09 އޯގަސްޓް 2020 - 07:51
ޓިކްޓޮކްގެ މޮބައިލް ކޮންޓެންޓްތައް ޓީވީން ސްޓްރީމްކޮށްގެން ބަލައިލެވޭ ގޮތް އެޕް ހިންގާ ޗައިނާގެ ބައިޓްޑާންސާއި އެމެރިކާގެ އެމެޒޯން ގުޅިގެން ހަދައިފި އެވެ.
ޓިކްޓޮކްގެ ޓީވީގެ އެޕްގެ ގޮތުގައި "މޯ އިން ޓިކްޓޮކް" ނަމުގައި ދޫކޮށްލީ އެމެޒޯން ފަޔާ ޓީވީ ޑިވައިސްއަށެވެ. އެއާ އެކު ޓިކްޓޮކްގައި ހުރި ކޮންޓެންޓްތައް ސްޓްރީމްކޮށްގެން ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. މިކަން އެމެޒޯނުން ފަހިކޮށް ދެނީ ޓިކްޓޮކަށް އެންމެ މަގުބޫލު ކޮންޓެންޓްތައް ގެނެސްދޭ މީސްމީހުންގެ އިންޓަވިއުތަކާ ވެސް އެކީގަ އެވެ.
މިކަމާ ބެހޭ ގޮތުން އެމެޒޯންގެ ތަރުޖަމާނު ޑެލަނީ ސައިމަންސް ވިދާޅުވީ އާންމުންގެ މެދުގައި މަގުބޫލު އެތައް ކޮންޓެންޓެއް ހިމެނޭ ޓިކްޓޮކްގެ ވީޑިއޯތައް ސްޓްރީމްކޮށްގެން ޓީވީން ބަލާލަން ލިބުމަކީ ވަރަށް ހާއްސަ ކަމަކަށްވާނެ ކަމަށެވެ.
TikTok launching new app on Amazon Fire TV https://t.co/rOdElcnUtU pic.twitter.com/mbPpfHcBoq
— The Verge (@verge) August 7, 2020
ޓީކްޓޮކްގެ ގްލޯބަލް މާކެޓިން ހެޑް ނިކް ޓްރާން ވިދާޅުވި ގޮތުގައި ޓިކްޓޮކްގެ ކޮންޓެންޓް އެމެޒޯން ފަޔާ ޓީވީ ޑިވައިސް އަށް ގެނެސްފައި މި ވަނީ މިފަދަ ހިދުމަތަކަށް ވިސްނާތާ ވަރަށް ދުވަސްތަކެއް ފަހުން ކަމަށެވެ. އެހެންވެ މިއީ ޓިކްޓޮކް ބޭނުންކުރާ މީހުންނާއި ޓިކްޓޮކްގެ ކޮންޓެންޓްތް ބަލަން ޝައުގުވެރިވާ މީހުންނަށް ލިބުނު ވަރަށް ފަހި އިތުރު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ. އަދި "މޯ އޮން ޓިކްޓޮކް" އަކީ ޓިކްޓޮކްގެ މޮބައިލް ވީޑިއޯ ފޯމެޓް ޓީވީ ސްކްރީނަށް ގެންނަ އިރު އަންނާނެ ބަދަލުތަކަށް ވެސް ބަލައިގެން ފައްކާކުރާ ހިދުމަތެކެވެ.
"އެހެންވެ ކުރިއަށް އޮތް ތަނުގައި ޓާގެޓަކީ ސީދާ ޓީވީ ވެސް ޓިކްޓޮކް ފައްކާކުރުން،" ނިކް ވިދާޅުވި އެވެ.
ޓިކްޓޮކްހެ ޓީވީ އެޕްގައި ދެ ކެޓަގަރީއެއް އިންނާނެ އެވެ. އެއީ ޓިކްޓޮކްގެ ތަރިންގެ އިންޓަވިއުތަކަށް ހާއްސަ "އިން ދަ ސްޓޫޑިއޯ" އާއި ޓިކްޓޮކްގެ އެންމެ މަގުބޫލު ފަންނާނުންގެ ކޮންޓެންޓްތަކަށް ހާއްސަ "ދިސް އިޒް ޓިކްޓޮކް" އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy