ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވުން މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި އެވެ.


ރެޑްވޭވް މެގަމޯލްގައި މިއަދު ބޭއްވި ގުރުއަތު ނެގުމުގައި ރޯދަ ސޭލްގެ އެންމެ ބޮޑު އިނާމް ކަމަށްވާ 100،000ރ. ގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ކޫޕަން ނަންބަރު 97451، ސޮއްފަތު އެވެ.

ބޮޑު އިނާމުގެ އިތުރުން ރެޑްވޭވުން ވަނީ ފަސް ނަސީބުވެރިއަކަށް 10،000ރ. ގެ ފައިސާގެ އިނާމު ވެސް ދީފަ އެވެ. އަދި ރެޑްވޭވްގެ ބްރޭންޑްތަކުން 10 އިނާމް ލިބޭ 10 ނަސީބުވެރިންނާއި 75 އިންޗި ޓީވީ ލިބޭ ނަސީބުވެރިއަކާއި 55 އިންޗީގެ ޓީވީ ލިބޭ ފަސް ނަސީބުވެރިންގެ އިތުރުން 49 އިންޗީގެ ޓީވީ ލިބޭ 10 ނަސީބުވެރިން ވަނީ ހޮވައިފަ އެވެ.

10،000ރ. ގެ އިނާމުގެ ނަސީބުވެރިން

- ކޫޕަން ނަންބަރު 78001، އައިޝަތު ޖަޒްލީ މުހައްމަދު.

- ކޫޕަން ނަންބަރު 47923، ޝަމްހޫދު.

- ކޫޕަން ނަންބަރު 71703، އަހުމަދު ހުޝާމް.

- ކޫޕަން ނަންބަރު 99516، އަހުމަދު އަޝްރަފް.

- ކޫޕަން ނަންބަރު 64460، މޮހޮދު.

ރެޑްވޭވުން ބުނީ މި އަހަރުގެ ރޯދަ ސޭލަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނު ކަމަށެވެ. އެހެންކަމުން ކުރިއަށް ހުރި ޕްރޮމޯޝަންތަކުގައި އަގުހެޔޮކޮށް ތަކެތި ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

މީގެ އިތުރުން ކުރިއަށް ހުރި ޕްރޮމޯޝަންތަކުގައި މިއަށްވުރެ ގިނަ އިނާމް ހުށަހަޅާނެ ކަމަށް ވެސް ރެޑްވޭވުން ބުންޏެވެ.