ހުޝީ ކަޕޫރާއި ޖުނައިދު ހާން.
18 ސެޕްޓެމްބަރ 2024 - 06:01
ބޮލީވުޑްގެ ތަރި އާމިރް ހާންގެ ދަރިފުޅު ޖުނައިދު ހާން އާއި ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް އެކުގައި ކުޅޭ ފިލްމެއް އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްގެ ޕްރޮޑަކްޝަން ހައުސް "ފެންޓޮމް" އާއި އޭޖީއެސް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ އެ ފިލްމު ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ. ނަމަވެސް، އެ ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެ އެެވެ.
ޖުނައިދު އާއި ހުޝީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމު ގެނެސްދެނީ އަންނަ އަހަރު ފެބްރުއަރީ ހަތެއްގަ އެވެ. އެއީ ލޯބީގެ ފިލްމެކެވެ.
މި ފިލްމު ޑައިރެކްޓުކުރަނީ އާމިރްގެ "ލާލް ސިންގް ޗައްޑާ" ޑައިރެކްޓުކުރި އަދްވައިތު ޗަންދަން އެވެ.
މި ފިލްމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި އާންމެއް ނުކުރެ އެވެ.
މި ފިލްމު ވާނީ ހުޝީ އާއި ޖުނައިދުގެ ވެސް ދެވަނަ ފިލްމަށެވެ. ހުޝީގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ. ޖުނައިދުގެ ފުރަތަމަ ފިލްމަކީ މި އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "މަހަރާޖް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯން 1990
19 September 2024
އާމިރު ގެ ދަރި 35 އހަރު އުމުރުން ވީމަ މި ފިލްމު ކުޅެނީ ކުޑަ ކުއްޖަކަށް ވެގެން! ޢޭނަ އެހެން ހުއްޓާ ޚުޝީ އުފަންވީ
ށސ54
18 September 2024
ދެކުދިންވެސް ތިޔަފިލްމު ކުޅޭނީ ބަސްއަހައިގެން.