ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ--
27 ޖުލައި 2020 - 17:30
ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިިގްތިސާދީ ހީނަރުކަމުގައި މުސާރަ ކުޑަވި މީހުންނާއި ވަޒީފާ ގެއްލުނު 6،637 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި މިހާތަނަށް މީހަކަށް 27.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާ އިރު ކުރިމަތިވި މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ވިޔަފާރިތަކާއި އާންމުންނަށް 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއް ތައާރަފްކޮށްފަ އެވެ. މީގެ ތެރެއިން ވަޒީފާ ގެއްލުނު މީހުންނަށް އެންސްޕާ މެދުވެރިކޮށް އިންކަމް ސަޕޯޓުގެ ގޮތުގައި ދޭން ނިންމާފައި ވަނީ މަހަކު 5،000ރ. އާ ހަމައަށެވެ.
ވަޒީފާ ގެއްލުނު މަސައްކަތްތެރިންނަށް އެހީވުމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު (197 މިލިއަން ރުފިޔާ) ވަނީ ދީފަ އެވެ. މި އެހީގައި ހިމެނެނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ. އެ ބޭންކުގެ މާލީ އެހީތެރިކަމާ އެކު، ގާތްގަނޑަކަށް 13،000 މީހުންނަށް 5،000ރ. ގެ މަގުން އެލަވަންސް ދޭނެ އެވެ.
އިންކަމް ސަޕޯޓުގެ އިތުރުން ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 460 މިލިއަން ރުފިޔާ، އެސްޑީއެފްސީ މެދުވެރިކޮށް 172 މިލިއަން ރުފިޔާ ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ވަނީ ދޫކޮށްފަ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހޭދަ މިހާރު ވަނީ 1 ބިލިއަން ރުފިޔާ އަށްވުރެ އިތުރުވެފަ އެވެ. މީގެ ތެރޭގައި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ފަރުވާއާ ގުޅުން ހުރި ކަންކަމަށް ކުރާ ހޭދަ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުވައްޒަފެއް
28 July 2020
ނޫސްވެރިން މެދުވެރިވެގެން ނަމަވެސް އެބުނާ ވަރަށް ލާރި ދިންތޯ ބަލަން އެބުނާ ލާރިބެހި ލިސްޓް އާއްމުނަާް ފެންނާނެ ގޮތެއް ހަދާލަދީބަލަ. ތިޔަތަނަށް ފޯރމްލީ ގިނަމީހުނަށް އަދި ޖަވާބު ނުލިބޭ އެކަމަކު އެބުނީ ލާރި ބެހިވާހަކަ.
ނުގުޅޭ ކޮމެންޓެއް.
28 July 2020
ފްރަންޓް ލައިން ކޮވިޑް އެލަވަންސް އަދިވެސް ނުލިބޭ.
ގަމާރު ސޮރު
28 July 2020
މީނާ މި މަގާމަށް ކުފޫ ހަމަވޭތޭ!
ޢަދުރުނިހާނު
28 July 2020
އެސް ޖޭ އަށް ލިބުނޯލަ....
ގުއިދައިތަ
27 July 2020
ތިޔަ ސަޕޯރޓެއް ލިބުނު މީހަކު މިފަސްގަނޑުގަ އެބަހުރިބާ؟
އައަހްމަދު
28 July 2020
އަޅުގަނޑުގެ ބޭބެއައް މޭމަހުވަނީ ލިބިފައި އަދި ބައެއް ރަށްޓެހީނަށް އޭޕްރީލްއައް،މޭ ވަނީ ލިބިފަވަނީ. ޖޫންމަހައް އަޅުގަނޑުގެ އެޕްލަކޭޟަންވެސް އިނީމިހާރު އެޕްރޫޥްވެފަ. ސްކުރީޔާ.
ނަޝީދު.
27 July 2020
އަކަމު ތި ލިބުނު ބަޔަކު ނޫޅޭ!