ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަށް މި ފަހަރު 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމް ވާދަ ކުރޭ.
ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ހަފުލާ އޮންނާނީ މި މަހުގެ 21 ގައި.
16 ޑިސެމްބަރ 2016 - 22:09
މި މަހުގެ 21 ގައި ބާއްވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް މިރޭ އިއުލާންކޮށްފި އެވެ.
އެވޯޑަށް ވާދަ ކުރާ ފީޗާ ފިލްމުތަކުގެ ޕޮޕިއުލާ ކެޓަގަރީގެ ނޮމިނޭޝަންތައް އިއުލާން ކުރީ އެކަމަށްޓަކައި ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ހަފުލާއެއްގަ އެވެ.
ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް މި ފަހަރު ބާއްވަނީ 2011-2013 އަށް ރިލީޒްވި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން އެވޯޑަށް 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމް ވާދަ ކުރެ އެވެ.
* އިނގިލި
* ލޫދިފާ
* ލަވް ސްޓޯރީ
* ސަޒާ
* ފަތިސްހަނދުވަރުގެ ފެށުން 3ޑީ
* މޫމިން ފުއާދު (ލޫދިފާ)
* އަބްދުލް ފައްތާހް (ލަވް ސްޓޯރީ)
* ހުސައިން މުނައްވަރު (ސަޒާ)
* ރަވީ ފާރޫގް (އިނގިލި)
* އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)
* އިސްމާއީލް ރަޝީދު (އިނގިލި)
* އަހުމަދު ސައީދު (އިންސާފު)
* އިސްމާއީލް ރަޝީދު (ލޫދިފާ)
* ޔޫސުފް ޝަފީއު (ފަތިސްހަނދުވަރުގެ ފެށުން)
* ލުފްޝާން ޝަކީބް (ސަޒާ)
* ނިއުމާ މުހައްމަދު (ސަޒާ)
* ނިއުމާ މުހައްމަދު (މި ހަށިން ފުރާނަދަންދެން)
* މަރިޔަމް އަފީފާ (ލޫދިފާ)
* އާމިރާ އިސްމާއީލް (ލަވް ސްޓޯރީ)
* ފާތުމަތު ފަރީލާ (ފަތިސްހަނދުވަރުގެ ފެށުން)
* އަބްދުﷲ މުއާޒް (އިނގިލި)
* ރަވީ ފާރޫގް (ލޫދިފާ)
* ހަސަން މަނިކު (މި ހަށިން ފުރާނަދަންދެން)
* އިސްމާއީލް ރަޝީދު (ސަޒާ)
* އަހުމަދު ނިމާލް (މި ހަށިން ފުރާނަ ދަންދެން)
* ހަދީޖާ އިބްރާހީމްދީދީ (ލޫދިފާ)
* އައިޝަތު ރިޝްމީ (ހިތް ޔާރާ ދީފާ)
* އައިޝަތު ރިޝްމީ (ލަވް ސްޓޯރީ)
* ފާތިމަތު އާޒިފާ (ލޫދިފާ)
* ޝީލާ ނަޖީބް (ޒަހަރު)
* މަހުދީ އަހުމަދު (އިނގިލި)
* މަހުދީ އަހުމަދު (ސަޒާ)
* މޫމިން ފުއާދު (ލޫދިފާ)
* ބިންމާ އިބްރާހީމް ވަހީދު (ފަތިސްހަނދުވަރުގެ ފެށުން)
* ހުސައިން މުނައްވަރު (އިނގިލި)
* ހުސައިން މުނައްވަރު (ލޫދިފާ)
* ހުސައިން މުނައްވަރު (ސަޒާ)
* އިބްރާހީމް ވިސާން (ލަވް ސްޓޯރީ)
* އިބްރާހީމް ވިސާން (ފަތިސް ހަނދުވަރުގެ ފެށުން)
* ރަވީ ފާރޫގް (އިނގިލި)
* އަހުމަދު އާސިމް (ލޫދިފާ)
* މުހައްމަދު އަކްޝަމް/އަބްދުލް ފައްތާހް (ލަވް ސްޓޯރީ)
* އަލީ މުސްތޮފާ (ސަޒާ)
* އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)
* މުހައްމަދު އިކްރާމް (ލޫދިފާ)
* މުހައްމަދު އިކްރާމް (ސަޒާ)
* މުހައްމަދު އިކްރާމް (ހިތް ޔާރާ ދީފާ)
* އިބްރާހީމް ނިފާރު (ދިލަކަނި)
* މުހައްމަދު ފުއާދު (ފަތިސްހަނދުވަރުގެ ފެށުން)
* މުހައްމަދު ފުއާދު (ލޫދިފާ)
* އިބްރާހީމް ނިފާރު (ލަވް ސްޓޯރީ)
* މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަދަންދެން)
* މޫސާ ސަމާއު (މި ހަށިން ފުރާނަދަންދެން)
* އަބްދުލް ހަންނާން (ކުށްވެރިޔަކީ ކާކުހޭ؟)
* ޝިފާ ތައުފީގް (ފަތިސް ހަނދުވަރުގެ ފެށުން)
* މޫސާ ސަމާއު (މި ހަށިން ފުރާނަދަންދެން)
* އަބްދުލް ހަންނާން (ކުށްވެރިޔަކީ ކާކުހޭ؟)
* މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަދަންދެން)
* މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަދަންދެން)
* އިބްރާހީމް ޒާހިދު (ހިތް ޔާރާ ދީފާ)
* މާއިން ރަޝީދު (މި ހަށިން ފުރާނަ ދަންދެން)
* މަރިޔަމް އަޝްފާ (ހިތް ޔާރާ ދީފާ)
* ރާފިޔަތު ރަމީޒާ (ހިތް ޔާރާ ދީފާ)
* ޝިފާ ތައުފީގް (ފަތިސް ހަނދުވަރުގެ ފެށުން)
* ޝިފާ ތައުފީގް (ފަތިސް ހަނދުވަރުގެ ފެށުން)
ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަށް ހުށަހެޅި ފިލްމްތައް ޖަޖްކޮށްފައި ވަނީ ފަސް މެމްބަރުން ހިމެނޭ ޖަޖިން ޕެނަލަކުންނެވެ.
އެ ޕެނެލްގައި ހިމެނެނީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރާއި، ޑައިރެކްޓަރު މުހައްމަދު ޝަރީފް (ބާރު ޝަރީފު)، ކެމެރާމަން ހުސައިން އިމްތިޔާޒު، ޑރ. އަޝްރަފް އަބްދުއްރަހީމް އަދި މިއުޒިކް ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަލި މަނިކެވެ.
ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް މި ފަހަރު ބާއްވަނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެންނެވެ.
އެވޯޑް ހަފުލާ އޮންނާނީ މިމަހު 21 ވަނަ ދުވަހުގެ ރޭ ދަރުބާރު ގޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
17 December 2016
ދެރިޔާވެސް މިފަހަރު ހިމަނާލިނަމަ، އާހެންޏަ މީގެ އެތައް އަހަރެއްކުރީގެ ފިލްމްތައްވެސް އެބަހުރި ނޮމިނޭޓްވެފަ. ކިހިނެތް، ކިތައް އަހަރަށްދޭ އެވޯޑެއްތަމީ. މިމީހުން ކޮންމެ ކަމެއްކުރިޔަސް ހަމަ ޖޯކަކަށްވެފަ.
ސާހު
17 December 2016
ޢަލިމަނިކު މި ލަނީ ކޮންމެފަހަރަކު ޖަޖުންގެ ބޯގިނަކުރަންތަ މިއުޒިކް މީހެއް ރާއްޖޭގަ ނެތީތަ އަޅެ ޖަޖެއް
ހަސަން
17 December 2016
ސަޅި. ވަރަށް އިންސާފުވެރިކަމަށް ބެލެވެނީ. އިނގިލި އަދި ލޫދިފާގެ ރޭހަކާ ވައްތަރީ. ދެ ފިލްމަކީވެސް އޭގެ ޒާތުގައި މޮޅު ދެ ފިލްމް.
ވައްޑެ
17 December 2016
ކޮން މޮޅެއް.. އަދި 2013 ގެ އެވޯޑުތައްވެސް ނުދެވިގެން ތިއުޅެނީ. ތިހަމަ އެދުވަސްވަރު ފިލްމުތައް ކުޅުނު މީހުނަށް ބަހާ އެއްޗަކާ ވައްތަރީ. އެހެން ނޫނަސް ރާއްޖޭގަ އެބައުޅޭތަ އެކްޓް ސްޕެލް ކުރަން އެގޭ އެކްޓަރެއްވެސް