އަޖޭގެ ހަތަރު ވަނަ ޑައިރެކްޝަން މަސައްކަތުގައި.
05 ޖުލައި 2022 - 07:00
ބޮލީވުޑްގެ ތަރި، އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ހަތަރު ވަނަ ފިލްމު "ބޯލާ"ގެ މަސައްކަތް ފަށައިފި އެވެ.
"ބޯލާ" އަކީ ތާބޫ އާއި އަޖޭ ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ. އަންނަ އަހަރު މާޗުގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އެ ފިލްމުގެ ޝޫޓިންތައް އަންނަ މަހުގެ 20 ގައި ނިމޭނެ އެވެ.
އެ ފިލްމަކީ ތަމަޅަ ބްލޮކްބާސްޓާއެއް ކަމަށްވާ "ކައިތީ"ގެ ރިމޭކެކެވެ. ލޮކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށް 2019 ގައި ނެރުނު އެ ފިލްމަކީ އެކްޝަން ތުރިލާއެކެވެ.
އެ ފިލްމުގައި ދައްކަނީ ވަގަށް މުދާ އެތެރެކުރާ ގޭންގަކުން ފުލުހުންނަށް ހަމަލާދޭން މަސައްކަތްކުރުމުން، ގައިދީއަކު ފުލުހުނަށް އެހީވާ މަންޒަރެވެ. އޭގެ ފަހުން، ފުލުހުން އެ މީހާ އަށް އޭނާގެ ދަރިފުޅާ ބައްދަލުވުމަށް އެހީވާ މަންޒަރު ވެސް ފެނެ އެވެ.
މީގެ ކުރިން އަޖޭ ވަނީ "ޔޫ މީ އޯރް ހަމް" އާއި "ޝިވާއީ" އަދި "ރަންވޭ 34" ޑައިރެކްޓްކޮށްފަ އެވެ.
އެންމެ ފަހުން އަޖޭ ފެނުނީ މި އަހަރުގެ އޭޕްރީލްގައި ނެރުނު "ރަންވޭ 34" އިންނެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ އިންދިރާ ކުމާރްގެ "ތޭންކް ގޯޑް" އެވެ. އެއީ ސިދާތު މަހްލޯތުރާ އާއި ރަކުލް ޕްރީތު ސިންގްއާ އެކު އަޖޭ ފެންނާނެ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޯބު
05 July 2022
ރާއްޖޭގަ ފަށައިގެން އެ އުޅެނީ ތިފިލްމުގެ ޝޫޓިންގތަ؟
އައްދޯއްޔި
05 July 2022
އަހަހާ.. ކޯއްޗެއް ބޯލަނީތަ؟ އައި އޭމް ޑެޑް