކާރު މުސާރަވެރީންގެ މުސާރަ ޖަ މާކުރު މާ %22-%15 އިންޓަރެސްޓް ރޭޓުގަ މުސާރަ އުނިކުރާ ލޯނުގެ ސަބަބުން ހަ މަހަ މަ ކަން ގެއްލި އާން މު ރައްޔިތުންގެ އެކައުންޓް ތައް މަހުގެ 7 ވަނަ ދުވަހު ނެގަޓިވްވެ ދަރާ ހުލިވި.
ބީއެ މްއެލް ފައިސާވެރީންގެ ބޭންކު
27 May 2020
ކަކަކަކަ.. ތިޔާ ޖީއެސްޓީ ނުނަގާ އޮތް ރައީސް މައު މޫނުގެ ޒަ މާނުގަ ގައު މުގެ އާ މްދަނީ. މާރީތިކޮށްވެސް ދިވެހީން އުޅުނު. ފަށާ ވިޔަފާރިތައް ފަސޭހަކަ މާއެކު ކުރިއަރަ މުން ދިޔަ. ރައްޔިތު މީހާ އަތުން ޓެކުސް ނަގާހަ މުއްސަނދި މީހާ 3 މަސް ވިޔަފާރިކޮށް މަހުޖަނަކަށް، ފަށާ ވިޔަފަރިތައް ފަހާ މީރާ ދުވުން ކުދި ވިޔަފާރިތައް ބަނގުރޫޓުވުން ނޫން ކަ މެއް ނުވި. ފަގީރުން ފަގީރު ފައިސާވެރީން އިތުރަށް މުއްސަނދި. ބޭންކު ލޯނު ރިއަލް އެސްޓޭޓް މުއްސަނދިންނަށް.
ސްޓޭޓަސް.އެމްވީ
27 May 2020
މި ދިމާވެފައި އޮތް ހާލަތަށް ބަލާއިރު ތި އަދަދު ވެސް ގޯހެއް ނެތް ، ގޯހަކަށް ވާނި ޓެކުހަށް މަކަރު ހަދާ މަހުޖަނުން ގިނަވުން ، މުދަލުޒަކާތް ނުދެއްކި ޓެކްސް ނުދެއްކި ރަހުނު ލޯން ނުދައްކާ ލެއްވިހާ ފަޅުތައް ޅަދަރިންގެ މިލިކިއްޔާތަށްވެ ކޯޓްތައް ގަނެލާ އުޅުމެއެވެ.
އަންޑާޕޫލްމާ
27 May 2020
ދެން އިންޑިޔާބެއަށް ހިބައިން ރައްތައްދީފާ ދެން އޮތްބައި ހަމަޖައްސާނީ. ދިވެހިން ވޯޓުދިނީ އިންޑިޔާގެ މޯހިރުން އަހަރެމެން އުޅޭން.