ސައުދީން ރާއްޖެއަށް ދޭ ލޯނު އެއްބަސްވުމުގައި މިނިސްޓަރު ޝާހިދު ސޮއި ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
05 ޖުލައި 2020 - 14:37
ސަރުކާރުން ހިންގަމުން އަންނަ މަސްވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝަރޫއުތަކަށް އެހީވުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން އެއްބަސްވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި އެއްބަސްވުމުގެ ދަށުން، ބޯހިޔާވަހިކަމަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) އަދި މަސްވެރިކަމަށް 25 މިލިއަން ޑޮލަރު ހަމަޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 25 އަހަރުގެ ތެރޭގައި އަބުރާ ދައްކާ ގޮތަށް ދިން ލޯނެކެވެ މި ލޯނުން އިންޓްރެސްޓުގެ ގޮތުގައި ނަގާނީ ދެ ޕަސެންޓު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މިއީ އާއްމުކޮށް ބޭރުގެ ގައުމުތަކުން ދޭ ލޯނުތަކުގެ އިންޓްރަސްޓް ރޭޓަށްވުރެ ކުޑަ މިންވަރެކެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެ އާއި ސައުދީއާ ދެމެދުގެ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާއިރު މިވަގުތު ބޭރުގެ މާލީ އެހީތެރިކަން ބޭނުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Glad to sign USD 50million Agreements on Affordable Housing & Fisheries Sector Development btw #Maldives & #SFD. Sincere thanks to govt. of #SaudiArabia for this new step, that will forge even stronger bilateral cooperation & strengthen existing ties @FaisalbinFarhan @KSAmofaEN pic.twitter.com/zQtiiPMZM5
— Abdulla Shahid (@abdulla_shahid) July 5, 2020
ސައުދީއާއެކު ސޮއި ކުރެވުނު އެއްބަސްވުމާ ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއް--
ސައުދީން ދޭ ލޯނުގެ ސަބަބުން މަސްވެރިކަން ކުރިއަރުވައި، އަތްފޯރާ އަގުގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެގޮތުން، ހުޅުމާލޭގައި ހިންގާ މަޝްރޫއުގެ ދަށުން 2،700 މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށާއި މަސްވެރިކަމުގެ މަޝްރޫއުގެ ސަބަބުން 25،000 މަސްވެރިންނާއި ދަނޑުވެރިންނަށް ފައިދާވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައޫދީން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ތަރައްގީ އަށް ކުރިއަގެންދާ ބައެއް ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި ހުޅުމާލެ ދެވަނަ ފޭސް ތަރައްގީކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިކަނދި
06 July 2020
ރާއްޖޭގެ ކޮން ފަޅު ރަށެއްތޯ ތި ވިއްކާލެއްވީ....
ހިކަނދި
06 July 2020
އާއާ އެމްޑީޕީ މީ ހަމަ ސުމްޕާ ޕާޓީއެއް...
އެމްބީއެސް ސަލްމާން
06 July 2020
އަނހާ! ހަރުކަށި ޓެރަރިސްޓު ސައުދީން އަތުން ފައިސާ ހޯދުމަކީ ހަމަ ޓެރަރިޒަމްގައި ބައިވެރިވުން
ނަމެއް ނެތް
06 July 2020
ވަކިބަޔަކުތޯ މާސްކް އަޅާ ގައި ދުރުކުރަންވީ..މިސާލުދައްކަން ތިބޭވެރިން މިކިޔަނީ ފަރިއްސެއްކަމެއް ޅެމެއްކަމެއް ނެއެނގުނު. މިލިބުނު ލާރިކޮޅުވެސް އަނެއްކާވެސް ވެންޓިލޭޓަރ ގަންނަން.. މިމީުން މިއުޅޭގޮތަކުން ހީއެއްނުވޭ ކޮވިޑުން އަރައިގަންނަން އުޅޭހެނެއް. ނިމިފަ ހުރި ކޮތަރުކޮށި ވިޔަސް ހަވާލުކޮށްދީބަލަ. އެކިނަންނަމުގައި ލޯނާއި އެހީ ހޯދާ ވާހަކަ. ރައްޔިތަކަށް ލިބޭ އުފަލެއް ނެއްތާ ކައްވަޅގައި ނޮއޮވެވޭވަރުން ދަރަނި ބޮލުގަ ނެއެޅޭދުވަހަކަށް އިރެއް ނައަރާ. ވ ސލމ
ފަނޑިޔާރުބޭ
06 July 2020
ގައި މު ބަޔަކަށް ފައިސާގެ އެހީ އާއި އެހެނިހެން ތަކެތި ލިބިގެން މިރާއްޖެ ތަރައްގީ ކުރެވޭ ވަރަށް ހުރިހާ އެއްޗެއް ލިބިއްޖެ މި ސަރުކާރަށް، ފޫނެއް ފަޔަކަށް ފެންފުރައިގެން އުޅޭހެން ހީވަނީ، ކޮންތާކަށް އެހުރިހާ އެއްޗެއް އަޅާ ހުސްކުރަނީ،ގައި މު ރައްޔިތުން ތިބީ އަނގަޔާ އަތާ ދި މާ ނުވާވަރަށް ހާލުގައި ޖެހިފައި، އެން މެންނަކީ ދަތިވިޔަސް ސަލާން ޖަހަން ބޭނުން ވާނެ މީހުނެއްނޫން، ހެޔޮނުވާނެ ގައު މު ހިންގަން ދެން މަޑު ނުކޮށް ފައިބާ ގެން ދާން އުޅޭ،،
ހަމނިބް
06 July 2020
ތިއޮތީ މަސްވެރީން ..މުއްސަނދިކޮއްނިންމާފަ.. ދެން ..ރަނުންޖަރީކޮއްފަހުރިދޯނި..ދުއްވާނީވެސް.. އެއީ..އެކަމަކު..ހުވަފެނުގައި.
ބޮޑުމީހާ
06 July 2020
ސަރުކާރު އެބައޮތް، މަޖްލިސް އެބައޮތް، މިހާރު ދަރަނި ލޯނުވެސް ތިއޮތީ. ދެން ފްލެޓް ނޭޅެން ދައްކާނީ ކޮންބަހަނާއެއް؟
ކަންމަތީ ސޭޓް
05 July 2020
ތިއޮތީ ފްލެޓް އަޅާފަ ތަނަވަސް ތިންކޮޓަރި 5000 އަށް ދެވޭވަރުގެ ލޯނުތަށް ހިނގާބަލަން ތިބެމާ ވާގޮތެއް
މުހައްމާ
05 July 2020
ޠީގެން މަސްވެރިއަކަށް ލިބޭނެ އެއްޗެއް ހަމަ ހަރާން
ސްމައިލީ
05 July 2020
މިޔައް ކިޔަނީ ރެންޓް ޓުރެޕް.. ނުނީ ކުލިދައްކާ ދަންތުރަ