ނާސްތާ ޕްރޮގްރާމުގެ ދަށުން އެސްޓީއޯ މެދުވެރިކޮށް ގެނައި ގިނަ އަދަދެއްގެ ކިރުޕެކެޓުތަކެއް އުކާލައިފައި-- ފޮޓޯ: ސޯޝަލް މީޑިއާ
20 އޮކްޓޯބަރ 2020 - 14:09
ނާސްތާ ޕްރޮގްރާމުގެ ދަށުން އެސްޓީއޯ އިން ގެނައި ގިނަ އަދަދެއްގެ ކިރު ޕެކެޓްތައް، މުއްދަތު ހަމަވެގެން އުކައިލަން ޖެހުމަކީ، އެއް ބައެއްގެ ނަޒަރުގައި، އިގުތިސާދީ މިހާ ބޮޑު ވަޅުގަނޑަކަށް ރާއްޖެ ވެއްޓިފައި އޮތް އިރު، ވަރަށް ބޮޑު އިސްރާފެކެވެ.
ބައެއް މީހުން ބުނާ ގޮތުގައި ގިނަ ބަޔަކު ހާލުގައި އުޅޭ ދުވަސްވަރެއްގައި ސަރުކާރުން އެކަހަލަ އިސްރާފެއް ކުރުމަކީ ވެސް މައްސަލައެކެވެ.
ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމްގައި ދަރިވަރުންނަށް ދޭ "ޑެވޮންޑެލް" ކިރު ޕެކެޓު އެޑިޔުކޭޝަން މިނިސްޓްރީގެ އޯޑަރަށް ރާއްޖެ އެތެރެކުރަނީ އެސްޓީއޯއިންނެވެ. އެ ކިރު ޕެކެޓުތައް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޯރުކޮށްދެނީ ވެސް އެސްޓީއޯ މެދުވެރިކޮށެވެ.
މުއްދަތު ހަމަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ކިރު ޕެކެޓް އުކާލިކަން އެސްޓީއޯ އިން ކަށަވަރުކޮށްދެ އެވެ. އެކަމަކު "މިހާރު"އަށް ލިބުނު ބައެއް މައުލޫމާތުތަކުން އެނގެނީ ކިރު ޕެކެޓްތަކުގެ ދުވަސް ހަމަވީ އޭގެ ކުރިން އެ ބަހާލާނެ ފުރުސަތު ވެސް އޮއްވާ ކަމެވެ.
ކޮވިޑް-19އާ ގުޅިގެން މާޗު މަހު ރާއްޖޭގެ ސްކޫލްތައް ބަންދުކުރި އެވެ. އަލުން ސްކޫލްތައް ހުޅުވީ، ވަރަށް މަދު ދަރިވަރުންތަކަކާ އެކު ޖުލައި މަހު އެވެ.
ނާސްތާ ބޭނުންވާ މިންވަރަށް ލަފާކޮށް އެސްޓީއޯއިން އެތެރެކުރި ކިރު ޕެކެޓްތައް، ސްކޫލްތައް ބަންދުވުމުން ސްކޫލްތައް މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށްދޭނެ ގޮތެއް އޭރު ނެތެވެ. އެހެންކަމުން "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ކުދިންނަށް އެ ކިރުތައް ބަހާލުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ލިބޭތޯ އެސްޓީއޯ އިން އެދުނެވެ. އެކަމަކު އެ ހުއްދަ ލިބެން ގިނަ ދުވަސް ވުމުން، ކިރު ޕެކެޓްތަކުގެ މުއްދަތު ވެސް ހަމަވީ އެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓްރީން އެއްވެސް ހަރަދެއް ނުދިނަސް އެސްޓީއޯ އިން ތައްޔާރުވެފައި އޮތީ ރަށްރަށަށް ވެސް ކިރު ޕެކެޓްތައް ގެންގޮސްދޭށެވެ. މީގެ އިތުރުން ކޮވިޑް ފެސިލިޓީތަކަށް ވެސް ކިރުޕެކެޓްތައް ވަނީ ބަހައިފަ އެވެ.
އެކަމަކު ސްކޫލް ދަރިވަރުންނަށް ކިރު ޕެކެޓްތައް ބަހާލުމުގެ ހުއްދަ ހޯދަން އެސްޓީއޯ އިން އެދުނުތޯ ސުވާލުކުރުމުން އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ "އެއީ ދޮގު މައުލޫމާތެއް" ކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
ލޮކްޑައުން ތެރޭގައި ޖޫން މަހު ނާސްތާގެ ކިރު ޕެކެޓްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ބަހާލި އެވެ. މިހާރު އުކާލައިގެން މި އުޅެނީ ސްކޫލްތައް ހުޅުވިދާނެ ކަމަށް ލަފާކޮށް އޭގެ ފަހުން އެތެރެކުރި ކިރު ޕެކެޓް ޝިޕްމަންޓަކަށް ވުން ކައިރި އެވެ. އެކަމަކު މި މައްސަލާގައި އެސްޓީއޯ އިން ވެސް މާ ތަފުސީލު މައުލޫމާތުތަކެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
21 October 2020
އެކްސްޕަޔަރ ވުމުގެ ކުރިން ބެހިނަމަ ކޯޓަށްވެސް ދާނެ ( އިންޑިއާގޯ ) ވެރިން
ނަޝީދު.
21 October 2020
ރައްޔިތުންނަށް ތިބެހިނަމަ މާތާހިރުވީސް އުކާނުލާ!
ނަޖްވާ
21 October 2020
އަސްލު މި ކިރު ޕަކެޓުތައް މުއްދަތު ހަމަ ނުވަނީސް ބަހާލާނެ ފުރުސަތު އޮތް ކަމަށް ދެކެނީ! އެހެން މި ބުނީ، އެސްޓީއޯ ގެ އެންމެން އުޅުނީކީއެއް ޕެންޑަމިކްގެ ކަންތަކުގައެއް ނޫން! އެހެންވީމަ، އިސްޓޮކް ބަލަހައްޓާ މީހުންނަށް ސިސްޓަމުން އެނގެންވާނެ ކަމަށް މި ބަލަނީ މުއްދަތު ހަމަވާ ތާރީޙާ އެއްޗެހި! ގޭގަ ތިބެގެންވެސް ވީޕީއެން މެދުވެރިކޮށް ހަމަ އިސްޓޮކާ ބެހޭ މަޢުލޫމާތު ބެލޭނެ ކަމަށް މި ބަލަނީ! އެހެންވީމަ، ޒިންމާ އެބައޮތް ކަމަށް ހަމަ ފެނޭ!
ޖައްލަ
21 October 2020
ކޮރަޕްޝަނަށްވެދާނެތީ ހަދާނެގޮތެއް ނޭންގުނީބާ..
ޟަރިޔާ
21 October 2020
ޥެރިޔަކަށް ހުރިމީހަގެ ކަނޑުކޮސްކަމާ ވާނުވާ ނޭގޭކަކ ކަން.
ސިދާތާ
21 October 2020
ތިކަމުގެ ޒިންމާ އެސްޓީއޯގެ އެމްޑީ ނާގާބިލު ހުސެން އަމްރު ނަގަންޖެހޭނެ. ވަގްތުން ވަގްތައް އިސްތިއުފާދީ ☝
ކޮތަރު
20 October 2020
ކުޑަދަރިފުޅަށް އެންމެ ރަގަޅީ މައިމީހާގެ ގާތުންދޭކިރު
ކަކުނިބޯ
20 October 2020
ސް ކޫލްތަށް ހުޅުވެދާނެ ކަމަށް ލަފާ ކޮށް ކިރު ޕަ ކެޓްތަށް އެސްޓީއޯއިން ގެނައުމުން ސް ކޫލްތަށް ނުހުޅުވުމުން ގެއްލުން ވީ އެސްޓީއޯއަށް ހުޅުވުނުނަމަ ފައިދާވާނެ އެސްޓީއޯއަށް އެންމެފަހުވަގުތުވެސް އެޑިޔު ކޭޝަނުން އެބަހާލާށޭ ބުނިނަމަ އެއަށް ފައިސާއަތުލާނީ އެޑިޔު ކޭޝަން ބަޖެޓުން އެސްޓީއޯއަށް ފައިދާ ބަލަ އެސްޓީއޯ އިން ތިގެނައީ އެސްމްޕްޝަނަ ކަށް އެޑިޔުކޭޝަނަށް ވިއް ކަން އެރިސް ކު ބެއަރ ކުރަންޖިހޭނީ އެސްޓީއޯ އެޑިޔު ކޭޝަނުން ޕްރީ އޯޑަރ ނަމަވެސް ކުރިނަމަތާ އަހަންޖިހޭނީ
އަލީ!
20 October 2020
ހާދައަވަހަށް ގެރެންޓީ ހަމަވާ ކިރެކޭ
900 ޑިގުރީ
20 October 2020
ނާގާބިލު ވެރިންނާއި ނޭފަތު ކުރިއަށްވުރެން ދުރަށް ވިސްނަންނޭގޭ މެނޭޖަރުންނާއި ވަޒީރުން ތިބީމާވާގޮތްމިއީ މުޅި މިސަރުކާރުވެސް ނާގާބިލް