އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ: އޭނާ ވިދާޅުވިގޮތުގައި ގުޅީފަޅު ޕޯޓުގެ ސަބަބުން މާލެ ވިޔަފާރި ބަނދަރަށް ވަރަށް ބޮޑަށް ލުއި ވާނެ-- ފޮޓޯ:މިހާރު
06 ޖުލައި 2020 - 13:00
މާލެ އާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް، ގުޅިފަޅުގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ ސަބަބުން ހައްލު ލިބޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ރާއްޖެ އަށް އެތެރެ ކުރި މުދާ އިތުރުވުމުގެ ސަބަބުން ވިޔަފާރި ބަނދަރުގެ ކެޕޭސިޓީއަށްވުރެ 50 ޕަސެންޓު އިތުރަށް ބޭނުންކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރައި، އިމްޕޯޓު އިތުރުވެއްޖެ ނަމަ އެ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ސަބަބުން، ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ މިންވަރު ވަނީ މަދުވެފަ އެވެ. އެހެންވެ މިދުވަސްވަރު ދަތިކަމެއް ނެތި މުދާ ކްލިއާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގެ ބަނދަރަށް އަސްލު ބޭލޭނެ ކަމަށް ލަފާކޮށްފައި އިންނަނީ އަހަރަކަށް 60،000 ނުވަތަ 70،000 ވަރަކަށް ކޮންޓެއިނާ. އެހެންނަމަވެސް މިދިޔަ އަހަރު ނިމުނު އިރު ގާތްގަނޑަކަށް 140،000 އެއްހާ ކޮންޓެއިނާ ވަނީ ބާލާފައި،" ޝާހިދު ވިދާޅުވި އެވެ.
މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ބައެއް ކޮންޓެއިނާތައް ބާލަނީ ހުޅުމާލެއަށެވެ. ނަމަވެސް މުދާ އިމްޕޯޓުކުރާ މިންވަރު އިތުރުވާ ނަމަ ދެ ބަނދަރު އެއްކޮށްގެން ވެސް ހިދުމަތް ނުދެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީކުރަނީ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭ ގޮތަށެވެ. އެހެންވެ ބޯޓުތަކުން މުދާ ބޭލުން އަވަސްވެ ރާއްޖެ އަށް އެތެރެކުރާ މުދާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި މި ބަނދަރުގެ ސަބަބުން މުދާ އަގުހެޔޮވާނެ ކަމަށް ވެސް ބެލެވެ އެވެ.
ޝާހިދު ވިދާޅުވީ މިހާރު ކޮންޓެއިނަރު ބޭލުމަށް ނަގާ ވަގުތު ގުޅިފަޅު ބަނދަރާ އެކު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. އެގޮތުން، މިހާރު ބޯޓުތަކުން މުދާ ބާލަން 2-3 ދުވަސް ނަގާއިރު އާ ވިޔަފާރި ބަނދަރުގެ ސަބަބުން 5-6 ގަޑިއިރު ތެރޭގައި މުދާ ބޭލޭނެ ކަމަށް އޭނާ ވަނީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބޭބެ
07 July 2020
މިކަހަލަ އަނގަތަޅަން ތިއްބާ ދައުރު ނިމޭނީ
އޮނަރަބްލް އަފީފު ދީދީ
07 July 2020
ވަޒީފާ ނުލިބޭއިރު ކޮފީ މޭޒުގައި ޝާހިދު ވެސް ވިދާޅުވެފައިވޭ "ކުޅުދުއްފުއްޓާއި އައްޑޫ ޕޯޓް ތަރައްޤީކޮށް ބަންކަރިންގ ހިދުމަތާއިއެކު ވަސީލަތް ޤާއިމްކޮށްގެން ޓްއަރިޒަމަށްވުރެން ގިނަފައިސާ ދައުލަތުގެ ޙަޒާނާއަށް ވެއްދޭނެ" ކަމަށް. # މިއަދު މަތީ މަޤާމާއި ބޮޑު މުސާރަ ތިމާއަށް ލިބުމާއިއެކު "އެދުވަހު އެދެއްކެވި އުއްމީދީ ވާހަކަ" މުޅިން ބަދަލުވެ މާލޭމީހާއާއި މާލޭސަރުކާރު ބޭނުންވާގޮތަށް މުޅިމީހާގެ ވިސްނުމާއި ފިކުރު ބަދަލުކޮށްފި. އިންސާނުންނަކީ ގިނަފަރަހަށް މިކަހަލަބައެއް.
ނަޒިންދާ..
06 July 2020
ބަލަގަ ހުޅު މާލޭގެ 2ވަނަ ފޭސް އެއޮތީނުން.. އެތާގެ އެއޮތް ތަރައްގީނުކޮއް އޮތް ސަރަހައްދުގައި އަދި 20000 ފުލެޓް އަޅާލެވިދާނެ. ވީ މާ ޖީބައް ލާރިލާން ބަހަނާ ނުދައްކާ ހުޅު މާލެ ފޭސް 2 ގެ ބާކީހުރިތަން ތަރައްގީކުރޭ. ގުޅީފަޅައް ވުރެ އަވަހައް އަދި ޚަރަދު ކުޑަކޮއް އެކަން ކުރެވޭނެ.
އުދުހޭ
06 July 2020
އަޅުގަނޑަށް ވިސްނޭގޮތުގައި އެންމެ ރަގަޅީ ހުޅުމާލެ. ގުޅިފަޅަށް ބާލައިގެ މުދާ ދޯންޏެއްގައި މާލެ ގެނައުމުން އެދޯނީގެ ޚަރަދުވެސް މުދަލުގެ އަގުގެތެރެއަށް އިތުރުވެސް އަގުބޮޑުވާނެކަމަށް ވިސްނޭ. މުސްތަގްބަލް އޮތީ ހުޅުމާލޭގަ. ހުޅުމާލޭ ބަނދަރަށް ފަހަރަކު ކިތަށް ބޯޓު ކައިރިކުރޭތަ؟ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ބޭލުން އަވަސް ވެއްޖެއްޔާ ހުޅުމާލޭ ބަނދަރުން 140،000 ކޮންޓޭނާ އަހަރަކު ބޭލޭނެތަ؟
ފުންއަސަރު
06 July 2020
އެއްޗެކޭ ކިޔަކަސް ކަމަކު ނުދާނެ. ކަންކޮށްބަލަ. މިހާރުން މިހާރަށް މަސައްކަތްފަށާބަލަ. މިހާރު މާލެއާ ހުޅުމާލެ ގުޅާލެވުނީ. ދެން މާލެއާ ވިލިމާލެއާ ގުޅީފަޅާ، ތިލަފުށިވެސް އެއްފާލަމަކުން ގުޅުވާލަބަލަ. ތިހުރިހާ ކަމަކަށް ހައްލުއައީ. އޭރުން މާލެއާ ހުޅުމާލޭގާ ތިހުރި ބިންތައްވެސް އިތުރުކަމަކަށް ބޭނުންކުރެވި، ހަމައެކަނި ގުޅީފަޅުން ތިހުރިހާކަމެއް ނިމިގެންދާނެ. ކޮށްބަލަ. އަހަރެމެން ބޭނުންވަނީ ކައިފަވެސް ބޮއިފަވެސް ކަންކުރުން!
މުޑަހަންޖާ
06 July 2020
މުޅި ރާއްޖެއަށް ގެންނަ ހުރިހާ މުދަލެއް މާލޭ ގޭގޭ އަސްކަނިދޮށަށް ބާލައިގެން އެހުރިހާ މުދަލަކުން ކޮޓަރިކުލި ނަގައިގެން އެތައްބަޔަކު މިލިއަނަރުންނަށްވެއްޖެ. އެހެންވީމަ އުތުރާ ދެކުނަށް މުދާ ގެންދާކަަށް ބޭނުމެއްނުވޭ.