އުޑްތާ ޕަންޖާބުގެ ޕޯސްޓަރެއް، އަދި ޝާހިދުގެ ދެމަފިރިން--
08 އެޕްރީލް 2022 - 06:40
މީގެ ހަ އަހަރުކުރިން ނެރުނު "އުޑްތާ ޕަންޖާބް" އަކީ ހިޓުވި ފިލްމެކެވެ. ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރް އަދި އާލިއާ ބަޓް ފެންނަ އެ ފިލްމުގައި ޝާހިދުގެ ރޯލަކީ، އަންހެނުން އެމީހުންގެ ފިރިންގެ ގޮތުގައި އެ ކަހަލަ މީހަކު ބޭނުން ނުވާނެ ކަހަލަ ރޯލެކެވެ.
ޝާހިދުގެ ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ނެރުނު އެ ފިލްމު ސިނަމާގައި އެޅުވުމުގެ ކުރިން ޝާހިދާއި މީރާ ވަނީ ފިލްމު ބަލައިފަ އެވެ.
ޝާހިދު ބުނީ، އެޑިޓިން ރޫމުގައި ފިލްމު އެޅުވި ދުވަހު އެ ފިލްމު ބަލަން ދިޔައީ އަންހެނުން ވެސް ގޮވައިގެން ކަމަށާއި ސޯފާގައި ފިލްމު ބަލަން އިނދެފައި މެދަކާ ހިސާބުން އަންހެނުންނަށް ބަލާލިއިރު، މީރާ އިނީ ތަންކޮޅެއް ދުރަށް ޖެހިގެން ކަމަށެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރުމުން ޝާހިދު އަސްލު ވެސް އުޅެނީ އެހެންތޯ އެހި ކަމަށާއި އޭނާއާ އެކު އުޅެން ބޭނުން ނުވާ ކަމަށް ވެސް ބުންޏެވެ.
އެއާ އެކު އަންހެނުން ރުއްސަން ޝާހިދު ބުނަން ޖެހުނީ އެ ރޯލުން ފެނުނީ އޭނާ ނޫން ކަމަށާއި އެއީ ޓޮމީ ސިންގް ކަމަށެވެ. އެ ރޯލާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ޝާހިދާއި މީރާ، 2015 ވަނަ އަހަރު ކައިވެނިކުރީ ލޯބިން ގުޅިގެން އުޅުމަށް ފަހަކު ނޫނެވެ. އެއީ އެރޭންޖް މެރިއޭޖެކެވެ. އެކަމަކު ވަރަށް ލޯބިން އެމީހުން މިހާރު އުޅެމުން އަންނައިރު، ދެ ކުދިން ވެސް އެ ކައިވެންޏަށް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕަކަަސް
09 April 2022
އޭނާ އުޅުނީ ކޮން ގޮތަކަށް ތަ؟ އެޔެއްވެސް ބުނެލި ނަމަ ދޯ
އުޅުތާ ޕަންޖާބު
08 April 2022
އުޅުތާ ޕަންޖާބް ބޮޑު ފްލޮޕަކަށްވީ ކިހިނެތް؟