އެމްޓީސީސީއާ ހަވާލުކޮށްގެން މާލޭގައި ހަދާ އިންޑަސްޓްރިއަލް ވިލެޖު: އެ ކުންފުނީގެ ފައިދާ ދަށްވީ މަޝްރޫއުތަކަށް ކުރި ހަރަދާ ގުޅިގެން.
30 އޮކްޓޯބަރ 2016 - 19:30
ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ގަތުމަށް ކުރި ހަރަދާ ގުޅިގެން އެމްޓީސީސީގެ މިދިޔަ ކުއާޓަރުގެ ސާފު ފައިދާ ދަށްވެއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 14.5 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 29.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީން އާއްމުކުރި ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު އެ ކުންފުނިން 74 މަޝްރޫއުއެއް ހިންގަމުން ގެންދިޔަ އެވެ. އަދި ދެވަނަ ކުއާޓަރެކޭ އެއްވަރަށް މާލީ ހާލަތު ހިފެހެއްޓިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި 17.7 މިލިއަން ރުފިޔާ ކެޕިޓަލް އެސެޓް ނުވަތަ ތަކެތި ހޯދުމަށް ވަނީ އިންވެސްޓްކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުނިން 296.8 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި އެ ކުންފުނިން ވިޔަފާރި އަށް ކުރި ހަރަދުތައް ކެނޑުމަށް ފަހު 55.2 މިލިއަން ރުފިޔާ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބުށެން
31 October 2016
ތިޔަ ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރާއިރު ނިމޭ ކަންކަމަށް އަގުލިބެމުން ނުދަނީބާ؟ އަގު ލިބޭނަމަ ބޮޑު ޚަރަދުކުރީމާ ލިބޭފައިދާވެސް ވާންޖެހޭނީ ބޮޑުނޫންބާ؟ އަނެއްކާ މީގެ ކުރިން ދައުލަތުގެ ކުންފުނިތަކުން ދަޅަދައްކަން ހޭދަކޮށްކޮށް އެތައް އަހަރެއްވީއިރުވެސް ލޯލާރިއެއްވެސް ހިއްސާދާރުންނަށް ނުލިބި ދިޔަ ހާލަތަށް ވެއްޓެނީކީނޫންބާ؟
އަހްމަދު
31 October 2016
ކޮމެންޓް ކުރަނީ ކުންފުނިތަކުގެ ނަންވެސް ރަގަޅަށް ނޭގޭމީހުން.
ދދ
31 October 2016
މާލޭގެ މަގުތަށް ހަދަނީ ހަދަންވާ ގޮތަކަށެއްނޫން މަޖީދީ މަގު ހަދަންޖެހެނީ ލ، ލިންކު ރޯޑް ގޮތަށް މެދުގައި ގަސް އިންދާ ދުވާރު ލާފަ ދެކޮޅަށް ދުއްވާގޮތަށް އޭރުން މާލޭގެ ރީތިކަން ފެންނާނީ! މަގުގެ ދެފަޅީގައި ދުވާރު ހެދުން އެހާ ރަގަޅެއްނޫން! ތަންތަން ކޮޅުގައި ޕާރކިން ޒޯން ހެދިދީމަ މަގުގެ ރީތިކަން ފެންނާނެ!
އުނބުށެން
31 October 2016
މަޖީދީމަގުގައި މިހާރުވެސް ދެފަޅީގައި ދުވާރު އޮންނައިރު ދެކޮޅަށް ދުއްވަން ދަތިވޭ. ވީއިރު އަދި ގަސް އިންދާށާ އެހެން ކަންކަމަށް ތަނެއް ނެގީމާވާނީ ކިހިނެއް؟
ހަސަނު
31 October 2016
ދޮގެއް.. އެމްޓީސީސީ އާއި މިފްކޯ އާއި ފެނަކަ އާ އެމްއެސްއެލް އާ އަދި މިނޫންވެސް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރަނީ ޔާމީންގެ ކެމްޕޭން ޖަގަހަތަކެއްގެ ގޮތުގަ... މިލިއަނުން މިލިއަނުން އެކަމަށް ލާރި ހަރަދު ކުރަންވީމާ ކުންފުނީގެ ހަރަދު ބޮޑުވާކަމަށް ވާނީ.... މުޅި ގައުމު މިދަނީ ހުސްވަމުން އިނގޭތޯ...
މެންޓަލިސްޓް
31 October 2016
އެމް.ޓީ.ސީ.ސީއޮތީ ވަރަށް ހާލުގައި ،،، އެމީޙުނަށް ސަރުކާރުން ދޭންޖެހޭ މިލިއަނުން ޕޭވްމަންޓްތަށް އެބަހުރި ،،، ސަރުކާރު އޮތީ ދަރާފައި ، ، މީހަގީގަތަކީ ،،
އަލީޝާކިރު
30 October 2016
އަދިރަނގަޅުވާނެ ޔާމިނު މިރާއްޖެޔައް ގެނެސްދެމުން މިދަނީ މާދަމާ ރައްޔިތުން އުފަލުން ފޮޅޭނެހާ ތަރައްގީ އެއާޕޯޓުތަކާ ރިސޯޓުތަކާ ފެނާ ނަރުދަމާ ބަނދަރު މަގުހެދުން އަބަދުވެސް މީހުންނައް ނުބައިވާނެ ރަނގަޅު ވާހަކަ ދައްކާމީހުން ދުނިޔެވަނީ ބަދަލުވެފަ ހދ އަތޮޅުގަ ވީވައުދުތައް ވީހާއަވަހަކައްފުދި 2018 ޔާމިނައް ފަސޭހަކަމާއެކު ބާރައް ބާރައް ކުރިޔައްގޮސް އަތުލަންވީ އުމަރުނަސީރުމެން 12 ފޫޓު 50 ހަރުގަނޑު ހިފައިގެން އެކުރި ކަންތައްބަލާ ފިޔަވަޅު އަޅަންވީ
ރަޑީފް
30 October 2016
މާގިނަ މަސްރޫއުތައް ހިނަގަންހަދާނެކަމެއް ނެތް. ލިބޭ ފައިދާ ހިއްސާދާރުންނަށް ބަހާލަބަލަ ހަމަހަމަޔަށް.
ަަަާަަަަަަާަަަަކޮކީ
30 October 2016
އަދި އެއްކޮށް އިނދަވެސްޖެހޭނެ. ސަރުކާރުން މިފްކޯ އަށްވެސް ހަދާލީތިހެން ސަރުކާރު ޕްރޮމޯޓްކުރުމަށް ބޭކާރު އެތައްމިލިޔަން ރުފިޔާއެއް ތަޅާހުސްކޮށްލީ.
އިއްސަ
30 October 2016
ބުނަން ރަނގަޅުވާހަކައެއް. އަހަރެމެން މިތިބީ އެމްޓީސީސީ ދަރަނިވެރިވެ ބަނގުރޫޓުވުމުގެ ހުރިހާ ބަހާއެއް ހަމަވިތަން ދެކިފަ. މިސަރުކާރުން އެވަނީ ކުންފުނި ފައިދާވާކުންފުންޏަކަށްހަދާފަ. ޙިއްސާދާރުންނަށް ޑިވިޑެންޑުވެސް ދޭންފަށާފަ. އަންގަ ފުޅާކުރެވޭތޯ ބަލާތި.
ކޮށްބަލަދެން
30 October 2016
އެމްޓީސީސީން ގިނަ ޕްރޮޖެކްޓްސް ތައް ހިންގަނީ އެއީ ސަރުކާރުގެ ޕްރޮޖެކްޓްސް ތައް ނަމަ އެފައިސާ އަނބުރާ ލިބޭނެ އެމްޓީސީސީ އަށް. އަދި ވެސް އެމްޓީސީސީން ކުރާ ވިޔަފާރި ޑައިވަރސިފައި ކުރަންވީ އެވެ. އެގޮތުން ސައުދީ ކޭބަލް ކުންފުނީގެ އެޖެންޓް ކަން އެމްޓީސީސީން ނަގައިގެން އެކޭބަލް ވިއްކަން ފަށަންވީ އެމްޓީސީސީީން ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓްސް ތަކަށް. އެއިރުން ވަރަށް ބޮޑު ފައިދާ އެއްވާނެ އެމްޓީސީސީ އަށް މީގެ ސަބަބުން. އަދި ސައުދީ ބޭންކް ތަކުން އެމްޓީސީސީ އަށް ކްރެޑިޓް ފެސިލިޓީސް ލިބޭނެ އެވެ. ހަމަ މިގޮތަށް ސައުދީގައި ސިމެންތި އުފައްދާ ފެކްޓަރީ އަކާއި ގުޅިގެން އެމްޓީސީސީން ވިއްކަން ފަށަންވީ ސިމެންތި ވެސް. އަދި ސައުދީން ގެންނަންވީ ހިލަ އާއި ހިލަވެލި އާއި ބޮޑު ހިލަ ވެސް. އެއިރުން އެމްޓީސީސީ އަށް މާ ބޮޑު ތަން ފައިދާ ވެފައި ރަނގަޅު ވާނެއެވެ.
ަިހިނި
30 October 2016
ކަލޭ ހާދަ މޮޅޭދޯ ކަންކަންކުރަންވީ ގޮތަ ކިޔާދެން... ؟؟؟؟
ހަޝީށް
30 October 2016
"ކޮށްބަލަދެން" ތިޔައީ ޝައުދީ މީހެއްތަ؟ މާ ސައުދީވެގެން ތިޔާއުޅެނީ!
މުގާބޭ
30 October 2016
މީމަށަށް ހީވަނީ އެއްކަލަ އިނގިރޭސިބޭހެން.
ތުއްޕުޅު
31 October 2016
މާ ރަގަޅުވާނެ މުދާ އެތެރެކުރުން ހަމައެކަނި އެމްޓީސީސީ އަށް ދިނީމާ.
ޒައްން
31 October 2016
މުގާބޭ ތިޔާބުނީ ރަގަޅަށް އެއީ ކޮމަންވެލްތުން ފޮނުވާފަ ހުރި ސިއްރު އެޑްވައިޒަރެއް