މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ވާދަވެރިކަމެއް ނެތް، ފިލްމީ ދާއިރާ އިން ނުފެނުން ވެސް އެކަށީގެންވޭ: ޔުނާން

"ބޮސް" ގެ މަންޒަރެއްގައި ޔުނާން: މިއީ އޭނާގެ ފުރަތަމަ ފިލްމް.

މި މަހުގެ 31 ރިލީޒް ކުރާ ފިލްމް "ބޮސް" އިން އަލަށް ތައާރަފްވާ މުހައްމަދު ޔުނާންއާ މެދު ބޮޑެތި އުންމީދުތަކެއް ކުރެވުނަސް އޭނާ ބުނަނީ ފިލްމު ކުޅުމަށް އަދި ސީރިއަސް ނޫން ކަމަށާއި އެއްވެސް މީހަކާ ވާދަވެރިކަމެއް ވެސް ނެތް ކަމަށެވެ.

ފާތުމަތު ނަހުލާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ "ބޮސް" ގެ ބަތަލު ޔުނާންއާ ދޭތެރޭ ހުރި އުންމީދުތައް ބޮޑެވެ. އޭނާގެ އެކްޓިން ބަލައިލުމުގެ ޝައުގުވެރިކަން ބޮޑުވާ އެއް ސަބަބަކީ މި އަހަރަކީ ފިލްމީ ދާއިރާ އަށް އާ އެކްޓަރުންގެ އަހަރަކަށް ވެސް ވާތީ އެވެ. ހާއްސަކޮށް ދާދި ފަހުން ނެރުނު އަބްދުލް ފައްތާހްގެ ފިލްމް "ހައްދު" އިން ތައާރަފު ކުރި އަހުމަދު ޝިބާން އަށް ފަހު، ޔުނާން އަށް އެތައް ކަޅިއެއް ވަނީ ހުއްޓިފަ އެވެ. މި ދެ ތަރިން އަޅާކިޔުމުގެ ސިލްސިލާއެއް ވެސް ފެށިގެން އުޅޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެކަމަކު ޔުނާން ސީރިއަސް އެއް ނޫނެވެ.

"ވިސްނާފައެއް ނެތް ބޮސް އަށް ފަހު ސީރިއަސްކޮށް ފިލްމް ކުޅޭކަށް. ފަހަރުގައި ނުފެނި ވެސް ދާނެ. ނޫނީ ހަމަ ފަހަރުގައި ފެނިވެސް ދާނެ. ވާ ގޮތަކީ އޮފީހުގައި ވަރަށް ބުރަކޮށް އުޅެމުން ފިލްމީ މަސައްކަތްތަކަށް އެކަށީގެންވާ ގޮތަށް ވަގުތު ވެސް ދެވެން ނެތީ،" ރަސްމީ ވަޒީފާއާ ދޭތެރޭ ވަރަށް ސީރިއަސްކަން ފާހަގަކޮށް އޭނާ ބުންޏެވެ. "މިސާލަކަށް އަނެއްކާ ވެސް ހަމަ ނަހޫގެ ފަރާތުން އޮފާއެއް ލިބިއްޖެ ކަމަށް ވަންޏާ ހީވަނީ ފެނިދާނެހެން. ނޫނީ ބޮސް އަށް ބެލުންތެރިން ދޭ ކޮމެންޓްތަކަށް ބަލާފައި އިތުރަށް ކުރިއަށް ދިއުމާ ދޭތެރޭ ވިސްނާނަން. އެކަހަލަ ހިޔާލެއްގައި މި ހުންނަނީ. އަހަންނަށް ވަޒީފާ ވަރަށް މުހިއްމު."

"ބޮސް" ރިލީޒް ވާން ކައިރިވަމުން އަންނަ އިރު، ފިލްމާ ދޭތެރޭ ޔުނާން ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ ފިލްމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި ވާނެ ކަމަށެވެ. ހާއްސަކޮށް އެކްޓިން ރަނގަޅު ކުރަން ވަރަށް ހިތްވަރުލި ކަމަށް އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ވެސް ހުނަރު ދައްކާލި ޒުވާން އެކްޓަރު ބުންޏެވެ.

"ބޮސް" ގެ އޮފިޝަލް ޓްރެއިލާ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ ފިލްމާ ދޭތެރޭ. ހަމަ ޔަގީނުން ވެސް އަހަރެންގެ ސައިޑުން ދޭން ޖެހޭ މެކްސިމަމް ދީފައި ހުންނާނެ. އަސްލު އެކްޓިންއަކީ ކޯޗެއްކަން އެނގުނީ ބޮސްގެ ތަޖުރިބާ އިން،" ގދ. ހޯޑެއްދު އަށް އުފަން ޔުނާން ބުންޏެވެ. "އެކަމަކު އެއްވެސް މީހަކީ ޕާފެކްޓް މީހަކަށް ނުވާނެ. އަބަދު ވެސް ހުންނާނެ ރަނގަޅު ކުރަން ޖެހޭ ކަހަލަ ކަންކަން. އަހަރެން ގަބޫލު ކުރަނީ ބޮސް ބަލާފައި އެކަން ބެލުންތެރިން ވެސް ފާހަގަ ކުރާނެ ކަމަށް."

އެމްޑަބްލިއުއެސްސީގައި ވަޒީފާ އަދާ ކުރަމުން އަންނަ ޔުނާން ބުނަނީ އޭނާއަކީ ބިނާކުރުވަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާނެ މީހެއް ކަމަށެވެ. އަދި ހެޔޮހިތުން އެކަން ބަލައި ގަންނާނެ ކަމަށް ބުންޏެވެ.

"އަހަންނަކީ އަބަދު ވެސް ވަރަށް އޯޕަން މީހެއް. ފިލްމުގައި އަހަރެން ކުޅުނު ރޯލާ ދޭތެރޭ އެއްވެސް ކަހަލަ ފާޑެއް ކިޔަން އޮތް ނަމަ، ކޮންމެ ތަނަކުން ފެނުނަސް ވެސް ހަމަ އެކަން ކުރަންވީ. އޭގައި ނެތް އެއްވެސް މައްސަލައެއް،" ރާއީ ކިޔާ ވަރަށް އަސަރު ގަދަ ލޯބީގެ ކެރެކްޓާއެއް ކުޅުނު ޔުނާން ބުންޏެވެ. "ރަނގަޅު ކުރަން ވެސް އެނގޭނީ ފާޑު ވެސް ކިޔައިގެން."

ބޮޑު ފިލްމެއްގެ ލީޑް ރޯލުން ޔުނާން ބެލުންތެރިންނާ ބައްދަލު ކުރާ އިރު، ފިލްމް ބެލުންތެރިންނަށް ކަމުދާނެކަމާ ދޭތެރޭ ޔުނާން ޝައްކެއް ނުކުރެ އެވެ. ހާއްސަކޮށް "ބޮސް" އަކީ ނަހުލާގެ ފިލްމަކަށްވާތީ އެވެ. އަދި މީގެ ވާހަކަ ވަރަށް ރީތި ވާނެ ކަމަށް ބުންޏެވެ. އޭނާ ބުނީ ނަހުލާގެ ކުރީގެ މެލޮޑްރާމާތައް ކަމުދިޔަ މީހުންނަށް "ބޮސް" އަކީ ވަކި ދޫކުރާނެ ފިލްމެއް ނޫން ކަމަށެވެ.

"ބޮސް" ގެ މޯޝަން ޕޯސްޓަރެއް.

"ބޮސް" އަކީ ހަގީގަތުގައި ޔުނާނަށް ޑްރީމް ޕްރޮޖެކްޓެކެވެ. އޭނާ ބުނީ ބޮޑުވަމުން އައީ ނަހުލާގެ ފިލްމްތަކުގެ ދުނިޔޭގައި ކަމަށެވެ. އަދި ނަހުލާގެ އަސަރު ގަދަ ފިލްމްތައް އަބަދު ވެސް ވަރަށް ކަމުދާ ކަމަށް ބުންޏެވެ. އެކަމަކު އެއް އިރެއްގައި ވެސް އޭނާގެ ފިލްމެއް ކުޅެން ލިބޭނެއެކޭ ޔުނާންގެ ހިތަކަށް ނާރަ އެވެ.

"މިއީ އަސްލު އުންމީދު ވެސް ނުކޮށް ހުއްޓައި ލިބުނު ފުރުސަތެއް. އަބަދު ވެސް ބޭނުންވީ ޔޫއްޕެއާ އެކު ފިލްމެއް ކުޅެލަން. ވަރަށް ކުޑައިރު ވެސް ހިތުގައި އޮންނަ އެއްޗެއް ކޮންމެވެސް ދުވަހަކު ޔޫއްޕެއާ އެކު ފިލްމެއް ކުޅެލާނަމޭ. އެކަހަލަ ހުވަފެނެއްގެ ތެރޭގައި ހުއްޓައި ރިޝްމީ [ބޮސްގެ ޑައިރެކްޓަރު] ގެ ކޯލެއް ލިބުނީ،" މީހަކާ އިނދެގެން މިހާރު ބައްޕައަކަށް ވެސް ވެފައިވާ ޔުނާން ބުންޏެވެ.

"ބޮސް" ގެ ލަވައެއްގެ ޓީޒާއެއް.

އޭނާ ބުނީ ރިޝްމީ ގުޅާފައި އޮޑިޝަނަކަށް ގޮވައިލުމުން ދިޔައީ ކަމަށެވެ.

"އޮޑިޝަން ވެސް ހެދި ފަހުން މި އެނގުނީ ނަހޫގެ ފިލްމެއްކަން ކުޅެން މި ލިބުނީ. ދެން އަސްލު ވަރަށް ހެޕީވި. ހިތަށް އެރި ފިލްމެއް ކުޅެން ބޭނުމިއްޔާ މިއަށް ވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނޭ،" ޔުނާން ބުންޏެވެ. "އެހެންވެ މި ތަޖުރިބާއަކީ ހަނދާނުން ނުފިލާނެ އަދި އެހާމެ ސަޅި އެކްސްޕީރިއަންސެއް."

ޔުނާން ނަހުލާ ސިފަ ކުރަނީ ފިލްމީ ދައިރާގައި ހުރި އޭނާގެ މަންމަގެ ގޮތުގަ އެވެ. އަދި "ބޮސް" ގެ މުޅި ޓީމަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބުންޏެވެ.

"މީގައި އެކްޓްކޮށްލަން އެންމެ ބޮޑަށް ފަސޭހަވި އެއް ކަމަކީ ނަހޫ ސީންތައް ކިޔައިދޭލެއް ފުރިހަމަކަން. އޭނަ ކިޔައިދޭ އިރު މޫނަށް ބަލާލީމަ އެނގޭނެ އެ އިމޯޝަންކަން ގެންނަންވީ ކިހިނެއްކަން، ރޯން ޖެހޭ ނަމަ ރޯންވީ ކިހާ ވަރަކަށްކަން، ކަރުނަތިކި ވައްޓާލަން ޖެހެނީ ކިހާ ހިސާބަކުންކަން،" އޭނާ ބުންޏެވެ. "ޑައިލޮގް ޑެލިވަރީ ހުންނަންވީ ކިހިނެއްކަން. ކުރުކޮށް ބުނަންޏާ ވަރަށް ޑިޓެއިލްކޮށް ކިޔައިދޭ. އެއީ އެންމެ ބޮޑު ފަސޭހައަކީ."

ނަހުލާ އާއި ރިޝްމީ ޔުނާންއާ އެކު.

"ބޮސް" އާ އެކު ފިލްމީ ދާއިރާ އަށް އޭނާ ތައާރަފުކޮށް ދޭތީ، އެކަން އަބަދު ވެސް ހަނދާން ކުރާނެ ކަމަށް ޔުނާން ބުންޏެވެ.

"ނަހޫ އާއި ބޮސްގެ ޓީމާއެކު ކުރެވުނު މަސައްކަތް އަބަދު ވެސް ވެލިއު ކުރާނަން. ހާއްސަކޮށް ނަހޫ އަސް އަބަދު ވެސް ހާއްސަ ޝުކުރެއް އޮންނާނެ،" އޭނާ އަށް އިތުބާރުކޮށްފައި "ބޮސް" ގެ ލީޑް ރޯލް ދިންކަން ފާހަގަކޮށް ޔުނާން ބުންޏެވެ.

25 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 17%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިފުޓުބޯޅައިގެ ކިންގ

13 October 2017

ކޮން ޖުމާ އެކޭތަ ތިކިއަނީ...ރުޅިއެބައާދޭ

The name is already taken The name is available. Register?

ހައިރާން

13 October 2017

މަ ހަމަ ކޮސް ވެއްޖެ ރިޝްމީ ގުޅާފަ ބުނީ އޯ އޮޑިސަން އައް އަންނަން .. އޮޑިސަން އިން ފާސް ވި ފަހުން ނޯ މި އިނގުނީ އަދި ކުޅެން މި އުޅެނީ ނަހުލާ ގެ ބޮސް ކަން .. ސަޕްރައިސްޑް ޔަ..

The name is already taken The name is available. Register?

ޙާމަ

13 October 2017

ގައިގޯޅު ނުވިއަސް ދޭންވާ މެސެޖް ދެވޭކަހަލަ ފިލްމް ކުޅޭކަށް ދިވެހިންނަކަށް ނޭގޭ ދޯ. އެކަމަކުވެސް ކިޔަންވީ އިސްލާމުންނޭ. މީފާޅުގައި ކުރެވޭ އަދި ކުރުވާ ފާފަ.

The name is already taken The name is available. Register?

ވޯލް

12 October 2017

ފިލްމް ޑިރެކްޓްކުރަނީ ނަހޫތަ؟ ނޫނީ ރިޝްމީތަ؟؟؟ ސީންތައް ނަހޫ ކިޔާދޭ ވާހަކަ ބުނެފަ އޮތީމަ ހަމަ ސުވާލު އުފެދުނީ. ފަހު ފޮޓޯގައި ރިޝްމީ ހީވަނީ ނަހޫއަށް ވުރެ ދުވަސް ވެފަ ހުރި މީހެއް ހެން. ނަހޫ އަދިވެސް މާ ޒުވާން ކަމަށް ފެންނަނީ.

The name is already taken The name is available. Register?

ރިނީ

13 October 2017

މާތްރަސްކަލާންގެ އެކި އިންސާނުން ހެއްދެވީ އެކިގޮތަށް. މަ މިބުނިބަހުގެ ތެދުކަން ތިމާ މީހާ މުސްކުޅިވާ ދުވަހުން ލޯގަނޑު ބާލާލީމަ އެނގޭނެ. ކޮންފަދަ ނާތަހުޒީބީ ވިސްނުމެއް ތިހިރީ.

The name is already taken The name is available. Register?

މޭން

13 October 2017

"ފަހު ފޮޓޯގައި ރިޝްމީ ހީވަނީ ނަހޫއަށް ވުރެ ދުވަސް ވެފަ ހުރި މީހެއް ހެން. " އައިނެއް ހައްދަން ފެނޭ.

The name is already taken The name is available. Register?

ސަކިނަ

12 October 2017

އަލަށް އިންޑަސްޓްރީއަށް ތައާރަފްވާ ކުދިންނަށް ބޭރު ގައުމުތަކުގަ ހަދާހެން އެގްރިމެންޓް ހަދާފަ ބަހައްޓަން މަށަށް ފެންނަނީ.... ކާމިޔާބު އެއްްފިލްމު ކުޅެފަ ގެއްލިގެން ނުދާނެ ގައިމުވެސް.

The name is already taken The name is available. Register?

ޓުރުތް

12 October 2017

ގޯ ބުރޯ

The name is already taken The name is available. Register?

ކުލާސް މޭޓް

12 October 2017

ޔުނާން އަކީ ހިތްތިރި މީހުންނާއި ގުޅޭ ކުއްޖެއް، ވަރަށް އުފާވެއްޖެ، އަބަދުވެސް ކާމިޔާބީ ލިބުމަށް އެދެން

The name is already taken The name is available. Register?

ވިސްނާލީމާ

12 October 2017

އަސްލު ޔުނާން ތިހިރީ ވަރަށް ހާސްވެފާ! އަދި މީހުން ކިޔާނެ އެއްޗަކަށް ސަމާލުވެފާ! އެހެންވީމާ އަދި ކަންކަމުގާ ޔަގީންކަން ނުދެވެނީ! އަސްލު ޔުނާން ވަރަށް ސަޅި އަދި އެކްޓިންވެސް ރަނގަޅުވާނޭކަމަށް މި ބަލަނީ! ބޮޑީރީތީ ފައްތާހުގެ ސޮރު! އެކަމު އެކްޓިން ސަޅިވާނީ ޔުނާންހެނ ހީވަނީ! ކަންކަން ޔަގީންކުރަން އަދި ކުޑަ ދުވަސްކޮޅެއް އެބައޮތް! ބޭނުންވަނީ ޔުނާންއަކީ މިދާއިރާގާ ބޮޑުމީހަކަށްވެ އެންމެންގެ ތައުރީފް ލިބޭ ދުވަހެއް ފެނުން! -އިބްރާހީމް-

The name is already taken The name is available. Register?

ޔެސް

12 October 2017

ޔުނާން އަށް ވާނެ މޭން. މީހުން ކިޔާ އެއްޗެއްސަށް އަޅާނުލާ. ޓްރަސްޓް ޔޫއަރ ސެލްފް

The name is already taken The name is available. Register?

ބޯޑީސޫޓް

12 October 2017

ހައްދުގަ އުޅޭ މީހާގެ ބޮޑީކަހަލަ ބޮޑީއެއް ހުރިކަން ދައްކާން ކޮސްޓިއުމް އެތެރެއިން ބޮޑީސޫޓެއް ލެއްވީމަ ތިހެން ހިތަށްއެރުން އެކަށީންގެވޭ.

The name is already taken The name is available. Register?

ޖޭ ނުވެ

12 October 2017

ޖޭނުވޭ، ތީ ޖުމާ މެންނަށް ހިވާ ގޮތް. އީވެން ނައު ހީއިޒް މޯ ފޭމަސް ދެން ޔޫ ގައިޒް. ޖުމާ ހުރޭ އެކްސްގެ މޭކަޕް ކޮށްލާ ކޮށްލާ. ތޭންކްސް

The name is already taken The name is available. Register?

ހަަހަ

12 October 2017

އެކަން އެހެން ކުރިކަމަށްވަންޏާ އެއީކީވެސް މައްސަލައެއްނޫން. އެގޮތައްހަދާފަ އެއްޗިހި ނުބާލަންޏާ އެ ނިމުނީނު. މީހާ ރީތިކުރުމަށާ، ފަޅުކަން ފިލުވަން ވަރަށް ގިނަކަންކަން ފިލްމުތަކުގާ ކޮށްފާ ހުންނާނެ. ތިބޭފުޅާއަށް އަދި ތިޔައުޅެވެނީ އަދި 60 ގަ. މީ 2017

The name is already taken The name is available. Register?

ހަހަ

12 October 2017

އެގްރީ ޓު ޔޫ ބަޑީ

The name is already taken The name is available. Register?

ޖޭ ބޮކި

12 October 2017

އެހެން ވިއްޔާ އިންހެން ކުދިން މޭކް އަޕް ކުރީމަ ކިޔާނީ ކީކޭ؟ އައިޞްވާރްޔާ އާ ޗެލެންޖް ކުރަންށޭ ތަ؟

The name is already taken The name is available. Register?

ޕެއްޔޫ

12 October 2017

ފިލްމު ކަޑަވީ ދެއްތޯ؟ އެހެން ފިލްމެއްވެ ކުޅެން އެއްބަސްވެ އެފިލްމިގެ ދެސީން ޝޫޓްކުރިފަހުން ބޮސްގެ ބޮހަށް އެކަން އެނގިގެން މެއްސަކަށްވެސް ނުހަދާ ބޭފުޅާ އަށް ބަވާލީމާ އަނެއްކާ އެފިލްމު ނިކުޅޭނެކަމަށް ބުނުއްވީމެންނޫންތޯ. ފުރަތަމަވެސް ޕްރޮފެޝަނަލް އެތިކްސްވެސް ނުހައްދަވާ. ދެވަނަ ކަމަކަށް، އަމިއްލަ ގޮތެއްވެސް ހުންނަންވާނެ ދެއްތޯ. އަނެއް ފިލްމުގެ ޕްރޮޑިއުސަރަށް ކިހާ ބޮޑު ލަނޑެއްތޯ ތިޔަ ދެއްވީ. ޝޫޓިންނަކަށް އެޢީ ހަމަ ހިނގާނެ ހަރަދު ނޫންތޯ؟ ކިހާބޮޑު ގެއްލުމެއްތޯ ތިޔަ ދެއްވީ. ބުނާ ބަހުގަ އިތުބާރުނެތިއްޔާ މިޒަމާނުގަ ވާނީ ސޮހޮލަކަށް. ދެން ވަރަށް ދެރައޭ ބުނެވޭނީ.

The name is already taken The name is available. Register?

ޖޭ ބޮކި

12 October 2017

ޕެއްޔޫ ޖުމާ ޖޭ ނުވޭ. ވައި އަނގަ ނުތަޅާ

The name is already taken The name is available. Register?

ޗޮއް

12 October 2017

ޕޮއްޔޫ ބަވާލީ ޑައިރެކްޓަރ ނޮޓް ބޮސް، އޮޅު އަޅުވަން އުޅުނީ ތިބުނާ ބޮސް. ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454