އާމިރު ހާން.
12 އޮކްޓޯބަރ 2023 - 10:41
އާމިރު ހާންގެ އާ ފިލްމަށް ކިޔަނީ "ސިތާރޭ ޒަމީން ޕަރު" ކަން އޭނާ އިއުލާންކޮށްފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ މި ފިލްމަކީ 2007 ވަނަ އަހަރު ގެނެސްދިން، އޭނާ މިހާތަނަށް އަމިއްލަ އަށް ޑައިރެކްޓު ކުރި ހަމައެކަނި ފިލްމު "ތާރޭ ޒަމީން ޕަރު" އާ ގުޅުވައިގެން ނަން ދީފައިވާ ފިލްމެއް ކަމަށެވެ. މި ފިލްމަކީ ވެސް ހަމަ އެ ސްޓައިލްގެ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.
"ތާރޭ ޒަމީން ޕަރު އަކީ ވަރަށް އިމޯޝަނަލް ފިލްމެއް. އެކަމަކު މި ފިލްމު ސިތާރޭ ޒަމީން ޕަރު އަކީ އެންމެން ހެއްވާލާނެ ފިލްމެއް. އެކަމަކު މިއީ ހަމަ އެއް ތީމަކަށް ގެނެސްދޭ ދެ ފިލްމު،" އާމިރު ބުންޏެވެ.
"އަހަރެމެން އެންމެންގެ އައިބު ކަންކަން ހުރޭ، ހާއްސަ ކަންކަން ހުރޭ. ތާރޭ ޒަމީން ޕަރުގައި އަހަރެންގެ ކެރެކްޓާ މި އެހީވަނީ އެ ފިލްމުގައި އުޅޭ ހާއްސަ އެހީއެއް ބޭނުންވާ ކުއްޖާ އިޝާން އަށް. އެކަމަކު ސިތާރޭ ޒަމީން ޕަރުގައި ފެންނާނީ އޭގެ އަނެއްކޮޅު."
ރިޕޯޓްތައް ބުނި ގޮތުގައި، "ސިތާރޭ ޒަމީން ޕަރު" އަކީ 2018 ގައި ގެނެސްދިން ސްޕެއިންގެ ސްޕޯޓްސް ކޮމެޑީ ޑްރާމާ "ޗެމްޕިއަންސް" ގެ ރީމޭކެކެވެ. އެ ފިލްމަކީ ނުކުޅެދުންތެރިކަން ހުންނަ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ކާމިޔާބީ ހޯދަން ކުރާ ހިތްވަރު ދައްކާ ފިލްމެކެވެ.
"ސިތާރޭ ޒަމީން ޕަރު" ޑައިރެކްޓުކުރަނީ ކާކު ކަމާއި ފިލްމުގެ ކާސްޓު އަދި އިއުލާން ނުކުރެ އެވެ.
އާމިރު އަންނަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ދަށުން ވެސް ގިނަ ފިލްމުތަކެއް ޑައިރެކްޓުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭބޫ
12 October 2023
ތިޔަފިލްމު ދިވެހިކޮށްލީމާ ކިޔާނީ "ސިތާރާ ޒަމާން ފަރު"
ނޫން
12 October 2023
ސަތާރަ ޒަމާން ފަރު