ރާއްޖޭގައި ތިބޭ އިންޑިއާގެ މީހުންގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ފުރި 698 މީހުންގެ ގްރޫޕުގެ ތެރެއިން އެކެއްގެ އަތް ސެނިޓައިޒް ކުރަނީ: އިންޑިއާގެ ވެސް 63 މީހަކު ރާއްޖެ އިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
11 މެއި 2020 - 13:29
ރާއްޖެ އިން މިއަދު އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބަލި ޖެހުނު ބަންގްލަދޭޝްގެ މީހުންގެ އަދަދު 478 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ދެންމެ ބުނީ މިއަދުގެ މެންދުރު 1:00 އާ ހަމައަށް ބަންގްލަދޭޝްގެ 18 މީހަކާއި ނުވަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ނަމްބަރުތަކާ އެކު، ރާއްޖެ އިން އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 862 އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވްވެ ފައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ. އެ މީހުންގެ އަދަދު މިހާރު ވަނީ އެ ބަލި ޖެހުނު ދިވެހިންނަށް ވުރެ ދެ ގުނަ މަތިވެފަ އެވެ. އެ ގައުމުގެ 478 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ދިވެހިންގެ ތެރެއިން އެ ބަލި ޖެހިފައި ވަނީ މިހާތަނަށް 288 މީހުންނަށެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ 63 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރޭގައި ބޮޑު ބަޔަކީ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ މީހުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެއީ އެ ބަލި ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވާ އެއް ކަމަކަށް ވާތީ، އެ އަށް ވުރެ ރަނގަޅު ތަންތަނަށް ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވެސް ބައެއް މީހުން ވަނީ ސަރުކާރުން ހެދި ވަގުތީ ތަންތަނަށް ބަދަލުކޮށްފަ އެވެ.
މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 ޖެހުނު 800 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް މަރުވީ ތިން މީހުންނެވެ. އެއީ ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ. މިހާތަނަށް 30 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު45
11 May 2020
ދުވަސްތަކެއް ކުރިންވެސް މާލޭގައި ފެތުރޭ ގިނަބަލިތަށް ބާރަށް ފެތުރިގެންދަނީ ބަންގްލަދޭސް މީހުންނާއި އާންމު ރައްޔެތުންނާއި އެކުވެ މައްސުނިވެގެން ދާތީ. އެންމެ ގިނައިން ބާޒާރާ މިސްކިތްތްކުން. އިބޫ ކެންޕެއިންގަ ތަފާތުގިނަ ފަހަރަށް މިކަމަށް ހައްލެއް ގެނެވޭނެ ވާހަކަ ބުނި، ސަރުކާރަށް ހަރުކަށި ހައްލެއް މިހާތަނަށް ނުގެނެވި އޮތުން އެއީ މި ސަރުކާރުގެ ފެއިލްވުމެއް.
ޕޮގުބަ
11 May 2020
ކޮވިޑް އަށް ޓެސްޓްކުރާ ކޮންމެމީހަކު ކޮވިޑް އަށް ޕޮޒޮޓިވް އެއްވެސް އަލާމާތެއް ނުފެންނަ މީހުންނަށް ކޮވިޑް ޖެހިފަ
ޣުރައ
11 May 2020
..ބަންގާޅުންގެ މީހުންނަކީ ރެފިއުޖީން ކމުހަދާ ރަދީފް އެބުނާހެން އެމީހުން ގައުމުން ލަސްނުކޮށް ފޮނުވާލަބަ
ހަފޫ
11 May 2020
ހުރިހާ އެންމެންނަށް އަވަސް ޝިފާ މިންވަރު ކުރައްވާށި.
ފަސުރުމާ
11 May 2020
މިހާލަތުގައި ރާއްޖޭގެ އަމިއްލަ ބޮޑެތި ހޮސްޕިޓަލުތަކުގެ ލެބޯޓަރީތަކުގައި ކޮވިޑަށް ޓެސްޓުހެދާ މެޝިން ބަހައްޓަން އަންގަން އެބަޖެހޭ. އެމީހުންގެ ޒިންމާއަކީ ހަމަ އެކަނި ފަސޭހައިން ފަރުވާދެވޭ ބޮޑުއަގު ނެގޭ ވައްތަރުގެ ފަރުވާ ތަކަށް ޚިދުމަތް ދިނުމެއްނޫން. ގައުމީ މިފަދަ ދަޑިވަޅެއްގައި އެމީހުންގެ ޒިންމާއެއް އެގާބިލުކަން ހޯދުމަކީވެސް.
އިސްރޯ
11 May 2020
ﷲ ގެ އިރާދަފުޅާ މިނަވަރުފުޅުން ވަރަށް އަވަހަށް މި ބަލިން އަރައި ގަނެވޭނެ. ބަލީގައި ތިބި އެންމެންނަށް އަވަސް ޝިފާއެއް އެދެން. اللهم قنا من هذا الوباء
ރަދީފްް
11 May 2020
ބަނގުލަދޭޝް މީހުން ފޮނުވާލެވޭނެ ގޮތަކީ ކޮބައި؟ ބަނގުލަދޭޝް މީހުން ފޮނުވާލަން އެންމެ މޮޅުގޮތަކީ ޔޫއެންއާއި ވާހަކަދައްކައިގެން ރާއްޖޭގައި ތިބި ލިއެކިއުންތައް ނެތްމީހުން އެހެންގައުމުގައިވެސް ހަދާގޮތައް ރެފިއުޖީންނަށް ހަދާފައި، ރެފިއުޖީން ފޮނުވާލާ ހައެއް 6 ގައުމަކުން ކުރެ ގައުމަކަށް ފޮނުވާލަން ދިވެހި ސަރުކާރާއި ޔޫއެންއާއިމެދު އެއްބަސްވުމެއް ހަދާށެވެ. އެއިރުން ޔޫއެން މެދުވެރިކޮށް އެމީހުން އެއިންގައުމެއްގެ ޕާސްޕޯރޓް ހަދާފައި ފޮނުވާލެވޭނެވެ.
ޟިޔާ
11 May 2020
ރެފިއުޖީން ގެންގުޅޭ ގައުމަކަށް ދިވެހިރާއްޖެ ވެނިމިއްޖެ.
ޣުރައ
11 May 2020
ހާދަމޮޅޭ ރަދީފް. ތިއީ ސަޅިގޮތެއް. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަވަހަށް އެބަޖެހޭ ތިހެންހަދަން އެހެންނޫނީ މުޅިމިތަން ބަންޣާޅިބރެފިއުޖީ ގައުމކަށް މިގައުމުކަށް މިގައުމު ވެނިމިދާނެ .
ގާކޮށި ހުސޭނުނު
11 May 2020
ސަރުކާރުގެ ބޯގަޅި ޚިޔާލުގެ ތަކުގެ. ސަބަބުން މުޅި ގައުމު ބިރުވެކަމުގެ ތެރެއަށް ވެއްޓިއްޖެ