ބޮލީގެ ފައްވާުރު ތައްޔާރުކޮށްފައިވަނީ ކޮންކްރީޓާއި ފައިބާ ބޭނުން ކޮށްގެން--ފޮޓޯ:އެމްއޭސީއެލް
17 ޖުލައި 2020 - 17:05
ގައުމީ ކަންކަމުގައި އެމްއޭސީއެލްގެ މުވައްޒަފުން އަބަދުވެސް ތަފާތު މަންޒަރުތައް ކުރަހާލަ އެވެ. މިނިވަން ދުވަހުގެ ފުޅަނދު ބުރު ނަމަ، ކުދިވެރިން ހައިރާންކޮށްލަ އެވެ. މިފަހަރު މުވައްޒަފުންގެ އެ ހުނަރު ދައްކާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުކުރި ފައްވާރުންނެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހުސްވީ އެވެ. އެ ވެއްޓުމުން ސަލާމަތްވުމުގެ ފުރަތަމަ ކަމެއްގެ ގޮތުން، މިދިއަ ބުދަދުވަހު އަލުން ބޯޑަރުތައް ހުޅުވާލުމުން، އެމްއޭސީއެލުން ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ވެސް، ރަނގަޅަށް ތައްޔާރުވި އެވެ. އެގޮތުން ޓާމިނަލްގެ ބޭރުގައި ހެދީ "ބޮލީގެ ފައްވާރެކެ"ވެ.
ބޮއްޔަކީ، ކުރީ ޒަމާނުގައި ރާއްޖޭގެ އިގުތިސާދާ ގުޅިފައިވާ އޮތް އެންމެ ބޮޑު ވަސީލަތެވެ. އެއްގޮތަކުން އެއީ އޭރު ދިވެހިން ބޭނުންކުރި ފައިސާ އެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ އެ ފައްވާރުގެ ކޮންސެޕްޓާއި ޑިޒައިންގެ އިތުރުން އެ ތައްޔާރުކުރީ ވެސް އެ ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުން ކަމަށެވެ. ފައްވާރު ހަދާ ނިންމަން މަހެއްހާ ދުވަސް ނެގި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންސެޕްޓް އެކުލަވައިލުމުގައި ބެލީ ދިވެހިވަންތަ ޑިޒައިނަކަށް ފައުންޓެއިން ހަދަން،" އެމްއޭސީއެލް އިން މީޑިއާގެ ކަންކަމުގައި ވެސް އިސްކޮށް ހުންނަވާ ހަސަން ވިދާޅުވި އެވެ.
Our staff created a Shell Fountain to welcome our passengers @VelanaAirport. This fountain is a symbol of prosperity to the Maldives.@MoTmv #HappyToSeeYouAgain pic.twitter.com/UaNaz80ugT
— MACL (@MACLmedia) July 14, 2020
ފައްޔާރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ބޭއްވީ މިދިޔަ އަންގާރަ ދުވަހުގެ ރޭގައި
ކޮންކްރީޓާއި ފައިބަރުން ހަދާފައިވާ ފައްވާރުގެ ރީތިކަން ބޮޑުކޮށްދެނީ ހަރުކޮށްފައި ހުރި އެކި ކުލަކުލައިގެ ބޮކިތަކުންނެވެ.
ފައްވާރު ހަދާފައި ވަނީ އެއާޕޯޓަށް ދާ ޓެކްސީތަކާއި އެހެން ވެހިކަލްތައް ޔޫ ޓާން ނަގާ ސަރަހައްދުގެ މެދުގަ އެވެ. އެހެންކަމުން އެއާޕޯޓަށް ދާ އެންމެންނަށް ވެސް އެ މަރުހަބާ ކިޔުން ފެންނާނެ އެވެ.
ފައްވާރުގެ އިތުރުން އެރައިވަލް ޓާމިނަލްގައި ދިވެހިވަންތަކަން ފެންނަ ޕޯސްޓަރުތައް ވެސް ހަރުކޮށްފައިވެ އެވެ. އަދި ރާއްޖޭގެ މާހައުލާ އެންމެ ބޮޑަށް ގުޅިފައިވާ އަޑު ކަމަށްވާ، ރާޅުގެ އަޑު އިވޭ މިޔުޒިކުން، ޓާމިނަލްއަށް ދިރުން ގެނެސްދެ އެވެ.
ހަސަން ވިދާޅުވީ ބޭނުމަކީ ޓޫރިސްޓުން އައިސް އެންމެ ފުރަތަމަ ވަންނަ ތަނުން ވެސް ދިވެހި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދައްކުވައިދިނުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ކަންކަން އެއާޕޯޓުން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު، ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ވަނީ އައިސްފަ އެވެ. މިދިއަ ހަތަރު މަހަކީ، ތާރީހުގައި ވެސް ވީއައިއޭއަށް އެންމެ ބޮޑު ފަޅުކަމެއް އައި ދުވަސްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޮއޫޕްސް
17 July 2020
ކަޓެއް ޖައްސާލީ
މަހޭ
17 July 2020
ތީ މޫސާ ސޯލިހު ގެ ބޯއިސްކޮޅު ހެދި އެއްޗެއް ޕްރޮމޯސަން ހޯދަންވެގެން.
ވިސްނޭ..
17 July 2020
އަމްޖޭގެ ކާގޯ ގރޕ...އަމްޖޭ އަށް އެކްޓިން މެނޭޖަރ އަކަށް ވާން ވެގެންނޯ..ކިޔަނީ..އެންމެބާރުގަދާމީ ހާ އެއީ..