01 ޖޫން 2020 - 22:15
ޔުމްނާ: ވަޒީފާ ގެއްލިގެން ނުވަތަ ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހޭ މީހުންގެ އަދދު މިހާރު ވަރަށް ގިނަ. ވޭތުވެދިޔަ ދެ ދުވަސްތެރޭގައި ހަތަރު އާއިލާއެއްގެ 26 މީހަކު އެބަ ބަލަހައްޓަން. މި ޓްރެންޑް މިހެން ދާނެ ކަމަކަށް އަޅުގަނޑުމެން ކުރިއަކުން ހިޔެއްނުކުރަން. އެފަދަ ހާލުގައި ތިބި ރަށަށް ބަދަލުވާން ބޭނުންވާ 12 އާއިލާއެއްގެ 97 ނަމެއް އަޅުގަނޑުމެން ވާނީ އެލްޖީއޭ އަށް އެދިފައި.
ޔުމްނާ: ރަށަށް ދިއުމުގެ ކަންކަން މިހާރު ބަލަނީ ޖެންޑާ މިނިސްޓްރީންނެއް ނޫން. އެކަމަކު ބައެއް ހާއްސަ ހާލަތްތަކުގައި ތިބި މީހުން ފޮނުުވުމުގެ ކަންކަން އަޅުގަނޑުމެން އެބަ ކޮށްދެން. އެކަން ކުރަނީ އެލްޖީއޭ އާއި ކައުންސިލް ގުޅިގެން.
ޔުމްނާ: މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުން. އަދި މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންގެ ތެރެއިން ވެސް ބައެއް މީހުން ވަރަށް ބޮޑަށް ހާލުގައި ޖެހިގެން އެހީވާން އެބަ އާދޭ. ރަށްރަށުގެ މީހުންގެ ތެރެެއިން މާލޭގައި އުޅޭ މީހުންގެ ތެރެއިން ވަޒީފާ ގެއްލި، ނުވަތަ މުސާރަ ކަނޑާލައިގެން ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރު ކޮށް ކުލި ދެއްކޭނެ ގޮތެއް ނެތިގެން ރަށަށް ދާން އެދިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 71 ގައި. އެ އަދަދު އަދިވެސް ދަނީ އިތުރު ވަމުން.
ޔުމްނާ: ބަޖެޓުން މިހާތަނަށް 1.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފައި. އޭގެ ތެރޭގައި ގިނައިން ހޭދަކޮށްފައިވަނީ ކެއިން ބުއިމުގެ ހަރަދަށް.
ޔުމްނާ: ކޮވިޑް ކަންތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާތަނަށް ވަނީ 4.6 މިލިއަން ރުފިޔާ ހޭދަކޮށްފައި. މި ފައިސާ އަކީ އެކި ފަންޑުތަކުން ހޭދަކޮށްފައިވާ ފައިސާ. މީގެތެރޭގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތައް ހިމެނޭ.
ޑރ. އަފްޒަލް: ބޮޑެތި ކްލަސްޓާތަކުގެ ގޮތުގައި މިހާރު ބަލަނީ 50 އަށް ވުރެ މީހުން ގިނަ ވެއްޖެ ނަމަ. އެހެންވީމަ، މިހާރު އެ ސައިޒްގައި އުޅެނީ 6 ކްލަސްޓާ. ދުވާލަކު މިހާރު ރިކަވާ ވަމުންދާ ނިސްބަތަކީ 27 މީހުން.
މަބްރޫކް: މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 29 ބިދޭސީން.
ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްގެ އިތުރުން ދެން ބައިވެރިވެ ވަޑައިގަންނަވަނީ ޑރ. އިބްރާހިމް އަފްޒަލް އާއި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ އެވެ.
)ތަފުސީލު އަންނަނީ(
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
02 June 2020
މާލޭގެ ގެދޮރުތިބި އަދި އެއިން ބޮޑު އާމްދަނީ ހޯދާ މީހުނަށް ބޮޑު ގެއްލުމެއް. އެކަމަކު އެހެން މީހުން ގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްވެވެން އޮތިއްޔާ ސަލާމަތްވުން އެއީ އެންމެ ބުއްދިވެރިގޮތް. މަށަކީ ވެސް އެބުނާ ރާއްޖެތެރޭމީހެއް. އެކަމަކު الحمد لله މާލޭގައި އަމިއްލަ ގެއެއް އެބަހުރި. ކުއްޔަށް ނުދެން. ވަންނާނެ ތަނެއް ނެތީ ރަށުގައި. ދާ އެންމެނަށް ތަރުހީބުދެން. ހިތްވަރުދެން.
ތަރަބޫޒް
02 June 2020
މާލޭގަ މިއުޅޭ "ގޮތްނޭނގޭ ވިޔަފާރި" ކުރާ އެތައް ބަޔަކުވެސް މާލޭން ގެދޮރާ އެޕާޓްމެންޓްތައް ގަނެ ފަޅަށް ބަހައްޓާފަ އެބަހުރި. އަޅެ ކީއްވާނީ މިވަގުތު ހާލުގަޖެހޭ މީހުންނަށް އެތަންތަނުން ބޯހިޔާވަހިކަމެއް ދިނިއްޔާ. ގައިމު މީހުންގެ ހެޔޮ ދުއާވެސް ލިބުނީހެއްނު!
އަލީ!
02 June 2020
މެމްބަރު އީސަ ކުލިނުދެއްކޭނަމަ ރަށަށްދާންބުނީމަ އީސަ ގޯސްވީ.. އޭރު ލޮކްޑައުންއެއްވެސްނުނުރޭ.
މާއެނގޭ
02 June 2020
ރަށްރަށަށް ބަލި ދަތުރުކުރާނެ މަގު ފެންނަން މިފެށީ...... ވަރަށް ދެރަކަމެއް...... މިހުރިހާ ކަމެއްގެ އަސްލަކީ ތޮއްޖެހިފައިވާ މާލެ..... އަދިވެސް ދައުލަތުގެ ޓެކްސް ފައިސާ އެއްތަނަކަށް އެޅުމުގެ ބަދަލުގައި ސަރަހައްދު ތަކަށް ބަހާލައިގެން ތަރައްޤީ ކުރުމަށް އަވަސް ވެގަތުމަކީ މުހިއްމުކަމެއް........
ނިރު
02 June 2020
މިހާރު ލާރި ހުއްޓަސް އިމާރާތުގެ ކުލި ފެން ކަރަންޓު ދެއްކޭ ކަމަކަށް ނުވޭ... ގޭގެ އޯނަރު މި ޖެހެނީ ބޮލުގަ އަތް އަޅައިގެން ދެކޮޅަށް ދުވަން.. އެކަމަކު ބަރާބަރަށް ފޯނުބިލް ،އިންޓަނެޓް ބިލް ދެއްކޭ
ސަރްކާރް
02 June 2020
ސަރުކާރަށް ކުލި މާފުކޮށްދެވުނީ ނިކަމެތި ރިސޯޓު އޯނަރުންނަށް އެކަނި.
ަަަަަހ
02 June 2020
މިހަރުވެސް ހުޅުމަލެ ފޭސް 2 ގައި ހަދާފައިވާ ފްލެޓް ތައް އޭގެ ވެރިފަރާތުންނަށް ދީބަަލަ، އޭރުން އެތަށް އާއިލާއެއް ސަލާމަތްކުރެވި، ތިބޭފުޅޫންގެ މަސައްކަތްވެސް ލުއިވެގެން ދާނެ.
ރަދީފްް
02 June 2020
މިހާރުމިދާގޮތުން ލޮކްޑައުން އުވާލާދުވަހު ވަޒީފާބޭނުންވާ ފަރާތްތަކަށް އެފުރުސަރުވެސް ގެއްލި ނުކުންނާނެ ބަޔަކުވެސް ނުލިބޭނެ މާލެޖޮބްއަށް ހުޅުވާލާދުވަހު
އެންދެރި
02 June 2020
ރަށައް ދާން ބޭނުން މީހުން އަވަހަށް ފޮނު ވާލަ ދޭން ވީ އެވެ.
އާރީ
02 June 2020
ރަށަށް ގޮސް ރަށުގަ ވެސް ވަންނާނި ތަނެއް ނެތް މީހުން ގިނަވާނި. އެހެންތާވާނި ހުރިހާ ދުވަހު ހޯދިރުފިޔާ ކުލިދަށްކާފަ އެއްޗެއް ބާކީނުކުރެވި ރަށުގަ ގެދޮރު ނުހެދެށްޏާ.
ވަރީލީ
01 June 2020
ގާނޫނު ހަދަނީނު..ގާނޫނު ނެތިގެން ވާކަމެކޯ..ގައުމު މިހާލަތުގައި އޮތްއިރުވެސް 60ހާހުން މަތިން ދައުލަތުން މުސާރަދޭ މީހުން އުޅޭ..އަމިއްލަ މަސައްކަތްތައް ކުރާމީހުނަށް ލުއި ދިނީޔޯ..ފުރަތަމަ ސިޓީކައުންސިލް ޕޯޓަލްގައި ރަޖިސްޓްރީވެ އެތަނަށް ގުޅާއިރަށް މިބުނަނީ ޕޮލިހަށް ފޮނުވާފަޔޯ އެތަނުން ބުނަނީ މިތަނަކަށް ނޭންގެޔޯ... އެޗްޕީއޭއިން ބުނި އަމިއްލަ މަސައްކަތްތައް ކުރެވޭނޭ.. ދެން ހުރިތަންތަނުން ކަމެއް ކުރިޔަ ނުދޭ..