ޚަބަރު / މެމްބަރު ސައުދު ހުސެއިން (ވިލިނގިލި)

ސަރުކާރުން ރިސޯޓްތަކަށް ލުއި ދޭއިރު ދިވެހި މުވައްޒަފުންނަށް ރަނގަޅު ގޮތް ވާން ޖެހޭ: މެމްބަރު ސައުދު

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރިސޯޓްތަކަށް ލުއިތަކެއް ދޭއިރު ރިސޯޓް ވަޒީފާތަކުން ވަކިކޮށްފައިވާ މުވައްޒަފުންނާއި ނޯޕޭއަށް ފޮނުވާލާފައިވާ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ވާން ޖެހޭ ކަމަށް ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އަށް ފަހު، ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާ އިރު، ރިސޯޓުތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މި އަހަރުގެ ފަހު ހަ މަސް ދުވަހު ބިމު ކުލި ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭން ނިންމައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގައިޑްލައިނުގައި ހިމަނާފައިވާ ފީތައް ނުނަނަގަން ވެސް ނިންމި އެވެ.

ފީތައް ނުނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމި ހަބަރު ޓްވީޓް ކުރައްވައި ސައުދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓުރީއަށް ލުއި ގޮތްތަށް ފަހިކޮށް ދިނުން މުހިންމު ކަމަށެވެ. އެކަމަކު ސަރުކާރުން އެކަން ކޮށްދޭއިރު ރިސޯޓްތަކުން ދިވެހި މުވައްޒަފުންނަށް ރަނގަޅު ގޮތް ހަދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން މިފަދަ ލުއިތަކެއް ދޭއިރު ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކުގެ ވަޒީފާތަކުން ވަކިކޮށް އަދި ނޯޕޭއަށް ފޮނުވާފައިވާ ދިވެހި މުވައްޒަފުންގެ ވަޒީފާތައް އިޔާދަކޮށް ބިދޭސީ މުވައްޒަފުން މަދުކުރަން ޖެހޭނެ،" ސައުދު ވިދާޅުވި އެވެ.

މެމްބަރު ސައުދު ކުރެއްވި ޓްވީޓް--

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް މި އޮތީ ހުއްޓިފަ އެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ރިސޯޓްތަކަކުން ވަނީ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފަ އެވެ. އަނެއް ބައި ރިސޯޓުތަކުން މުވައްޒަފުން ރަށަށް ފޮނުވާލީ ނޯޕޭ ލީވްގަ އެވެ. އޭގެ ސަބަބުން ދިވެހި އެތައް އާއިލާއެއްގެ އާމްދަނީއަށް ވަނީ އަސަރުކޮށްފަ އެވެ.

Resort thakuge kuli 6 mahah fas kohdheyn nimmaifi

Resort thakuge kuli 6 mahah fas kohdheyn nimmaifi

The most trusted news source in the Maldives

Mihaaru

ރިސޯޓްތަކުގެ ކުލި 6 މަހަށް ފަސްކޮށް ދޭން ނިންމުން

ޓޫރިސްޓުން އަލުން ގެނައުމުގައި އަލަމުކުރާނެ ގޮތްތައް ބަޔާންކޮށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމުގެ ފީއެއްގެ ގޮތުން 50،000 ޑޮލަރު ނަގާނެ އެވެ. އަދި ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑަށް ޓެސްޓް ކުރުމަށް ކޮންމެ މީހަކަށް 100 ޑޮލަރު ނަގަން ވެސް އެ ގައިޑްލައިންގައި ހިމެނި އެވެ.

އެކަމަކު ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނާ މަޝްވަރާކޮށް، ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ފީތައް ނުނަގާ ގޮތަށެވެ.

19 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 10%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމީ ހައިބަތު

23 May 2020

ސައުދު އެބުނީ ރަނގަޅު ވާ ހަކައެއް. ރިސޯޓުތަކުން ލިބޭ ކުއްޔަކީ ރައްޔިތުންނަށް ރިސޯޓު އޯނަރުން ދައްކަންޖެ ހޭ ފައިސާއެއް އަދި އެއީ ރައްޔިތުންގެ ހައްގެއް. އެފަދަ ތެދު ބަސްތައް ބަލާގަތުމުގަ އުނދަގޫވާ ބަޔަކު މިގައުމުގަ އުޅޭ އަމިއްލަ އެދުމުން ފޯވެފަ ތިބި އަދި އެމީ ހުންގެ ފަރާތުން ނަފާތަކެއް ލިބޭ ބަޔަކު. ދިވެ ހި ދައުލަތް ރިސޯޓު އޯނަރުންގެ އަޅަކަށް ވެގެން ނުވާނެ. ދިވެ ހި ދައުލަތް ހިގާނެ އަދި އެ މަތިވެރި ދިދާގެ ހައިބަތު ހިފެ ހެއްޓެން ޖެ ހޭނެ.

The name is already taken The name is available. Register?

ބޭކާރު

23 May 2020

ރިޒޯޓުތަކުގެ ވެރިންނަށް ފަސޭހަގޮތްތައް ހޯދަދޭނެ ދޮރެއް ހޫޅުވީތާއެވެ. އަސްލު މައްސަލަތައް ހައްލުނުކޮށް، މުވައްޒަފުން ކަނޑާލި މީހުންނަށާ، މުވައްޒަފުންގެ މުސާރަ ކުޑަކުރި މީހުންތަކަށް ސަރުކާރުގެ އެހީ ދޭން އަނެއްކާ އަނެއް ވާހަކއެއް ފެށީތާއެވެ. ލިޔުމުން ޤާނޫނެއްގައި އަދަބު ކަނޑައެޅިފަިއވާ ކަންތަތައްތަކުގެ ތެރަށް ލާންޖެހޭ އެބަ ރިޒޯޓުތަކުން ދިވެހީންނަށް ވަޒީފާ ދިނުމާ، ސޯސިއަލް ރެސްޕޯަނސިބިލިޓީ ގެ ބައި. އަދި މިކަން ބަލާނެ ބަޔަކު ޒިންމާވެސް ކުރެވެންޖެހޭ.

The name is already taken The name is available. Register?

ހަބީބު.

23 May 2020

ކުރިޔައް މިއޮތް 5 އަހަރު އެއްވެސް ހަމައެްްވެސް ބަނގުލަދޭސް މީހަކު އެތެރެކުރުން މަނާކުރަންވީ އެއީ ރާްްޖޭގަ އުޅެފަ ޗުއްޓީއައް ގޮސް ތިބި ބަޔަކައްވިޔަސް މިތާ ތިބިބަޔަކު ލައިގެން ކުރާކަމެއް ކުރީމަ ނިމުނީ މާބޮޑައްދޫނުކުރޭ ހަރުކަށި ވާންޖެހޭ..

The name is already taken The name is available. Register?

ދަންނަ ނުދަންނަ

23 May 2020

މަނާކުރިއްޔާ އެހެން ގައުމަކުން ގެންނާނީ. އެނޫން ގޮތެއް މިހާރަކު ނެތް. މިގައުމުގައި އުފަންވާ ރޭޓް މަތިކޮށްގެން ގެދޮރުވެރިކުރުވައިގެން ނޫނީ ތިޔަ މައްސަލައަށް ހައްލެއް ނުފެންނާނެ.

The name is already taken The name is available. Register?

ޅޮލީ44

23 May 2020

މީހުން ނެއްވާހަކަ ވުއްކަން ނުހަދާ. މީހުން އެބަތިބި. ޙަގީގަތަކީ ވިޔަފާރުވެރިން ބޭނުމީ އަޅުން. ބޯހިޔާވެހި ކަމެއް ނެއް. ޥަޒީފާއެއް ނެއި. މިކަންތަ ހަމައަކަ އަޅުވަބަލަ ކުދިން ހޯދާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

23 May 2020

ސައުދު ފޮނިވާހަކަ ނުދައްކާ ރިސޯޓު މުވައްޒަފުންނަށް ދެރަގޮތް ހެދި ރިސޯޓުތަކުގެ މެނޭޖްމަންޓު މަޖްލީހަށް ގެނެސް ލައިވް ޓީވީގައި ސުވާލުކޮށްބަލަ، 100 އަހަރަށް ރިސޯޓުތައް ދޭން ސައުދުވެސް ވޯޓު ދިނީމެން ނުން، ރިސޯޓުތައް މަހުޖަނުންގެ ތަރިކައަށް ހަދައިފި

The name is already taken The name is available. Register?

ހިތަދޫ ހުސެން

23 May 2020

ބައްލަވާ ދޭސީ ބިދޭސީ އެއްނޫން ވާޒީފާ ނަހަމަ ދޮތުގަ ވަކިކުރިއްޔާ ހަމަ ހަމަ ވާންޖެހޭނެ.. ބިދޭސީ މީހާ ދިރިއުޅެން ފައިސާ ބޭނުން ނުވާނެ!! މިވެސް މެމްބަރެކޯ!!

The name is already taken The name is available. Register?

ބަބުރުލް ސަލީމް

23 May 2020

މީ އަދި ކާކު؟

The name is already taken The name is available. Register?

ސުނަރަ ބަންގްލަދޭޝް

23 May 2020

އެމް.ޑީ.ޕީ ގެ އެމްޕީ އަކު ރައްޔިތުންނާ ދިމާލަށް ނަޖި ހެއް އެއްލިޔަސް އެއީ ރަނަށް ވޭދޯ ބޭފުޅާ އަށް؟ ތިކަ ހަލަ މީ ހުން މިގައުމުގަ ގިނަވެގެން މިގައުމު ބަންގްލަދޭޝް އަށް ވުރެވެސް ދަށުފަންތީގެ ހާލަކަށް މިވެއްޓެނީ. ލޮލުގަ ކަނުބަނދެގެން ދުވާ ނާތަ ހުޒީބު ކަލްޓެއް ފާޑެއްގެ! ތައުލީމީ އިލްމީ މީ ހުން ބާކީ ކުރާ ސިޔާސީ ފިކުރެއްތީ! އަމިއްލަ އެދުމުން ފޯވެ ފާވެފަ ތިތިބެނީ!

The name is already taken The name is available. Register?

ާއުނިމާ

23 May 2020

ދިވެހި ހުރިހާ ރައްޔިތުންނަށް ރަނގަޅުގޮތްތައްް ވާންއެބަޖެހޭ! ކޮވިޑުގެ އަސަރުނުކުރާ އެއްވެސް އާއިލާއެއްނެތް! މިހާރުދެން ކޮވިޑު، މީގެ ކުރިން އެކި ސަބަބުތަކާހުރެ ވަޒީފާތައް ގެއްލުނު މީހުނޯ، ނިކަމތިކޮށް އުޅޭ ދިވެހިންނޯ، ބަގުރޫޓުވަމުންދިޔަ ވަޒީފާތަކޯ، ބޮޑު ކުލި ދައްކައިގެން ނުކައި ނުބޮއެ އުޅޭ އާއިލާތަކޯ؟

The name is already taken The name is available. Register?

ރުޅިއަންނާނެ

23 May 2020

ސައުދުއަށް ބުނެލަންއޮތީ ފޮނި އަނގަނުތަޅާ އަމަލު ގިނަކުރާށޭ.. އަބަދުވެސް ކޮންމެސް ފޮނި އަނގައެއް ތެޅުމުގަ..

The name is already taken The name is available. Register?

ގަޓް ބްރޯ

23 May 2020

ތިކަމެއް ނުވާނެ. އެއީ ފޮރިންއިންވެސްޓްމެންޓް އަށް މަކަރު ހަދަން ގިނަ ރިސޯޓްތައް ދިވެހިންގެ ނަމުގަ ހުއްޓަސް އެތައްނަނުގެ "ހަގީގީ ވެރިން"ނަކީ ބޭރުގެ މަހުޖަނުން. ބައެއް ރިސޯޓްތަކުގެ "އޯނަރ" އަށް ކޮޓަރި އެއް ދީފަ ހުންނަ ރިސޯޓްތައްވެސް އެބަހުރޭ. މިއީ ނޭނގި ހިނގާ ކަންކަމެއްނޫން. ސީދާ ބޭރުމީހުން ހިންގާ ބައެއް ރިސޯޓްތަކުން މިދަނޑިވަޅު ސަރުކާރަށް ބޮޑެތި އެހީތައް ދިނުމާއި، ދިވެހިން ހިންގާ ރިސޯޓްތަކުން މުއައްޒަފުން ކަނޑާ މުސާރަ ކުޑަކުރުމަކީ މީގެ އެއް ހެކި!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 May 2020

ސައުދުމެންގެވިސްނުން ތިހެންހުރެގެން ކަމަކުނުދާނެ. ގޭންއެއަރޕޯޓް ތަރައްޤީކޮށް ހުވަދޫއަތޮޅުގައި 80 ވަރަކަށްރިސޯޓާއި ލ. އަތޮޅުގައި ދިވެހިންހިންގާ "ގެސްޓްހައުސް ވިލެޖް ޓައުން" އަކާއި، ތ. އަތޮޅުގައި އަޕަރ މާކެޓަށް ޙާއްސަ ޕްރައިވެޓް އައިލަންޑްތަކެއް ޑިވޮލޯޕްކުރާނެ މާސްޓަރޕްލޭނެއް އެކުލަވާލަން ސަރުކާރަށް މަޖުބޫރުކޮށް ސަރަހައްދުގެރައްޔަތުން އެމީހުންގެއާއިލާއާއިއެކު ވަޒަނުގައިދިރިއުޅެ މިސަރަހައްދު ތަރައްޤީވާނެގޮތަކަށް ކަންކަންކުރުމަށް ވިސްނާންޖެހޭ. މިކަމަށްވަކާލާތުކުރައްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454