ގޭމްގެ ކުރީގެ ރައީސް މޫސާ ނާސިހު: މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ނުފޫޒުގެ ސަބަބުން ޖިންސީ ގޯނާގެ މައްސަލަތައް ބެލޭނެ މާހައުލެއް ނެތުމުން ކަމަށް ވިދާޅުވި--
09 ޖުލައި 2020 - 10:43
ޖިންސީ ގޯނާގެ މައްސަލަތައް ބެލޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް ކަމުގެ މަގާމުން މޫސާ ނާސިހު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ނާސިހު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އެސޯސިއޭޝަންގެ އިދާރީބައިގައި މަސައްކަތް ކުރާ އަންހެނަކަށް، ސިޔާސީ ނުފޫޒު އޮތް މީހަކު މިދިޔަ މަހުގެ 23 ގައި މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލަ ބަލަން އިންޓާނަލް ކޮމިޓީން ފާސްކޮށް، ހިންގާ ކޮމިޓީއާ ހަވާލު ކުރުމުން މައްސަލަ ރައްދުވާ މީހާ ނުފޫޒުގެ ބޭނުން ކޮށްގެން މައްސަލަ ހިންދާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނާސިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކޮށްފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ.
"އަޅުގަނޑު އަމިއްލަ އަށް ވެސް ވިކްޓިމްއާ ވާހަކަ ދެއްކިން. ހުރިހާ ހެކިތައް ވެސް އިޝާރާތް ކުރަނީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް. ނަމަވެސް އަނިޔާ ކުރި މީހާ އަކީ ސިޔާސީި ނުފޫޒު އޮންނަ މީހަކަށް ވުމުން އެކްސްކޯ އިން އެ މައްސަލަ ބެލުނަ ނުދޭން ވަރަށް ބޮޑަށް މަސައްކަތް އެބަކުރޭ،" ނާސިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަދަ މައްސަލަތައް މިނިވަން ކަމާއެކު ގޭމްގެ ހިންގާ ކޮމިޓީން ބެލޭނެ މާހައުލެއް ނެތުމަކީ އެ އެސޯސިއޭޝަންގެ އަގުވެއްޓޭނެ ސަބަބެއް ކަމަށެވެ. ޚާއްސަކޮށް ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެފަދަ އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވާތީ އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވި އެވެ.
މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން ދާއިރު، މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއްގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ.
ނަމަވެސް އަލީ ވަހީދު އަދި އިސްތިއުފާއެއް ނުދެއްވަ އެވެ. އެކަމަކު، އަލީ ވަހީދަށް ކުރެވޭ ތުހުމަތުގެ މައްސަލަތައް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްލު
09 July 2020
ރައީސް އިބޫ، މިހާރު ހުރިހާ ދާއިރާއެއްގަ އުޅޭ އަންހެންވެރިން އޮފީހަށް ނުވަތަ އެމީހަކު ވަޒީފާ އަދާކުރާ ތަނުގަ އުޅޭހާހިނދަކު، ކަޅު ޖުއްބާއާއެކު މޫނު ބުރުގާ އެޅުން ލާޒިމް ކުރައްވަންވީ އެވެ. އޭރުން ތިކަންތައް ޙައްލުވާނެ އެވެ. ހިތްކިޔާނީ މީހާގެ ސިފަ ފެނުނީމައެވެ.
މުމް
09 July 2020
އެއީ ތެދެއް. ނުވަމަހާ ދިހަ ދުވަސް ފަހުން އެނގިސާބިތުވާނެ. އަލީ އެބުނީ ރަނގަޅަށް ހަމަ ވަގުތު ނަގާނެ.
ޙަމްދަރުދީ
09 July 2020
ތިފަދަ ނުބައި ހުރިހާބައެއް އުޅޭޕާޓީ އެއްތިޔައީ ޕާޓޭންގެ 90 އިންސައްތަމީހުންނިސްބަތްވާ ޕާޓީއަކީ ކޮބާތޯއެވެ.
ނޫރާ
09 July 2020
މަސައްކަތު މާޙައުލުގައި ޖިންސީ ގޯނާކުރުމަކީ ހުރިހާ ޒަމާނެއްގައި ހުރިހާ ގަވްމެއްގައިވެސް ހިންގާ ޖަރީމާއެއް. އެވާހަކަތައް ދައްކަން ވެސް އަދިކިރިޔާ މިކެރުނީ .
ހޮޓްކިންގ
09 July 2020
އެމްޑީޕީގެ އިސް ސަފުގައި މިއުޅެނީ އެކަމަށް ހާދަ ދެވިހިފާފައިވާ ބައެކޭދޯ؟ ލަދުން ބޯހަލާކު
އެހް
09 July 2020
އެކަމަށް އެކަނިތަ؟ އެހެން ކަންކަން އަދި ނޭނގެނީ.
އެންދެރި
09 July 2020
އެމްޑީޕީގެ މީހުންގެ މައްސަލަ ތައް ނުބެލެނީ އެވެ. ހޯރަ ވެސް ދޫވީ އެވެ.
ދޮށީކޮއި ޢަލީގެ މުޙައްމަދު
09 July 2020
ހޯރަ ހިފާފަ ފިޔަކޮށާ ނުލީމަ ދޫވީ
އެޑަމް
09 July 2020
ތިކަންވާނީހަމަތިގޮތައް1 ނަސީދުމަޖިލިހުގަ,މާރާމާރީހިންގެވުން2 ސަފާރީގަހިންގިޖިންސީގޯނާ3 ގެސްޓުހައުސްއޮފީހުގަހިގިޖިންސީގޯނާ4 ބޮޑުފިނޮޅު މުޒާހަރާ5 ހުޅުމާލެ މުޒާހަރާމުޅިން ވާނުވާނޭގޭ މަސްއަލަތައް!!
ދޮށީކޮއި ޢަލީގެ މުޙައްމަދު
09 July 2020
ޒީރޯ ޓޮލަރެންސް، ޒީރޯ ޓޮލަރެންސް، ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް، ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސްޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސްޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ކޮބައިހޭ ޒީރޯ ޓޮލަރެންސް ޒީރޯ ޓޮލަރެންސް ކޮބައިހޭ ކޮބައިހޭ ކޮބައިހޭ ކޮބައިހޭ ކޮބައިހޭ ކޮބައިހޭ ކޮބައިހޭ ކޮބައިހޭ ކޮބައިހޭ
މިފަހަރު
09 July 2020
މީގެން މީހަކު ޖަލަށް ނުލެވެންޏާ އަދި މިއީ ކާކު ކަން ނޭނގެންޏާ މިއީ ނުވާކަމެކޭ އެއްވަރު މީހަކު ކިތަންމެ ވަރަށް ރުޔަސް ، ސަރުކާރު އޯގާތެރި ކަމެއް ހުރިވަރު އެނގޭނެ މި ފަހަރު
އަސްތާރު
09 July 2020
އެންޑީޕީ މީހުންނަށް ހިނގާނީ ވަކި ބާރުތަކެއް. މިރާއްޖޭގެ ހެދިފަހުރި ގާނޫނުތަކުން އެމީހުން އިސްތިސްނާ ކުރާނެ. މިއީ އެންޑީޕީގެ އިންސާފުގެ މަގު. މިއޮތީ ވާ ގައުމެއް. ހުރިހާ ކަމެއް އަތަށް ގޮވީމަ ރައީސް މީހާވެސް އަދި މަޖިލީހުގެ ރައީސްވެސް އެބަޖެހޭ އިސްތިއުފާދޭން.
އީދުބެ
09 July 2020
މި ރާއްޖޭގަ ފިރިހެނުން ކިހިނެއްވެފަތަ މި ތިބެނީ؟
ނޫރާއަލީ
09 July 2020
މީ މިރާއްޖޭގަ އެކަނިވާކަމެއްނޫން.. މުޅިދުނިޔޭގަ ވެސް . ޕާސަނަލް ސެކްރެޓަރީ، އާ މިސްޓްރެސް ގެންގުޅުން އޯކޭ ވެފަ ޒިނޭ ހަރާމް ނުވާ ސޮސައިޓީތަކުގައި މިވާހަކަތައް ނީވިދާނެ.. އެކަމަކު ފިރިހެން ބޮސް އެއް ހުރެފަ އޭނަގެ ދަށުގަ ހިތްކިޔާކަހަލަ އަންހެނެއް އުޅެންޏާ މިކަން ކޮންމެވެސް ސިފައެއްގަ ހިނގާނެ.. މުޖައްރިބު.