ވިޔަފާރި / ސްޓެލްކޯ

ކަރަންޓު ބިލު ބޮޑުތަ؟ މިއޮތީ ހައްލެއް

ސްޓެލްކޯއިން މާލޭގެ ގެއެއްގެ ފުރާޅުގައި ސޯލާ ޕަވާ ސިސްޓަމްތަކެއް ހަރުކޮށްފައި-- ފޮޓޯ: ސްޓެލްކޯ

06 ޑިސެމްބަރ 2020

59 comments
happy icon 70%

އިންސާނުންގެ ދިރިއުޅުން ފަސޭހަ ކުރުމަށް ޓެކްނޮލޮޖީ އަށް ގެންނަ ބަދަލުތަކާ އެކު ހަކަތަ ބޭނުން ކުރަން ޖެހިފައިވާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުދިކުދި ކަންތައް ކުރުމަށް ކަރަންޓަށް ބަރޯސާ ވާން ޖެހިފައިވާލެއް މިވަނީ ކުރިއަށް ވުރެ އިތުރުވެފަ އެވެ. ނަމަވެސް ސްޓެލްކޯއިން ފޯރުކޮށްދޭ ސޯލާ ޕެނަލްތަކާ އެކު ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރަން ޖެހުނު ނަމަވެސް ބިލު ކުޑަކުރުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލައިފަ އެވެ.

ސްޓެލްކޯއިން ސޯލާ ޕަވާ ސިސްޓަމްތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ފަށާފައިވަނީ އެ ކުންފުނީގެ "ގްރީން ލައިފް" އިނީޝިއޭޓިވްގެ ދަށުންނެވެ. މިއީ އިރުގެ އަލިން އުފައްދާ ހަކަތަ އިތުރުކޮށް ކަރަންޓު ފޯރުކޮށްދިނުމަށް އަންދާ ތެލުގެ އަދަދު މަދު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސިސްޓަމް ހަރު ކުރުމުން ތިމާގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ވެސް ކުޑަކުރެވޭނެ އެވެ.

ސްޓެލްކޯއިން މި ސިސްޓަމްތައް ލިބެން ހުންނަނީ 30،000ރ. އަށެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް ހަތް އަހަރާ ހަމައަށް އިންސްޓޯލްމަންޓަށް ވެސް މި ސިސްޓަމްތައް ނެގޭނެ އެވެ.

ސްޓެލްކޯއިން ބޮޑަށް ބާރު އަޅަނީ ކަރަންޓު ބިލަށް 2000ރ. ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް އަރާ ނަމަ އެ ފަދަ ކަސްޓަމަރުން އިންސްޓޯލްމަންޓަށް ސިސްޓަމްތައް ނެގުމަށެވެ. އެއީ އޭގެ ސަބަބުން ކަސްޓަމަރަށް ބޮޑެތި ފައިދާތަކެއް ވާތީ އެވެ.

ސޯލާ ޕަވާ ސިސްޓަމް އިންސްޓޯލްމަންޓަށް ނަގާ ނަމަ ކޮންމެ ސިސްޓަމެއް ލިބޭނީ 5000ރ. ގެ ޑައުން ޕޭމަންޓެއް ދެއްކުމުންނެވެ. ޑައުން ޕޭމަންޓަށް ދައްކަން ޖެހޭ އަދަދު ބޮޑުވި ނަމަވެސް އިންސްޓޯލްމަންޓަށް ނަގާ ނަމަ ކަސްޓަމަރުގެ އަތުން ދާނީ ހަމައެކަނި 5000ރ. އެވެ. ނަމަވެސް އެއްފަހަރާ ފައިސާ ދައްކައިގެން ނަގާ ނަމަ އެއަށްވުރެ ބޮޑު އަދަދެއް ކަސްޓަމަރުގެ އަތުން ހޭދަވެ އެވެ.

ސްޓެލްކޯގެ މުވައްޒަފުން ސޯލާ ޕެނަލް ހަރު ކުރަނީ-- ފޮޓޯ: ސްޓެލްކޯ

އިންސްޓޯލްމަންޓުގެ ފައިސާ ދައްކާނީ ކިހިނެއް؟

އިންސްޓޯލްމަންޓަށް ތަކެތި ނަގާއިރު އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮންނަނީ އެ ނަގާ މުއްދަތަކަށް އިންޓްރަސްޓް ރޭޓު އިތުރުވުމެވެ. އެހެންނަމަވެސް ސްޓެލްކޯއިން ނަގާ ސޯލާ ޕަވާ ސިސްޓަމް ކިތަންމެ ދިގު މުއްދަތަކަށް ނެގި ނަމަވެސް އިންޓްރަސްޓެއް ނާރާނެ އެވެ. އެހެންކަމުން ނެގެން އޮތް އެންމެ ދިގު މުއްދަތަށް (ހަތް އަހަރު)އަށް ނެގުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެ އެވެ.

ހަތް އަހަރަށް ސޯލާ ޕަވާ ސިސްޓަމެއް ނަގާ ނަމަ ޑައުން ޕޭމަންޓަށް 5000ރ. ދެއްކުމަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 485ރ. އެވެ. މިއަދަދު ކަސްޓަމަރުގެ ބިލުގެ ތެރެއެއަށް އިތުރުވި ނަމަވެސް ސޯލާ ޕެނަލް ހަރު ކުރުމަށްފަހު މި އަދަދު ކަސްޓަމަރުން ދައްކާކަށް ނުޖެހޭނެ އެވެ. މި އަދަދު ކެނޑިގެންދާނީ ސޯލާ ޕެނަލުން އުފައްދާ ހަކަތައިންނެވެ. އެގޮތުން، ސޯލާ ޕެނަލުން މަހަކު 637ރ. ގެ ކަރަންޓު އުފައްދާނެ އެވެ. މިއަދަދަކީ ކަސްޓަމަރުގެ ބިލުން އުނިވާނެ އަދަދެކެވެ. އެހެންކަމުން ބިލަށް ކިތަންމެ ބޮޑު އަދަދެއް އެރިނަމަވެސް އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ އަދަދާއެކު 637ރ. އިން ބާކީވާ ބައި ބިލުން ވެސް ކެނޑޭނެ އެވެ. އެހެންކަމުން ކޮންމެ މަހަކު ކަރަންޓު ބިލު ދައްކާއިރު ދައްކަން ޖެހޭނީ މިހާރު ދައްކާ އަދަދަށްވުރެ ކުޑަ އަދަދެކެވެ.

މިސާލަކަށް 2000ރ. ކަރަންޓު ބިލަށް އަރާ ގެއެއްގައި އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކުރުމުން ކޮންމެ މަހަކު ބިލަށް އަރާނީ 2،485ރ. އެވެ. ނަމަވެސް 637ރ. ކަރަންޓު ސޯލާ ޕެނަލުން އުފައްދާތީ އެ އަދަދު ބިލުން އުނިކުރާނެ އެވެ. އެހެންކަމުން ބިލު ދައްކާއިރު ކަސްޓަމަރު ދައްކަން ޖެހޭނީ 1،848ރ. އެވެ.

އާއްމުކޮށް ގިނައިން ކަރަންޓު ބޭނުންކުރާ ގެއެއް ނަމަ މަހެއްގެ މައްޗަށް ކަރަންޓު ބިލަށް 2،000ރ. އަށްވުރެ މަތިން އަރާނެ އެވެ. އެހެންކަމުން އެފަދަ ގެތަކަށް މިއީ ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ އެވެ.

ސްޓެލްކޯގެ މުވައްޒަފުންތަކެއް ސޯލާ ޕަވާ ސިސްޓަމް ހަރުކުރަނީ-- ފޮޓޯ:ސްޓެލްކޯ

ސޯލާ ޕަވާ ސިސްޓަމް ނަގަން ހަދާނީ ކިހިނެއް؟

ސްޓެލްކޯއިން ސޯލާ ޕަވާ ސިސްޓަމްތައް އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ މީހުންނަށް އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ އިންތިޒާމް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން، ކަސްޓަމަރަކީ މި ސިސްޓަމް ގަންނަން ޝަރުތު ހަމަވާ މީހެއް ކަމަށްވާނަމަ ފޯމު ލުމަށްފަހު ޑައުން ޕޭމަންޓު ދެއްކުމުން ކަސްޓަމަރު ކުރަން ޖެހޭ ހުރިހާ ކަމެއް ނިމުނީ އެވެ. ބާކީ ކުރަން ޖެހޭ އިންސްޓޯލް ކުރުމުގެ މަސައްކަތާއި ސާވޭ އާއި ޑިޒައިނިން އަދި މޮނިޓާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނީ ސްޓެލްކޯ އިންނެވެ.

ގޭގައި ބަހައްޓާ ސޯލާ ޕަވާ ސިސްޓަމުން ދުވާލަކު ހަކަތަ އުފައްދާ މިންވަރު ދައްކުވައި ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް އިންނާނެ އެވެ. މި އެޕް، ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެ އެވެ.

ސޯލާ ޕަވާ ސިސްޓަމްތައް ބެހެއްޓުމާއި ސާވޭ އަދި މޮނިޓަރިންގެ ހިދުމަތް ސްޓެލްކޯއިން ފޯރުކޮށްދޭނީ އިންސްޓޯލްމަންޓަށް މި ސިސްޓަމްތައް ނަގާ ކަސްޓަމަރުންނަށް އެކަންޏެވެ. އެގޮތުން، އެ ކުންފުނިން ހިދުމަތް ދޭ ކޮންމެ ރަށެއްގެ މީހަކަށް ވެސް ސިސްޓަމްތައް އިންސްޓޯލްމަންޓަށް ނެގޭނެ އެވެ.

އިންސްޓޯލްމަންޓަށް ސިސްޓަމްތައް ނަގަން ބޭނުންވާ މީހާއަކީ ގޭގެ ވެރިފަރާތައް ނުވަތަ ގޭގެ ވެރިފަރާތު ހުއްދައާއެކު ފޯމު ލާ މީހަކަށް ވާން ޖެހޭނެ އެވެ. އަދި މި ސިސްޓަމްތައް ހަރު ކުރާ ފުރާޅަކީ މަދުވެގެން 100 އަކަ ފޫޓުގެ ޖާގަ ހުރި ފުރާޅަކަށް ވާން ޖެހޭނެ އެވެ.

މި ހިދުމަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 3:30 އަށް ސްޓެލްކޯގެ ހޮޓްލައިން 3338181އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ އެވެ. މީގެ އިތުރުން sales@stelco.com.mv  މެދުވެރިކޮށްވެސް ސޯލާގެ މައުލޫމާތު ލިބޭނެ އެވެ.

59 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 5%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހާ

08 December 2020

ފަންނީ ކަ މުންތާ އީއެލްސީބީއެއް ޓެސްޓްކޮށްލަން 100 ރުފިޔާ ނަގަނީ. އެޓެސްޓްކުރަން 10 ސިކުންތްވެސް ނުނަގާނެ. އެއްޗެއް ނުދަންނަ މީހާ އަށްވެސް އެޓެސްޓް ކޮށްލެވޭނެ. ސްޓެލްކޯ އިން ރައްތިޔުން ފެލަނީ

The name is already taken The name is available. Register?

ބުލް ބުލް

07 December 2020

ހިނި އަންނަނީއޭ ލޮލް... ހަހަހހަހަހަހަހަހަ

The name is already taken The name is available. Register?

ޙަސަންދީ

07 December 2020

-/5000ރ އެޑުވާންސް އަށް ދައްކާފަ-/30000ރ އަގު ދައްކާގޮތަށް މަހަކު -/152ރ ގެ ކަރަންޓް ހޯދަން ސޯލާ ޕެނަލް ހަރުކުރާނީ މޮޔައިން. ގެއަކަށް ބޭނުންވަނީކީ -/152ރ ގެ ކަރެންޓް އެއްނޫން. ސްޓެލްކޯ ވެސް ، ފެނަކާ ވެސް ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނިކުތިއްޔާ މާ ރަނގަޅުވާނެ. ޜައްޔިތުން ފެލަން އުޅުމަށްވުރެ.

The name is already taken The name is available. Register?

އަބުލް ހަކަމް

07 December 2020

އައްޔަބެއަށް ކަޓެއް އެޅީކަންނޭގެ. އައްޔަބެއަށް ބުނެލަންއޮތީ ކަރަންޓު ނޭގުނަސް ހިސާބު ޖަހަން އެނގެއޭ.

The name is already taken The name is available. Register?

ޙަސަންދީ

07 December 2020

2000ރ ކަރަންޓް ބިލަށް އަރާ ގެއެއްނަމަ ސޯލާ ޕެނަލް ޑަުއުން ޕޭމެންޓް ދެއްކުމުން ބިލަށް އަރާނެކަމަށް މިވަނީ 1848ރ.. ޥީމާ މިއަކުން ނުފެނޭ މާބޮޑު ތަފާތެއް. މަދުވެގެން ގެއަށް ބޭނުންވާވަރުގެ ކަރަންޓްގެ %75 ސޯލާއިން ނުއުފެއްދޭނަމަ ތި ސަކަރާތް ޖެހުމުގެ ބޭނުމެއްނެތް. ތީ އަމާ ބުނީތީ ފަތަށްދާގޮތަށް ކުރާ ކަމަކަށްވާނީ.

The name is already taken The name is available. Register?

ހަކީމް

07 December 2020

އެކި ނަންނަމުގައި ކޮމެންޓް ކުރާ އެކަކު އެބައުޅޭ މިއީ ވަރަށް ކަމުނުދާ ކަމެއް ކަމަށް ދައްކަން. މިވަނީ ކިހިނެއްބާ. މަށަށް މިޑީލް ވަރަށް ރަނގަޅު.

The name is already taken The name is available. Register?

އަބުލް ހަކަމު

07 December 2020

“ހަކީމު” ރަނގަޅަށް މިވަނީ ކީއްތޯ ބަލާ ހިސާބު ޖަހާފަ އެއްވެސްމީހަކު ނުބުނާނެ އަދި މިއީރަނގަޅު ޑީލެކޭ. އާނ ފަހަރުގައި ސްޓެލްކޯއަށް ރަނގަޅު ޑީލަކަށް ވެދާނެ.

The name is already taken The name is available. Register?

Adam

07 December 2020

30000 ge ސިސްޓަމް 60 މަހަށް ވޮރަންޓީ ނެތިއްޔާ އާންމު ތަންތަނަށް ގެއްލުން. އަހަރުގެ މަރާމާތަށް 5000 އަތައިފައި ޓެކްނިކަލް ޚިދުމަތްތަކަށް އަހަރަކަށް 4000 ވަރު އަރައިފައި ފުރާޅު ބެލެހެއްޓުމަށް އަހަރަކަށް އަރާވަރު އެއްކޮށް ކަނޑައި ހެއްލީމާ މި ނިޒާމު ގެއްލުމް. ބަދަލުގައި ސްޓެލްކޯއިން މިކަންކަން ކޮށްފައި ޔުނިޓް އަގު ކުޑަކުރަން ފެނޭ.

The name is already taken The name is available. Register?

ާެަނާދި

07 December 2020

ތިޔަ ކަ މުން 152 ރުފިޔާ މަހަކު ފައިދާކުރަން ތިޔައީ ތިވަރުން ކުރާވަރު ކަ މެއްތަ؟

The name is already taken The name is available. Register?

އަބުލް ހަކަމް

07 December 2020

“ނާދި” ނާދިގެ ހިސާބު ތިހެދީ ޑައުންޕޭމެންޓް ދޫކޮށްލާފައެއްނު. އެޕޭމެންޓް ލީމާ މަހަކު ސަލާމަތްވަނީ ގާތްގަޑަކަށް 70ރ. މަހަކު (7އަހަރު ވަންދެން)

The name is already taken The name is available. Register?

އަލީ ރުޝްދީ

07 December 2020

ތި ދެހާހުގަ ހުންނަ ނަމަތާ. ކަލޭމެން ތި އެކި މަހު އެކި ގޮތް އޮންނަ ބަޔެއް. ކާންޓް ޓްރަސްޓް

The name is already taken The name is available. Register?

ކަކުނިބޯ

07 December 2020

ރަންނައަށް މަގޭ ސަލާ މް، ހާދަ ހީވެޔޭ ސްޓެލްކޯގެ މުއައްޒަފެއްހެން. ދެން އެހެންވެއްޖިއްޔާ ސޯލާޕެންލް މާރކެޓްކުރަން ވަރުހުންނާނެ ތާ. އިހަކަށްދުވަހުވެސް އުޅުނު މުމއައްޒަފުންނަށް ބޯނަސްނުދެވިގެން. އެކަ މު ސްޓެލްކޯ އަކީ ކުންފުންޔެއްކަ މަކު ރައްޔިތުންނަށް ދޭ ކޯޕަރޭޝަން ހިދު މަތެއްދޭން އުފައްދާފަ އޮތްތަނެއް އަދި ސަރުކާރުން ސަބްސިޑީ ދީގެން ހިންގާތަނެއް

The name is already taken The name is available. Register?

އައްޔަބޭ

07 December 2020

މި އާޓިކަލަކީ އެޑްވަޓޯރިއަލްއެއްކަމަށް މީހާރުން އެއޮތީ ފާހަގަކޮށްފައި... މާނައަކީ މިއީ އެއްޗެހި ވިއްކަން ސްޕޮންސަރ ކޮށްގެން ލިޔެފައި އޮތް ލިޔުމެކޭ.

The name is already taken The name is available. Register?

ކަކުނިބޯ

07 December 2020

އައްޔަބޭ ފައިދާއެއްނެތް ގެއްލުންހުރި އެއްޗެއް ގަންނާނީ ކާކު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!