ރަންވީރު ސިންގް އާއި އަމީތާބު ބައްޗަން އަދި ޝާހުރުކް ޚާނާއި ފަރްހާން އަކްތަރު.
20 ސެޕްޓެމްބަރ 2022 - 06:54
ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ފަރްހާން އަކްތަރު ޑައިރެކްޓްކުރި ފިލްމު، "ޑޮން" ގެ ތިން ވަނަ ބައިގައި ޝާހުރުކް ޚާނާއި އަމީތާބު ބައްޗަން އަދި ރަންވީރު ސިންގް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ މަހު ފަރްހާން ވަނީ، ފިލްމުގެ ލީޑު ރޯލު ކުޅޭ ޝާހުއަށް ސްކްރިޕްޓް ކިޔައިދީފައިވާ ކަމަށާއި ނަމަވެސް އެއަށް ބަދަލުތަކެއް ގެނައުމަށް ޝާހު ލަފާ ދިނުމުން އަނެއްކާ ވެސް ސްކްރިޕްޓް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
އެ ފިލްމު ޝައުގުވެރިކުރުމަށް ފަރްހާން އަންނަނީ ތިން ތަރިއަކު ފިލްމަށް ގެނައުމަށް މަސައްކަތްކުރަމުންނެެވެ.
ޑޮންއަކީ 1978 ގައި ސާލިމް ޚާނާއި ޖާވިދު އަކްތަރު ލިޔެ، ނަރީމަން އިރާނީ ޕްރޮޑިއުސްކުރި ކްރައިމް އެކްޝަން ތުރިލާއެކެވެ. އެ ފިލްމުގައި ޑޮންގެ ރޯލު ކުޅުނީ އަމީތާބެވެ. އެކަމަކު އެ ފިލްމު ނިމެނީ ޑޮން މަރުވެ، ވިޖޭ ސަލާމަތްވެގެންނެވެ.
އޭގެ އެތައް އަހަރެއް ފަހުން 2006 ގައި އެ ފިލްމު އިތުރަށް ކުރިއަށް ގެންދިޔައީ ޖާވިދު އަކްތަރުގެ ދަރި، ފަރްހާން އެވެ. "ޑޮން: ދަ ޗޭޒް ބިގިންސް އެގެއިން" އަދި 2011 ގައި "ޑޮން 2" ގެ ނަމުގައި ފިލްމު ކުރިއަށް ގެންދިޔައީ ޝާހު ލީޑު ރޯލަށް ލައިގެންނެވެ. އެކަމަކު އެ ދެ ފިލްމުގައި ވެސް ޑޮން ސަލާމަތްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގައި ޝާހުއާ އެކު އަމީތާބު ވެސް ފެންނާނެ އެވެ. އެކަމަކު އަމީތާބު ކުޅޭނީ އޮރިޖިނަލް ވާޝަންގައި އޭނާ ކުޅުނު ރޯލު ކަމެއް އަދި ނޭނގެ އެވެ. އަދި ފިލްމުގައި ރަންވީރުގެ ރޯލެއް ވެސް ހިމެނޭ ކަމަށްވެ އެވެ.
ޑޮން ތިނަކީ ޝާހުގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ. އަދި އަމީތާބާއި ރަންވީރު ވެސް ފިލްމަށް ގުޅޭ ނަމަ، އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ އެވެ.
އެކަމަކު މިހާތަނަށް ފަރްހާން އެކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ.
ޑޮން 3 ނެރެން އުޅޭކަމުގެ އަޑުތައް 2017 އިން ފެށިގެން އަރަމުން އެބަދެ އެވެ. ވަކިން ހާއްސަކޮށް މިއަހަރު އެ އަޑުތައް ގަދަވީ އަމީތާބު އޭނާގެ އިންސްޓަގްރާމުގައި ޝާހުއާ އެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށް، ކެޕްޝަނުގައި ޑޮން 3 އަކާ ގުޅޭ ވާހަކައެއް ލިޔެފައި އޮތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުއްރަވާސް
20 September 2022
އެސް އާރ ކޭ , އައިޝްވާރިޔާ , އަމިތާބް ކޮބާ މުހިއްމު ރޯލް ކުޅުނީ އެސް އާރ ކޭ އަމިތާބް
ޙޙ2022
20 September 2022
ޕީސީ ކޮބާ؟ ބޮއިހަލަކި
ޑަނޑޫ
20 September 2022
ރަޖުނީ ކާންތް ހިމެނުނުނަމަ އަދި ހާދަ ފުރިހަމަވީހޭ.