ވިޔަފާރި / ގެސްޓް ހައުސް

އޯޝަން ގްރޭންޑް: ދުނިޔޭގެ ފެންވަރުގެ އެވޯޑަކާ އެކު ފުރިހަމަ ދެ އަހަރު

އޯޝަން ގްރޭންޑް: މިއީ މިފަދަ ބޮޑު ބައިނަލްއަގުވާމީ އެވޯޑެއް ލިބުނު ރާއްޖޭގެ ފުރަތަަމަ ގެސްޓްހައުސް.-- ފޮޓޯ: އޯޝަން ގްރޭންޑް

ބޭރުން ފެންނައިރު ވެސް އެ ތަނުގެ ހައިބަތު ސިފަވެ އެވެ. ދޮރު ހުޅުވާލުމަށް ފަހު އެތެރެ އަަށް ވަނުމާ އެކު، އެ ތަނުގެ މުވައްޒަފަކު އައިސް ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލު ކުރި އެވެ. އެހީތެރިވެދެވޭނެ ގޮތަކީ ކޮބައިތޯ އޮޅުންފިލުވި އެވެ. ކުރިއަށް ދާންވާ މަގު ދެއްކި އެވެ. ރިސެޕްޝަނާ ހިސާބަށް ގެންގޮސްދިނެވެ. ހިނިތުންވުމާ އެކީގަ އެވެ.

މިއީ ހުޅުމާލޭގައި ހުރި ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުގެ ތެރޭން ވެސް އެންމެ ނަން ހިނގާ އަދި އެންމެ މަގުބޫލު އެއް ތަނެވެ. މި ތަން ހަދާފައިވާ ގޮތުން ފެށިގެން ގެސްޓުންނަށް ދޭ ހިދުމަތްތަކާ ހަމައަށް ބައްޓަންކޮށްފައި ވަނީ ތަފާތު ކަމެއް ގެނެސްދެވޭނެ ގޮތަށެވެ. ފްލެޓް އިމާރާތެއް ނުވަތަ ރޯހައުސްއެއް ގެސްޓްހައުސަކަށް ބަދަލުކޮށްލުމުގެ ބަދަލުގައި މި ތަން ފުރަތަމަ ވެސް ބައްޓަންކޮށްފައި ވަނީ ހޮޓަލެއްގެ ގޮތަށެވެ. އިމާރާތްކުރުމުގައި، މި ތަނުގެ ޑިޒައިން ހަދާފައި ވަނީ ހޮޓަލަކާ އެއްގޮތަށެވެ. މެދުގައި ވޯކްވޭއެއް އޮވެފައި އެ ވޯކްވޭގެ ދެ ފަރާތުގައި ކޮޓަރި ހުންނަ ގޮތަށެވެ.

"ލޮބީ އަށް ވަދެގެން ކޮޓަރިއާ ހަމައަށް ދާއިރު، މުޅި ތަނުން ވެސް ކުރެވޭނީ ހޮޓަލެއްގެ އިހުސާސް. ގެއަކަށް ވަދެގެން ދެވޭހެންނެއް ނޫން ހީވާނީ،" އޯޝަން ގްރޭންޑްގެ ރެޒިޑެންޓް މެނޭޖަރު ހަސީބް ޝަރީފު ވިދާޅުވި އެވެ.

އޯޝަން ގްރޭންޑުގެ ޓެރަސް މަތިން އިރު އަރާ މަންޒަރު ފެންނަ ގޮތް.-- ފޮޓޯ: އޯޝަން ގްރޭންޑް

ޖުމްލަ 18 ކޮޓަރީގެ އޯޝަން ގްރޭންޑްގައި ހަތަރު ވައްތަރެއްގެ ކޮޓަރި ހުރެ އެވެ. އެއީ ބޮޑު މިނުގައި 163 އަކަފޫޓު ހުންނަ ޑީލަކްސް ޑަބްލް ސުއިޓާއި 171 އަކަފޫޓު ހުންނަ ސުޕަ ޑީލަކްސް ޑަބްލް ކޮޓަރި އާއި ސުޕަ ޑީލަކްސް ޓުވިން ކޮޓަރި އަދި އެންމެ މަތީ ފެންވަރުގެ އޯޝަން ވިއު ސުއިޓެވެ. ހަތަރު ތަރީގެ ހޮޓަލެއްގައި ހުންނަ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށްފައި ވާއިރު، ހުރިހާ ހިދުމަތެއް ވެސް ބައްޓަންކޮށްފައި ވަނީ އެ ތަނުގައި ހުންނަ މީހަކަށް ވީހާ ވެސް ބޮޑަކަށް އަރާމުކޮށްލެވޭނެ ގޮތަށެވެ.

އޯޝަން ގްރޭންޑުގެ ކޮޓަރިއެއް: މި ތަނުގައި ހަތަރު ވައްތަރެއްގެ ކޮޓަރި ހުރޭ.-- ފޮޓޯ: އޯޝަން ގްރޭންޑް

އެއީ އޯޝަން ގްރޭންޑުގެ އެންމެ ހާއްސަ ސިފަ އެވެ. ކިތަންމެ ކުޑަ ތަނަކަށް ވިޔަސް، އެ ތަނުގައި މަސައްކަތް ކުރާ 27 މުވައްޒަފުންގެ އެންމެ ބޮޑު އަމާޒަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ދިނުމެވެ. އެއާޕޯޓުން ފެށިގެން ގެސްހައުސްއާ ހިސާބަށް އަދި އެ ތަނަށް ވަނުމަށް ފަހު ކޮޓަރިއާ ހަމައަށް ދެވެންދެން އެއްވެސް ވަރަކަށް ބީރަށްޓެހި ކަމުގެ އިހުސާސެއް ނުކުރެވޭނެކަން ކަށަވަރު ކުރުމެވެ. ކޮޓަރިން ލިބޭ ހިދުމަތްތަކުން ފެށިގެން ކާއެއްޗެއްސާއި އެ ނޫން ހިދުމަތްތައް ވެސް ބިނާކޮށްފައި ވަނީ އެ ހިދުމަތްތައް ލިބިގަންނަ ކޮންމެ މީހަކު ހިތްހަމަޖެހިގެން ދާނެ ގޮތަކަށެެވެ.

އޯޝަން ގްރޭންޑުގެ އެންމެ މަގުބޫލު އެއް ކެއުން ކަމަށްވާ ހޯލް ފްރައިޑް ފިޝް.-- ފޮޓޯ: އޯޝަން ގްރޭންޑް

އޯޝަން ގްރޭންޑުން ލިބެން ހުންނަ ބައެއް ބުއިންތައް.-- ފޮޓޯ: އޯޝަން ގްރޭންޑް

އެކަން ކަށަވަރު ކުރުމަށް، އޯޝަން ގްރޭންޑުން ގެންގުޅެނީ އެންމެ ޒަމާނީ އުސޫލުތަކެވެ. މުވައްޒަފުން ހޯދުމުގައި ބަލަނީ އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ އަށެވެ. އޮކްޓޯބަރު 29، 2014 ގައި އޯޝަން ގްރޭންޑް ހުޅުވުމުގެ ގާތްގަނޑަކަށް ތިން މަސްދުވަސް ކުރިން އެފަދަ ގާބިލު މުވައްޒަފުން ނެގި އެވެ. އިތުރު ތަމްރީނު ދިނުމަށް ބައެއް ފަރާތްތައް ރާއްޖޭން ބޭރަށް ފޮނުވިއިރު، ރިސޯޓުތަކުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޓޫރިޒަމް ދާއިރާގެ އެކި ތަޖުރިބާކާރުންނާއި ރިސޯޓުތަކުގެ މަތީ މަގާމުތަކުގައި ތިބޭ ފަންނީ ފަރާތްތައް އޯޝަން ގްރޭންޑަށް ގެނެސް ބައިތިއްބައިގެން، އެ ތަނުގެ މުވައްޒަފުން އެކި ކަންކަމަށް އަހުލުވެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގި އެވެ.

"މިހާރު ވެސް މަދުވެގެން މަހަކު ދެ ފަހަރު އަޅުގަނޑުމެންގެ ހަރަދުގައި ރިސޯޓުތަކުން މީހުން ގެނެސް، މި ތަނުގައި ދެތިން ދުވަހު ބައިތިއްބައިގެން އަޅުގަނޑުމެންގެ މުއައްޒަފުންނަށް ތަމްރީނު ދީ، ޓްރޭނިން ސެޝަންތައް ނަގައިދެން،" ވިލާ ކުންފުނީގެ ރިސޯޓުތަކުގައި ކުރިން މަސައްކަތްކޮށް އަދި ހޮޓެލް އެންޑް ރިސޯޓް މެނޭޖްމަންޓުގެ ދާއިރާ އިން ގްރެޖުއޭޓް ވެފައިވާ ހަސީބު ވިދާޅުވި އެވެ.

"ތިއަރީ ކްލާސްތައް ވެސް ކޮންމެވެސް ވަރަކަށް ހިމެނޭނެ. އަދި މި ގޮތަށް ތަމްރީނު ދިނުމުގައި ސަމާލުކަން ދެނީ ވީހާ ވެސް ގިނަ ދާއިރާތަކުގެ ތަޖުރިބާކާރުން ގެނެވޭތޯ. މިސާލަކަށް، އެފްއެންޑްބީ، ހައުސް ކީޕިން، ފްރަންޓް އޮފީސް، ގެސްޓް ރިލޭޝަންސް."

އޯޝަން ގްރޭންޑުން ބީޗުގައި ތައްޔާރުކޮށްދޭ ޕްރައިވެޓް ޑިނާ..-- ފޮޓޯ: އޯޝަން ގްރޭންޑް

އެ މަސައްކަތުގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. އޯޝަން ގްރޭންޑަށް ދެ އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރީ ދުނިޔޭގެ ފެންވަރުގެ އެވޯޑަކާ އެކުގަ އެވެ. ޓޫރިޒަމް ދާއިރާގައި ދޭ އެންމެ މަގުބޫލު އެއް އެވޯޑު ކަމަށްވާ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސްގެ އެވޯޑު އޯޝަން ގްރޭންޑަށް ލިބުނީ ދުނިޔޭގެ ފެންވަރުގެ ކެޓަގަރީންނެވެ. އެއީ ސަރަހައްދީ އަދި ގައުމީ ފެންވަރުގެ ވަނަތައް ހޯދި އިޓަލީ އަދި ޖަރުމަނު ފަދަ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ނަން ހިނގާ ތަފާތު އެކި ގައުމުތަކުގެ ގެސްޓްހައުސްތަކާ ވާދަކޮށްގެންނެވެ.

"މިއީ ވަރަށް ބޮޑު ޝަރަފެއް. ވަކިން ހާއްސަކޮށް، ހުޅުމާލޭގައި ހުންނަ ކުޑަކުޑަ ގޮޅިއެއްގައި ހަދާފައިވާ މި ވަރުގެ ތަނެއް ދުނިޔޭގެ ފެންވަރުގެ އެންމެ ރަނގަޅު ގެސްޓްހައުސަކަށް ހޮވުމުން އަޅުގަނޑުމެންގެ ހިދުމަތްތަކާ މެދު ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެން ހިނގައްޖެ،" ހަސީބް ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސްގެ އެވޯޑާ އޯޝަން ގްރޭންޑުގެ އޮފިޝަލުން ހަވާލުވަނީ.-- ފޮޓޯ: އޯޝަން ގްރޭންޑް

ލަގްޒަރީ ހޮޓެލް އެވޯޑްސް އަށް ނަން ހުށަހަޅަނީ އެވޯޑުގެ ކަންކަން ބަލަހައްޓާ ފަރާތުން ނުވަތަ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންނެވެ. ބުކިން ހަދާ ވެބްސައިޓުތަކުގައި ހުންނަ ރިވިއުތަކަށް ބެލުމަށް ފަހު އެންމެ މަތީގައި އުޅޭ ހޮޓާތައް މި އެވޯޑަށް ނޮމިނޭޓުކޮށް، އެ ތަންތަނުގެ މައުލޫމާތު ޔަގީންކުރުމަށް ފަހު އެ ހޮޓަލަކާ ގުޅައި އެކަން އަންގަ އެވެ. އާއްމުންގެ ވޯޓަށް ހުޅުވާލަނީ އޭގެ ފަހުންނެވެ.

އާއްމުންގެ ވޯޓުން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސަކަށް އޯޝަން ގްރޭންޑް ހޮވުނީ، އެ ތަނުން ދޭ ހިދުމަތްތައް މިދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި އެ ތަނަށް ޒިޔާރަތްކޮށްފައިވާ މީހުން ބަލައިގަނެފައިވާތީ އެވެ. މޫދު ކައިރީގައި ތިބެ، ޗުއްޓީ ހޭދަކޮށްލަން އަންނަ މީހުންނަށް ހުޅުމާލެ ފަދަ ސިޓީއެއްގައި ޗުއްޓީ ހޭދަކުރުމުގައި ދިމާވެދާނެ ކަންކަން ދުރާލާ އޮޅުން ފިލުވައިދެ އެވެ. ރަލުގެ އެއްވެސް ބާވަތެއް ނުލިބޭނެ ކަމާއި ބިކިނީގައި މޫދަށް ނޭރެވޭނެކަން ފަދަ މުހިއްމު މައުލޫމާތުތައް ބުކިން ހަދާ ހިސާބުން ފެށިގެން ކިޔައިދެ އެވެ. އޭގެ ބަދަލުގައި ކުރެވިދާނެ ކަންކަން ވެސް އަންގައިދެ އެވެ.

"މިސާލަކަށް، ރިސޯޓުތަކަށް ޑޭ ވިޒިޓް ހަދައިދިނުން. އެޗްއައިއެޗުން ލިކަ ލިބުން. މިފަދަ ހުރިހާ އޮލްޓަނެޓިވް ކަންތައްތަކެއް ކިޔައިދެން. އެހެންވީމަ، ޓޫރިސްޓަކަށް އޮޅިފައެއް ނޯންނާނެ. އެހާ ވެސް ގާތްކޮށް ހިދުމަތް ދެނީ،" ބައިނަލްއަގުވާމީ އެވޯޑެއް ހޯދި ރާއްޖޭގެ ފުރަތަމަ ގެސްޓްހައުސްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ހަސީބް ވިދާޅުވި އެވެ

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސްގެ އެވޯޑާ އެކު ހަސީބް ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: އޯޝަން ގްރޭންޑް

ހުޅުމާލެ ފަދަ މީހުން އާބާދުވެފައިވާ ސިޓީއެއްގައި ފުރިހަމަ އިންތިޒާމެއްގެ ދަށުން ގެސްޓްހައުސެއް ހިންގުމަކީ ގޮންޖެހުންތައް ގިނަ ކަމެކެވެ. އެކަމަކު، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސްގެ ގޮތުގައި އޯޝަން ގްރޭންޑް ހޮވުނީ އެ ދަތިތަކާ އެކު ވެސް މަތީ ފަންތީގެ ހިދުމަތްތަކެއް ދެވޭތީ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް ކަމުދާނެ ރަހަ މީރު ކާއެއްޗެހި ފޯރުކޮށްދިނުން ފަދަ ކަންކަމުން ފެށިގެން އެންމެ އާދައިގެ ކަންތައްތައް ވެސް ވީހާ ވެސް ގާތުން ބަލަހައްޓާތީ އެވެ. ގެސްޓުންނަށް ދޭ ހިދުމަތް ވީ އެންމެ ރަނގަޅަކަށް، އަބަދުވެސް އެއް ފެންވަރެއްގައި ބަހައްޓަން ހާއްސަ ސަމާލުކަމެއް ދޭތީ އެވެ.

އޯޝަން ގްރޭންޑުގެ އަމާޒަކީ އެކަން އެ ގޮތުގައި ކުރިއަށް އޮތް ތާނގައި ވެސް ދެމެހެއްޓުމެވެ. މަތީ ފަންތީގެ ރިސޯޓްތަކުން ލިބޭ ހުރިހާ ވަސީލަތްތަކެއް ނެތަސް، އެފަދަ ރިސޯޓުތަކުން ދޭ ހިދުމަތާ ދާދި އެއް ފެންވަރެއްގެ ހިދުމަތްތަކެއް ގެސްޓުންނަށް ފޯރުކޮށްދިނުމެވެ. ވޯލްޑްސް ބެސްޓް ލަގްޒަރީ ގެސްޓްހައުސް އެވޯޑުން އެކަން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ.

28 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 98%
icon sad icon sad 2%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

07 November 2016

މަރުހަބާ! ވަރެއްވެސް ޟަރަފްވެރި ވަނައެއްތިލިބުނީ.

The name is already taken The name is available. Register?

ލަބީބު

07 November 2016

މަރުހަބާ. ތިޔަފަދަ ޝަރަފުވެރި ނަމެއް ހެދިބޮޑުވަމުން އަންނަ ގެސްޓްހައުސް އިންޑަސްޓްރީ އަށް ހޯދާދިނުމުން ވަރަށް އުފާވެއްޖެ.

The name is already taken The name is available. Register?

އައްސޭ

07 November 2016

ރަގަޅު ހިއްވަރެއްތީ ގެސްޓުހައުސް ހިންގާ ފަރާތްތަކަށް. އެއްމެންވެސް ސާވިސް ރަގަޅުކޮއްލާފަ ރަގަޅުރޭޓްގަ ވިއްކަންވީ. މަރުހަބާ.

The name is already taken The name is available. Register?

ރެސްޓޯރަންޓް

07 November 2016

ތިތާގެ ކެއުން ހަމަގާމުވެސް އެވޯޑްދޭންޖެހޭ ވަރުވޭ. ރޯދަމަހު ފުރަތަމަ ދެވުނީ އެތަނަށް. ވަރަށްވެސް މީރު ކެއުން. ހަމައެހާމެ ސާވިސް ފުރިހަމަ. ޓެރަސް މަތި ވަރަށްވެސް ރީތި ފުރިހަމަ. މަރުހަބާ ވަރަށް.

The name is already taken The name is available. Register?

ކަމާލު

07 November 2016

ރައީސް ނަޝީދުގެ ގެސްޓް ހައުސް ޕޮލިސީ ހަބޭސް...... ޝުކުރިޔާ ރައީސް ނަޝީދު އާށް.

The name is already taken The name is available. Register?

އަމިއްލަ ތަޖުރިބާ

07 November 2016

މަރުހަބާ އޯޝަން ގްރޭންޑް. މީގެ މަސްތަކެއް ކުރިން އަހަރެން ޢާއިލާ ގޮވައިގެން ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރަން އެއް ރޭ އޯޝަން ގްރޭންޑަށް ދިޔައިން. މުޅި ޖުމްލަ 11 މީހުން ތިބި އިރު 5 އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނޭނެ. ޓެރަސް ރެސްޓޯރަންޓްގައި ތިބެފައި ކާ އެއްޗެއްސަށް އޯޑަރުކުރުމުން އެ އެއްޗެތި އުންމިދުކުރިވަރަށް ވުރެ ލަހުން އައުމުން އެކަމާ ހިތްހަމަނުޖެހިގެން ޝަކުވާކުރިން. އަދި ކެއުން ނިންމުމަށްފަހު ގެއަށް އައިތާ އިރުކޮޅެއްވީފަހުން އަހަންނަށް އައީ އޯޝަން ގްރޭންޑް މެނޭޖަރުގެ ފޯން ކޯލެއް. މުޙިންމު މުނާސަބަތެއްގައި ކާއެއްޗެތި ލަސްވުމުން އޭނާ އަހަންނާއި ޢާއިލާގެ ފަރާތުން މަޢާފަށް އެދުނު. އަދި އެރޭ އެތަނަށް ކާންދިޔަ އެންމެންނަށް ފަސޭހަ ރެއަކު އެތަނަށް އަލުން ގޮސް ފުލް ކޮމްޕްލިމަންޓްރީކޮށް ކެއުމުގެ ދަޢުވަތު ދިން. އަދި ބުނި އޯޝަން ގްރޭންޑަށް ކޮންމެ ކަސްޓަމަރަކީވެސް މުހިންމު ކަސްޓަމަރެއްކަމަށް. އެ ދައުވަތު އޭނާ ދިނުމުން އަހަންނަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެއް. ސަބަބަކީ، ދިވެހި ރެސްޓޯރަންޓަކުން ކަސްޓަމަރަކާ ދޭތެރޭ މިވަރުގެ މެހެމާންދާރީ އެއް އަދާކުރި ކަމެއް އަހަރެންނައް ދުވަހަކުވެސް އެނގިފައިނުވާތީ. ވީމާ، އޯޝަން ގްރޭންޑް ގެ ސަރވިސް ރަނގަޅޭ މީހުން ބުނުމުން އަހަރެން އެއްގޮތަކަށްވެސް ހައިރާނެއް ނުވޭ.

The name is already taken The name is available. Register?

އައްޔަ

07 November 2016

އޯޝަން ގްރޭންޑް ގައި ވީކެންޑް އެއްގައި ފެމިލީ ގޮވާގެން އަޅުގަނޑު މަޑުކޮށްލިން ، ވަރަށް ވެސް ފުރިހަމަ ސަރވިސް އެއް ލިބުނު ތަނެއް. ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތުތަނެއް، ތަނުގެ ސާފުތާހިރު ކަމާއި ، މުވައްޒަފުންގެ ހިތްހެޔޮކަމާ، ލުބުނު ސާރވިސް ހަމަ މަތީފަންތީގެ ރިސޯރޓް އެކޭ އެއްވެސް ތަފާތެއްނެތް، ރެސްޓޯރެންޓުން ލިބުނު ކެއުން ވަކިން ފުރިހަމަ، ބުނެލަން އޮތީ ތިގޮތުގައި ކުރިޔަށްދާށޭ ، ތީ ހުޅުމާލޭގެ ނަންބަރ ވަން ، ތި އެވޯރޑް އަކީ ހަޤީޤަތުގަވެސް ތިބޭފުޅުންގެ ސަރވިސް އަށްބަލާފަ ހައްގު އެއްޗޭ، މިހެން މިބުނަނީ ތިބޭފުޅުންގެ ސަރވިސް ތަޖުރިބާ ކުރެވިފައި ހުރީމާ. ވަރަށް ސަޅި

The name is already taken The name is available. Register?

ނައިސް

07 November 2016

ސަޅި ތިއެވޯޑް. އަދިވެސް ގިނައިން ހޯދަންވީހަމަ. އެމެނަށް ދޯ ތިއިންފައިދާވާނީ.

The name is already taken The name is available. Register?

ހީވިއޭ

07 November 2016

އަޅުގަނޑު މިތަނަށް ދާތާ ވަރަށް ދުވަސްވެއްޖެ. ގާތްގަނޑަކަށް ހަމަ ކޮންމެ ހުކުރުދުވަހެއްގެ ރޭ އަންހެނުން ގޮވައިގެން ކާންދަން. ވަރަށް ބޮޑަށް ފާހަގަކުރެވޭ ވެއިޓަރުންގެ މެޙެމާންދާރީ އެއްވެސް ވަރަކަށް ބަދަލުނުވާކަން. އެމީހުންގެ ސާފުތާހިރުކަމާ، އަބަދުވެސް ޔުނިފޯމްލައި ނަން ޓެގު އަޅުވާފައި ހުރުމާއި، އަރައިގެން ހުންނަ ބޫޓުވެސް ޕޮލިޝްކޮށްފައި ހުންނަކަން. ކާ އެއްޗެތި ސަރވްކުރުމުގައި އެ ގެންގުޅޭ ޕްރޮފެޝަނަލް ގޮތް އެންމެ ފުރަތަމަ ދުވަހެކޭ މިއަދެކޭ އެއްވެސް ތަފާތެއް ނެތް. ވެއިޓަރުން ބަދަލުވިޔަސް، ސަރވިސް އަބަދުވެސް އެއް މިންގަނޑަކަށް ހިފެހެއްޓިފައި ހުންނަކަން އެއީ މިތާނގެ އެންމެ ރަނގަޅު އެއްކަންތައް. ދެން، ކާ އެއްޗެތީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އެހާވެސް މީރުވާނެ. މިއީ ހަމަ ސަތޭކައިގެ ތަނެއް! މަރުހަބާ އޯޝަން ގްރޭންޑް.

The name is already taken The name is available. Register?

ޑޭވިޑް

07 November 2016

އަހަރެންވެސް މިދަނީ ރާއްޖެތެރޭ ރަށެއްގައި ގެސްޓްހައުސް އެއް އެޅުމުގެ މަސައްކަތް ކުރަމުން. އޯޝަން ގްރޭންޑަށް ތިޔަ ލިބުނު އެވޯޑާއެކު އަހަރެންގެ ހިތްވަރުވެސް މުޅިން އާވެ އުންމިދު އިހުނަށްވުރެ ވަރުގަދަވެއްޖެ. އިރާދަކުރެއްވިއްޔާ ތިޔަތަނުން ތިދޭ ޚިދުމަތަކީ ނަމޫނާއަކަށް ބަލައިގެން އަހަރެންގެ މި އުންމީދު ހަޤީގަތަކަށް ހެދޭތޯ މަސައްކަތް ކުރާނަން. ޝުކުރިއްޔާ އޯޝަން ގްރޭންޑް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!