ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން.
16 މާޗް 2024 - 08:15
ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ލޭހޮޅީގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި އޮޕަރޭޝަން ކުރުމަށް އިންޑިއާގެ މުމްބާއީގެ ކޮކިލާބޭން ހޮސްޕިޓަލްގައި އަމީތާބް އެޑްމިޓްކުރީ އިއްޔެ ހެނދުނެވެ. އަދި އެ އޮޕަރޭޝަނަށް ފަހު 81 އަހަރުގެ އެކްޓަރު ވަނީ އިއްޔެ ހަވީރު ގެއަށް ދޫކޮށްލައިފަ އެވެ.
އަބީތާބް ކުރީ އެންޖިއޯޕްލާސްޓީ ސާޖަރީ އެވެ. އެއީ ހިތަށް ލޭ ދައުރުކުރާ ލޭހޮޅި ބެދުމުން ކުރާ އޮޕަރޭޝަނެކެވެ.
T 4950 - in gratitude ever ..
— Amitabh Bachchan (@SrBachchan) March 15, 2024
ބައެއް ރިޕޯޓްތައް ކުރިން ބުނި ގޮތުގައި، އޭނާ ކުރީ ހިތުގެ އޮޕަރޭޝަނެކެވެ. ނަމަވެސް އަމީތާބް ގެއަށް ދޫކޮށްލި ފަހުން ހަބަރުތަކުގައި ބުނީ އޭނާ އޮޕަރޭޝަން ކުރީ ފައިގެ ލޭހޮޅިއެއް ބެދިގެން ކަމަށެވެ.
އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓްތައް ބުންޏެވެ.
އަމީތާބް ގެއަށް ދޫކޮށްލި ފަހުން ރޭގައި ވަނީ އިންޑިއާގެ ކްރިކެޓް ލީގް އައިއެސްޕީއެލްގެ ފައިނަލް މެޗު ބަލަން ދަނޑަށް ވެސް ގޮސްފަ އެވެ. އޭނާ ދަނޑަށް ދިޔައީ ދަރިފުޅު އަބީޝެކް ބައްޗަންއާ އެކުގަ އެވެ. އަމީތާބް އަކީ އައިއެސްޕީއެލްގައި ހިމެނޭ ޓީމެއް ކަމަށްވާ މަޖީ މުމްބާއީގެ ވެރިޔާ އެވެ.
އަމީތާބް ފިލްމެއްގެ ޝޫޓިންގައި ހުއްޓާ އޭނާގެ މެޔަށް ތަދެއް އަރައިގެން މިދިޔަ އަހަރު ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ. އެއީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކަލްކީ 2898 އޭޑީ"ގެ ޝޫޓިންގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
16 March 2024
ދަރިފުޅު އަބީސޭކްއާއެކީދޯއޮތީ.. ރޯދައަށް ހުއްޓަސް ބޮޑުވަރު..... ބޮއިހަލަކި
އައިޝްވާރިޔާ
16 March 2024
އަމީތާބް ގެއަށް ދޫކޮށްލި ފަހުން ރޭގައި ވަނީ އިންޑިއާގެ ކްރިކެޓް ލީގް އައިއެސްޕީއެލްގެ ފައިނަލް މެޗު ބަލަން ދަނޑަށް ވެސް ގޮސްފަ އެވެ. އޭނާ ދަނޑަށް ދިޔައީ ދަރިފުޅު އަމީތާބް ބައްޗަންއާ އެކުގަ އެވެ.... ކިހިނެއް މި ވަނީ.؟ އެހެންވީމަ އަހަރެން އިނދެގެން ވެސް މިއުޅެނީ އަމީތާބްއާތާ. ޖާޔާ ބައްޗަން ޕްރެޝަރަށް މިއަރަނީ މިހެންވެތާ ދޯ
ބަރާބާސް
16 March 2024
އަމީތާބް ދަނޑަށް ދިޔައީ ދަރިފުޅު އަމީތާބް ބައްޗަންއާ އެކުގައޭ؟ ގޫގުލްކޮށްގެންވެސް އަމީތާބްގެ ތިބުނާ ދަރިފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ނުފެނިގެން މިއުޅެނީ.