ގުޑްލަކް ޖެރީގެ ޕޯސްޓަރެއް.
19 ޖޫން 2022 - 07:12
ބޮލީވުޑްގެ ޒުވާން ތަރި، ޖާންވީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ގުޑްލަކް ޖެރީ"ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
ގުޑްލަކް ޖެރީ އަކީ ކޮމެޑީ ކްރައިމް ތުރިލާއެކެވެ. ފިލްމުގެ ޕޯސްޓަރު އިއްޔެ ދައްކާލުމާ އެކު ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ޕޯސްޓަރުތަކަށް ލިބުނެވެ. ޕޯސްޓަރުގައި ޖާންވީ ފެންނަނީ ވަރަށް ބިރުގަނެފައި ހުންނަ ފާޑަކަށެވެ. އެއާ އެކު ސަޕޯޓަރުން ވަނީ ފިލްމު ބެލުމަށް ކެތްމަދުވެފައި ތިބި ކަމަށް ބުނެފަ އެވެ.
ސިދާތު ސެންގުޕްތާ ޑައިރެކްޓްކޮށް އަނަންދު އެލް ރާއީ އަދި ސުބަސްކަރަން އަލިރާޖާ ކޯ ޕްރޮޑިއުސް ކުރާ އެ ފިލްމު ސްޓްރީމްކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އަންނަ މަހުގެ 29 ގަ އެވެ.
ޖާންވީގެ އިތުރުން އެ ފިލްމުން ދީޕަކް ޑޮބްރިޔަލް އާއި ނީރަޖް ސޫދު އަދި މިތާ ވަޝިޝްތު ވެސް ފެންނާނެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy