ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު (ވ2) އާއި މީޑިއާނެޓުގެ ސީއޯއޯ އަހުމަދު ނަބާހު (ކ2) އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެޗްޑީސީ
26 ނޮވެމްބަރ 2020 - 11:35
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ "އޯޕަން އެކްސަސް ނެޓްވޯކް" މެދުވެރިކޮށް ހިދުމަތް ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން މީޑިއާ ނެޓާއެކު އިއްޔެ ސޮއިކޮށްފި އެވެ.
އެޗުޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. މީޑިއާ ނެޓުން ސޮއި ކުރެއްވީ ސީއޯއޯ އަހުމަދު ނަބާހެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް އެޗުޑީސީގެ ވިއުގަ މެދުވެރިކޮށް މީޑިއާނެޓުގެ ހިދުމަތް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނެ އެވެ. މިކަމާ ގުޅިގެން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ދެ ކުންފުނި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް އެޗުޑީސީން ބުންޏެވެ.
އެޗުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާތިފު ވިދާޅުވީ، އަމާޒަކީ އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ހިދުމަތްތަކުގެ އަގު ކުޑަކުރުން ކަމަށެވެ. އެގޮތުން، ފޭސް ދޭއްގައި އަޅާ ވިއުގައިގެ ސަބަބުން ހިދުމަތްތަކުގެ އަގު ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިވޮލޮޕްމަންޓް ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އަމާޒަކީ އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ހިދުމަތްތަކުގެ އަގުތަށް ކުރިއަށް އޮތް ތާނގައި ކުޑަކޮށްދިނުން. މި ގާއިމު ކުރާ ނެޓްވޯކުން އެ ފުރުސަތު މިހާރު ހިދުމަތްދޭ ފަރާތްތަކަށާއި އަލަށް ވިޔަފާރި އަށް ވަންނަ ފަރާތްތަކަށް ވެސް ލިބިގެން ދާނެ،" އާތިފު ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އޯޕަން އެކްސެސް ނެޓްވޯކުން ކޮށްދޭ ކަމަކީ އެ ނެޓްވޯކް މެދުވެރިކޮށް، އެ ތަނުގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ ޓެލެކޮމް ހިދުމަތްތައް ގުޅައި ދިނުމެވެ. އެގޮތަށް ނެޓްވޯކް އެޅުމުން ކޮންމެ ގޭބިސީއަކަށް ވަކިވަކިން ކޭބަލް އެޅުމުގެ ބަދަލުގައި ހިދުމަތްތައް ގުޅައިލާނީ އެ ނެޓްވޯކާ އެވެ.
ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އެ ނެޓްވޯކްގެ ހިދުމަތަކީ އެޗްޑީސީން އެކަމަށް އިތުރު އަގެއް ނުނަގައި ޚިދުމަތް ދިނުމަށް ޓަކައި އަޅާފައިވާ ނެޓްވޯކެކެވެ.
އެޗުޑީސީން ބުނިގޮތުގައި، އެ ނެޓްވޯކަކީ ހުޅުމާލެ "ސްމާޓް ސިޓީ"އަކަށް ހަދަން ކުރަމުން އަންނަ މަސައްކަތުގެ ބިންގަލެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް އެ ނެޓްވޯކްގެ ސަބަބުން ބޮޑެތި ފަސޭހަތައް ލިބޭނެ ކަަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެގޮތަށް ނެޓްވޯކް އަޅާފައި އޮތުމުން މަގުތައް އިތުރަށް ކޮންނަން ނުޖެހި، މަގުތަަކަށް ލިބޭ ގެއްލުން ވެސް ކުޑަކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަވާލާ
27 November 2020
މީޑިއާ ނެޓަކީ ދިވެހިން ފެލާ ކުންފުންޏެއް ރަގަޅު ސެކަންޑް ޗޮއިސްއެއް ވާދަވެރިއެއް ނެތީމަވާގޮތް
ސައްޕެ
27 November 2020
އެޗް،ޑީ،ސީ އަށް ޓެލެކޮމް (ނުވަތަ ޓެލެކޮން ރިލޭޓެޑް) ހިދުމަތް ދިނުމުގެ ހުއްދަ އޮވޭބާ؟
2021
26 November 2020
ދުނިޔޭގެ ނިސްބަތުންވެސް އެންމެ އަގުބޮޑުނެޓް. މީޑިޔާނެޓް
ބަކޫރުބޭ
27 November 2020
މީޑިއާނެޓް އަހަރުމެން އޮޅާލިތާ ކިތައްމެ ދުވަހެއް، ކުރިއަށް އޮތްތަނުގަވެސް، މިހާރު މީޑިއާނެޓް ބޭނުން ކުރާ މީހުންގެ ތެރޭން ގިނަބަޔަކު މީޑިއާނެޓް ދޫކޮށްލާނެ، ދިރާގު އެކަނި އޮވެގެން ކުޅުނު މޮނޮޕޮލީ މީޑިއާނެޓުންވެސް ކުޅެނީ........
އަލީ އަސްފާގު އަލީ
26 November 2020
މީޑިޔާ ނެޓުގެ ހިދުމަތާއި ދޭތެރޭ ހިންހަމަ ޖެހޭ. ނަމަވެސް އެމީހުންގެ ހިދުމަތުގެ އަގަކީ ވަރަށްބޮޑު އަގެއް ކަމުގައި ދެކެން
ލައިލީ
26 November 2020
މީޑިޔާ ނެޓްއަކީ ވަރަށް ނާގާބިލް އަދި އެހާމެ ކަސްޓަމަރުން ނާއި ދުރު ވިޔަފާރިއެއް! ދެންނޯ؟