ހުޅުލެ: ޖުލައި 15، 2020: ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން އެއާޕޯޓު ތެރޭގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
03 އޯގަސްޓް 2020 - 17:25
މިދިޔަ މަހު ރާއްޖެ އައީ 1،769 ޓޫރިސްޓުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވައިލީ މިދިޔަ މަހުގެ 15 ގަ އެވެ. އެހެން ކަމުން ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވަނީ ޖުމްލަ 16 ދުވަހު އެވެ.
މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޖުލައި 30 ވަނަ ދުވަހު އެވެ. އެދުވަހު 218 ޓޫރިސްޓުން އައިސްފައިވެ އެވެ. އެންމެ މަދުން ޓޫރިސްޓުން އައީ ޖުލައި 22 ވަނަ ދުވަހު އެވެ. އެދުވަހު 32 ޓޫރިސްޓުން އައެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތާއި އެމެރިކާ އާއި ޔޫއޭއީ އާއި ޖަރުމަނުންނެވެ. މީގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތައް ކަމުގައިވާ ސްޕެއިން އާއި ސްވިޒލެންޑާއި އިޓަލީ އާއި ފްރާންސް ފަދަ ގައުމުތަކުން ވެސް ޓޫރިސްޓުން އައިސްފައިވެ އެވެ. ރާއްޖެއަށް އެންމެ ގިނައިން މީގެ ކުރިން ޓޫރިސްޓުން އަންނަ ގައުމު ޗައިނާ، މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައި 10 ގައުމުގެ ލިސްޓަށް ވެސް ނާރަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރި އަދި އެންމެ ގިނަ ދުވަސް ވަންދެން ލޮކްޑައުންގައި އޮތް އެއް ގައުމަކީ ޗައިނާ އެވެ. އެހެން ނަމަވެސް މިހާރު ޗައިނާގެ ބައެއް ސްޓޭޓް ވަނީ ހުޅުވައިލައިފަ އެވެ.
ރާއްޖެއަށް އިނގިރޭސިވިލާތުން އެންމެ ގިނަ ޓޫރިސްޓުން އައި އިރު އެ ގައުމުގެ ބޯޑަރުތައް ހުޅުވާލައި ބައެއް ގައުމުތަކަށް ލުއިތަކެއް ދީފައިވެ އެވެ. ނަމަވެސް މި ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ. އެހެންކަމުން ރާއްޖެ އަށް އައިސް އެނބުރި އިނގިރޭސިވިލާތަށް ދާ ޓޫރިސްޓުންނާއި ރާއްޖޭން އެ ގައުމަށް ދާ ޓޫރިސްޓުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.
މިއަހަރު މާޗް މަހު ބޯޑަރު ބަންދު ކުރި އިރު ރާއްޖެއަށް އައިސްފައިވަނީ ގާތްގަނޑަކަށް 400،000 ޓޫރިސްޓުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭ އިރު ރާއްޖެއަށް 850،000 ޓޫރިސްޓުން ގެނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯވިދު
04 August 2020
މިވަރަށް ކޯވިދު ފެތުރެންޏާ ދެންވެސްވާނީ މަދު. ފުރަބަންދު ނުކޮށް ބޭއްވުމުގެ މާނައާއި ފައިދާ ގެއްލޭނީ.
ސާޝްް
03 August 2020
ކޮން މެވެސް ނޫސްވެރިޔަކު ސާފުކޮށްލަ ދީބަލަ ޓުވަރިޒަ މަށް މިނިސްޓަރަކު ހަ މަނުޖެއްސިގެން އުޅެނީ ކީއްވެގެންތޯ؟ މި ބުނީ ރައީސް މީހާ ކުރެން އުޅުންފިލުވަދީބަލަ!
ހަސަނު
03 August 2020
މި ގައުމުގާ ބޯ ފެން ފޮދުވެސް މި ހަދަނީ ޓޫރިސްޓުން ގެންނަ ޑޮލަރުކޮޅުން.. މީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް...
ހާސަރު
03 August 2020
އެންމެ ޓްއަރިސްޓަކުވެސް އައިކަން ރަގަޅުތާ އާއްމުންގެ ފިކުރެއް ބުނާބަހެއް އެހުމެއްނެތީމަ ކޮންމެ ދުވަހަކު މިއޮށް ބަލިވާމީހުން ނިކަން ބަލާބަލަ. މިއަދަދު ފެނިފަ ރާއްޖެއަންނަން ތިބި ކިތަންމެ މީހަކު ކެންސަލްކުރާނެ.
ލާރި ލާރި
03 August 2020
1769 ފަތުރުވެރިން ނައް ޓަކާ ދިވެހިން ގުރުބާން ކުރަނީ، ސަރުކާރު ބޭނުމީ ލާރި ލާރި
ޝާނަ124
03 August 2020
ދިވެހިން ގުރުބާން ކުރަން ސަރުކާރުން ކުރީކޮން ކަމެއްބާ.
ރަންނަ
04 August 2020
ސަރުކާރުން އެއްވެސް ދިވެއްސަކަށް މަޖުބޫރެއް ނުކުރޭ މަސައްކަތަށް ނުކުންނަން އަދި ގެއިން ބޭރަށް ނުކުންނަންވެސް.
ބިންތައްވިއްކާނީއޭ
03 August 2020
ރާއްޖޭގެ އިގްތިސާދު ރިކަވަރ ކުރަން މިސަރުކާރުން އުޅެނީ ހަމަ އެކަނި ރިސޯރޓްސް ތަކަށް ގެސްޓުން ގެނެސްގެން ކަމަށްވާނަމަ އެކަން ކާމިޔާބު ނުވާނެއޭ މީއޭ ސަރުކާރަށް ލިބޭނެ ރަނުގެ ފުރުސަތަކީ އިގްތިސާދު ޑައިވަރސިފައި ކުރަން އެގޮތުން މާލެ ސަރަހައްދު ގާފަރު ފަޅު އެއްކޮށް ހިއްކާލަންވީއޭ އެމްޓީސީސީ އަށް ދީގެން އެމްޓީސީސީ އަށް ލޯން ދޫކުރާނީ ބީއެމްއެލް އިން ބީއެމްއެލް އަށް ސޮވެރިންގް ގެރެންޓީ ދޭނީ ސަރުކާރުން އެމްޓީސީސީން އެފަޅު އެއްކޮށް ހިއްކުމަށް ފަހު
ރަންނަ
04 August 2020
ދެން ފަޅުހިއްކާފަ؟؟
ޑެބީ
04 August 2020
ފަޅު ހިއްކާފަ ރިސޯޓާއި ގެސްޓު ހައުސް ހަދަން ބިން ވިއްކާނީ. ލޮލް
ވިސްނަބަލަ
03 August 2020
ސަރުކާރުން އެބަޖެހޭ މާލެ ސަރަހައްދުގައި ވިޔަފާރި ތައް ފުޅާ ކުރަން ތިލަފުށި ހިއްކާ ތިލަފުށިން މާލެ ސަރަހައްްދުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫަޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ވަން ދެން ކުއްޔަށް ބަދަލެއް ނާންނަ އުސޫލުން 100 އަހަރަށް އެފަދަ ބިން ތައް ދޫކޮށްލަން މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ކޮމާރޝަލް މަސައްކަތް ތައް ކުރުމަށް އެއިރަށް ވެސް ރާއްޖޭގެ އިގްތިސާދު ހިންދެމިލާނެއޭ
ކައްދާނިކެ
03 August 2020
މުޅިދުނިޔެ މިހާލަތު ބަދަލުކޮއްލީ ނޫސްވެރިން. ބިރުދެއްކުމާއި ދުނިޔެއަށް އާ ނޯމަލްކޭކިޔައިގެން. ކޮން ނޯމަލެއްތަ.
ބަދަލުކުރަންވީއޭ
03 August 2020
ދައުލަތުގެ ބަޖެޓަށް އެބަޖެހޭ ރާއްޖެ އަށް ގެސްޓުން އަޔަސް އަދި ނައި ނަމަވެސް ހުއްޓުމެއް ނެތި މަހަކު 100 ބިލިއަން ރުފިޔާ ވަންނަން ޓެކްސް ފިޔަވައި އެކަން ކުރުމަށް ޓަކައި ފުށި ދިއްގަރު ފަޅު އެއްކޮށް ހިއްކާލާ އެތަނުން ކުއްޔަށް ދޭންވީ 100 ބިލިއަން އަކަފޫޓް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 200 އަހަރުން ކުލި ހަމަވާނެ އުސޫލުން އެއިރުން ސަރުކާރު އޮޕަރޭޓް ކުރާނެ ފައިސާ ހަމަ އެކަނި ފުށިދިއްގަރު ފަޅުން ލިބޭނެއޭ މިއުސޫލުން ސަރުކާރުގެ ވިސްނުން
ސަލީމު އިދުރީސް
04 August 2020
ކޮންކަހަލަ ބޯގޯހެއް ސަތޭކަ ބިލިޔަން އަކަފޫޓު ހުންނަފަޅެއް އެބައޮތްތަ
މަޖީދީމަގު މުޒާހިރާކުރާ ގުރޫޕް
03 August 2020
އަދި ރަގަޅު ވާނޭ.