މުނިފޫހިފިލުވުން / އައިޝަތު ރިޝްމީ

"ވިޝްކާ" މާޗް 8 ގައި ޝްވެކް ސިނަމާގައި ޕްރިމިއާ ކުރަން ނިންމައިފި

"ވިޝްކާ" ގެ ޕޯސްޓަރެއްގައި ރިޝްމީ.

04 ފެބުރުއަރީ 2017 - 06:53

މިދިޔަ އަހަރު ރިލީޒްކުރަން ކުރިން ނިންމާފައި އޮތް، ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" މި އަހަރުގެ އަންހެނުންގެ ދުވަހާ ދިމާކޮށް މާޗް މަހުގެ 8 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ޕްރިމިއާ ކުރަން ނިންމައި، ފިލްމުގެ އާ ޓްރެއިލާއެއް ވެސް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ޕްރޮޑިއުސަރު އަދި ބަތަލާ ރިޝްމީ ރަމީޒް ބުނީ "ވިޝްކާ" އަންހެނުންގެ ދުވަހު ޕްރިމިއާ ކުރަން ނިންމި މައިގަނޑު ސަބަބަކީ ފިލްމުގެ ވާހަކައަކީ ވެސް އަންހެނަކަށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމަކަށްވާތީ ކަމަށެވެ.

"މުޅި ފިލްމުގެ ވާހަކަ ބިނާވެފައި މިއޮތީ އަންހެނަކަށް. މިއީ އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭ ކަހަލަ ފިލްމެކޭ ބުނާ ހިތް ވަނީ،" އޭނާ ބުންޏެވެ. "އެކަހަލަ ދުވަހެއްގައި މި ކަހަލަ ފިލްމެއް އެޅުވުމަކީ ވަރަށް މުނާސަބު ކަމަކަށް ވާނެ ކަންނޭނގެ."

އަބްދުﷲ ވިޝާމް ލިޔެފައިވާ ވާހަކައަކަށް، "ވިޝްކާ" ގެ ސްކްރީންޕްލޭ ލިިޔެފައި ވަނީ މަހުދީ އަހުމަދެވެ.

މި ކްރައިމް ތުރިލާ ޑައިރެކްޓްކޮށް، ފިލްމުގެ މުހިއްމު އެއް ރޯލް ކުޅެފައި ވަނީ "އިނގިލި" އާއި "މިކޮއެ ބައްޕަ ބައޭބައޭ" ފަދަ ފިލްމްތަައް ޑައިރެކްޓްކޮށްފައިވާ ރަވީ ފާރޫގެވެ.

"ވިޝްކާ" ގެ މައިގަނޑު ތިން ރޯލް ކުޅެފައި ވަނީ ރިޝްމީ އާއި ރަވީގެ އިތުރުން އަހުމަދު ސައީދެވެ. މި ފަހަރުގެ ޓްރެއިލާ ހާއްސަކޮށްފައި މި ވަނީ ސައީދުގެ ކެރެކްޓާއަށެވެ.

ފިލްމުގައި އޭނާ ފެނިގެން ދާނީ ނުފޫޒު ގަދަ ސިޔާސީ މީހެއްގެ ރޯލުންނެވެ. "މަނިކު" ކިޔާ އެ ކެރެކްޓާ ސިފަކޮށްފައި ވަނީ "ދި އިވިލް" ގެ ގޮތުގަ އެވެ.

ރިޝްމީ ބުނީ ފިލްމްގެ ހުރިހާ މަސައްކަތެއް މިހާރު އޮތީ ނިމިފައިވާ ކަމަށާއި ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވިޝްކާ" ކުރިން އަޅުވަން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

"އަސްލު ތެދަށް ބުނަންޏާ މި ފިލްމް މި އަހަރަށް ލަސް ކުރެވުނުކަން މާ ރަނގަޅު. މިހާރު ޓައިމް ނަގައިގެން މީގެ އެއްވެސް ޑިޕާޓްމަންޓެއްގެ މަސައްކަތް ކޮމްޕްރޮމައިޒް ނުކޮށް ފިލްމް ނިންމާފައި މިއޮތީ،" އޭނާ ބުންޏެވެ. "ފިލްމް ހުރިހާ ގޮތަކުން ވެސް ފުރިހަމަ ވާނެ. އަދި މިއީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު."

ތީމް ލަވައާ އެކު އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ "ވިޝްކާ" ގެ ލަވަތައް ކިޔާފައި ވަނީ ރަވީގެ އިތުރުން ފަތޯ އަދި އަދި މަރިޔަމް ރިފްގާ އެވެ.

ފިލްމުގެ ބެކް މިއުޒިކް ހަދައިފައި ވަނީ މުހައްމަދު އިކްރާމެވެ.

ރިޝްމީ ބުނީ "ވިޝްކާ" އަންނަ މަހުގެ 8 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރި ނަމަވެސް، ޓިކެޓް ވިއްކަން ފަށާނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.

ސައީދާއި ރިޝްމީ "ވިޝްކާ" ގެ ޝޫޓިން ތެރޭގައި.

"އެބައި ކުރިއަށް ގެންދާނީ ސީދާ ޝްވެކުން. ވަރަށް އަވަހަށް ޓިކެޓް ވިއްކާ ތާރީހު ވެސް އިއުލާން ކުރާނެ." ފިލްމުގެ ޕްރޮމޯޝަނަށް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް އޭނާ ބުންޏެވެ.

ރިޝްމީ އަދި ބުނީ "ވިޝްކާ" ރަށްރަށުގައި އަޅުވަން ބޭނުންވާ ނަމަ، ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖަށް އިންބޮކްސްކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ވިޝްކާ" ގެ ޓްރެއިލާއަކާއި ލަވައެއް މިދިޔަ އަހަރުގެ ތެރޭގައި ވެސް ބެލުންތެރިންނަށް ވަނީ ދައްކާލައިފަ އެވެ. އަދި ކުރިއަށް މި އޮތް ދުވަސްތަކުގައި ފިލްމުގެ ތަފާތު ޓްރެއިލާތަކާއި ލަވަތައް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ.

ރަވީ ބުނީ ފިލްމު ރިލީޒް ކުރުން ލަސްވެގެން ދިއުމަކީ އެއްގޮތަކުން ރަނގަޅެއް ކަމަށެވެ.

ރިޝްމީ އާއި ރަވީ "ވިޝްކާ" ގެ މަންޒަރެއްގައި.

"މިހާރު ފައިނަލް ޕްރޮޑަކްޓް މާ ބޮޑަށް ވެސް ރަނގަޅު. މި ފިލްމަކީ އެންޓަޓައިން އެއްޗަކަށް ވުރެ ބޮޑަށް، މުޖުތަމައުގެ ތެރޭގައި މިހާރު ހުރި އިޖުތިމާއީ މައްސަލަތަކަށް އެވެއާ ވާނެ ކަހަލަ ހާދިސާތަކެއް ދައްކުވައި ދޭނެ ވަރަށް އިބުރަތްތެރި މެސެޖްތަކެއް ލިބިގެން ދާނެ ފިލްމެކޭ ބުނާ ހިތް ވަނީ،" ސަޕޯޓިން ރޯލްތަކުން އާ މޫނުތަކެއް ފެނިގެންދާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އެހެންވީމާ މިއީ ބަލާލަން ވަރަށް ރަނގަޅު ފިލްމަކަށް ވާނެ."

ރަވީ އަދި ބުނީ "ވިޝްކާ" އަކީ އޭނާ އެންމެ ފަހުން ގެނެސް ދިން "މިކޮއެ ބައްޕަ ބައޭބައޭ" އާއި "އިނގިލި" އަށް ވުރެ ރަނގަޅަށް ހެދޭތޯ މަސައްކަތް ކުރި ފިލްމެއް ކަމަށެވެ.

"މީގެ ކޮންމެ ދިމާއަކަށް ބެލިޔަސް، މެކްސިމަމް ދީފައި ހުންނާނެ މަސައްކަތް ކުރި އެންމެން ވެސް،" އޭނާ ބުންޏެވެ. "އެހެންވީމަ ޓެކްނިކަލީ ވެސް ފިލްމް މާ ބޮޑަށް ރަނގަޅު ވާނެ."

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 40%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454