މީރާގެ ކައުންޓަރުތައް. ގައިދުރުކުރުމުގެ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށްފައި--
13 ޖުލައި 2020 - 11:35
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ޖޫން މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 82 ޕަސެންޓް ދަށްވެއްޖެ އެވެ.
މީރާ އިން ކޮންމެ މަހަކު ނެރޭ މާލީ ރިޕޯޓްގެ ޖޫން މަހުގެ އަދަދުގައިވާ ގޮތުން މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 276 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ދައުލަތަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނެ އެވެ. މީގެ އިތުރުން މިދިޔަ މަހު ޑޮލަރުން 7.4 މިލިއަން ލިބުނެވެ.
ކޮވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކޮށް ޓޫރިޒަމްގެ ސިނާއަތު ހުއްޓުމަކަށް އައިސް އަދި ވިޔަފާރިތައް ވެސް ހުއްޓުމަކަށް އައުމުން ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާ އަށް ލުއިތަކެއް ދޭން ނިންމައިފަ އެވެ. އެގޮތުން، މިދިޔަ އޭޕްރީލް މަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ޓެކްސް ދައްކަންޖެހޭ މުއްދަތުތަކުގައި ޓީޖީއެސްޓީގެ ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ މެއި މަހު ވެސް ދައުލަތުގެ އާމްދަނީ ވަނީ ކުރީއަހަރާ އަޅާބަލާއިރު 80 ޕަސެންޓް ދަށްވެފަ އެވެ. އެ މަހު ދައުލަތަށް ލިބުނީ 206 މިލިއަން ރުފިޔާ އެވެ. ދައުލަތަށް ލިބޭ އާމްދަނީގެ 60 ޕަސެންޓް ލިބެނީ ޓޫރިޒަމް ދާއިރާއިންނެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން، ބޯޑަރު ބަންދުކުރުމުގެ ސަބަބުން، މިދިޔަ މާޗް މަހުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އޮތީ ހުއްޓިފަ އެވެ.
ނަމަވެސް އަންނަ ބުދަ ދުވަހުން ފެށިގެން އަނެއްކާ ވެސް ރާއްޖޭގެ ބޯޑަރު ހުޅުވައިލާނެ އެވެ.
ކޮވިޑް-19 އާ ހެދި ކުރިމަތިވި ކަންކަމުގެ ސަބަބުން ޓެކްސްގެ 17.3 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ލިބޭނީ 8.95 ބިލިއަން ރުފިޔާ ކަމަށް މީރާ އިން ވަނީ ލަފާކޮށްފަ އެވެ. ދައުލަތުގެ އާމްދަނީގެ 75 ޕަސެންޓަކީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫގި
14 July 2020
މީރާއަކީ ތާކުންތާކުޖެހޭ ތަނެއްނޫން. ޢެއްބަޔަކު އަތުން ޓެކްސްނަގާ ކިތަންމެ ކުޑަ ވިޔަފާރިއެއްކުރިއަސް. އެއީ ގަވާއިދުން ކަންކިރާތީ.އެކަމަކު މީރާގައި ރަޖިސްޓްރީ ނުކުރާނަމަ އެ ހެޔޮ މިލިއަނުން ވިޔަފާރިކުރިއަސް އަޅާވެސް ނުލާ. ޢެކަމާހުރެ ބިދޭސީން ކުދި ވިޔަފާރިތައް ފޭރިގަތީ.
ޑެބީ
13 July 2020
އަދި އިތުރު 2 މަހަށް ލޮކްޑައުން ކުރޭ.