ހޮލީވުޑްގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޖޯޖް ކްލޫނީ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ވަކީލް އަމާލް ކްލޫނީ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
އެ މީހުންނަށް ލިބުނީ ދެ ޖިންސްގެ ދެ ކުދިންނެވެ. ކުދިންގެ ނަންތައް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ފިރިހެން ދަރިފުޅަށް ކިޔަނީ އެލެގްޒެންޑާ ކްލޫނީ އެވެ. އަންހެން ދަރިފުޅުގެ ނަމަކީ އެލާ ކްލޫނީ އެވެ.
ކްލޫނީ ބައްޕައަކަށް ވާން އުޅޭކަން އެނގުނު ހިސާބުން އޭނާ ވަނީ އަނބިމީހާއާ ހުރިހާ ވަގުތެއް ހުސްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އާއިލާ އަށް އިތުރުވި ދެ މެމްބަރުންނާ އެކު، ކްލޫނީގެ އާއިލާ އަށް ވަނީ ވަރަށް ބޮޑު އުފަލެއް ލިބިފަ އެވެ. އަދި ކްލޫނީ، 56، ހުރީ އުފުލަލުން ގޮސް "މޮޔަވާވަރުވެފައި" ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ދެ ކުދިންނާއި އަމާލްގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
"ދެ ކުދިންގެ ސިއްހަތު ވެސް ވަރަށް ރަނގަޅު، ވަރަށް އުފަލުން މިތިބީ،" ބަޔާނުގައި ބުންޏެވެ.