"ބޮސް" ގެ ލީޑް ބަތަލާއަކީ އައްޒަ. އޭނާއާ އެކު މުޅިން އާ އެކްޓަރެއް ފިލްމީ ދާއިރާ އަށް ތައާރަފު ކުރާނެ.
އަޒޫ: "ބޮސް" ގެ މުހިއްމު ރޯލަކުން ފެންނާނެ.
06 ޖޫން 2017 - 07:50
މި މަހުގެ 13 ވަނަ ދުވަހު ޝޫޓިން ފަށާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ލޯބީގެ ފިލްމް "ބޮސް" ގެ މައިގަނޑު ކާސްޓް އެއްކޮށް މިހާރު ހަމަޖެހިފައިވާ ކަމަށް ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނެފި އެވެ.
ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ ފިލްމުގެ ބަތަލާއަކަށް ކުރިން ވެސް ވަނީ އޭނާގެ ކޮއްކޮ މަރިޔަމް އައްޒަ ހަމަޖައްސައިފަ އެވެ.
ނަހުލާ ބުނީ އައްޒައާ އެކު ފިލްމުގެ މުހިއްމު ރޯލްތަކުން ދެން ފެނިގެން ދާނީ އިބްރާހީމް ޖިހާދު (ޖިމީ) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އެވެ.
މި ކާސްޓަށް ބަލާ އިރު، މިތަރިންނަކީ އޮގަސްޓް 2 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމް "ނޯޓީ 40" އިން ވެސް ފެނިގެން ދާނެ ކާސްޓުންތަކެއްކަން ފާހަގަކޮށްލެވެ އެވެ.
ނަހުލާ ބުނީ "ބޮސް" ގެ ލީޑް އެކްޓަރަކީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފުކުރާ އެކްޓަރެއް ކަމަށެވެ. އެހެންވެ އެއީ ކާކުކަން އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
ޖިމީ: "ބޮސް" ގެ ރޯލަކުން ފެނިގެން ދާނެ.
"ބޮސް" ގެ ޕޯސްޓަރު ރޯދަ ނިންމާލާފައި ލޯންޗްކުރަން ވަނީ ނިންމައިފަ އެވެ.
އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭ ފިލްމުގެ ޝޫޓިން 13 ވަނަ ދުވަހު ފަށާނީ އޮޅުވެލިފުށިންނެވެ. މީގެ ބޮޑު ބައި ޝޫޓް ކުރަން ހަމަޖެހިފައި ވަނީ ރިސޯޓެއްގަ އެވެ.
"ސަން ސިޔާމްގެ ރިސޯޓެއްގައި ޝޫޓް ކުރަން ހަމަޖެހިފައި ވަނީ،" މިދިޔަ އަހަރު "4426" ގެނެސް ދިން ނަހުލާ ބުންޏެވެ.
"ބޮސް ސިނަމާ އަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 24 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޓޯ
07 June 2017
އައްޒަ ވެސް ވެއްޖެ ބައެއް އޮފާ ތައް ބޭނުން ނުކުރަން. ޢަބަދު ތިހެން ކައިރި ކައިރީ މަގިނައިން ފެންނަންޏާ ފޫހިވާނެ .ޙައްދު ، 4426، މީ ލޮއިބަކީ، ބީ ، ބޮސް ، ނޯޓީ 40 މި ހުރިހާ އެއްޗަކުން ފެނި ނިމޭއިރު މީހަކު ފޫހިނުވާނެތަ. ކެރިއަރަށް ވެސް އެހާ ރަނގަޅު ގޮތެއް ކަމަކަށް ނުފެނެ..އައްޒަ އަކީ ހުނަރުވެރި ބަތަލާ އެއް.
ފާތިން
06 June 2017
ޢަޅެ ފަރީލަ ކޮބާ ތަ .. ފަރީ ގެ ފިލްމެއް ބަލާ ހިތުން .. ފަރީލަ ވާނެ ތި ދާއިރާގެ ވެސް ރީތި މީހުންގެ ލިސްޓް ގެ ކުރިއަށް.. ޢަނެއްކާ ފަރީ ފިލްމު ކުޅުން ހުއްޓާލީ ތަ