ގައުމީ ދުވަސް ފާހަގަކުރަން ސީއެޗްއެސްސީގައި މިއަދު ބޭއްވި ދިވެހި މަލާފަތްތައް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
19 ނޮވެމްބަރ 2017 - 18:27
މިއަދު ފާހަގަކުރާ ގައުމީ ދުވަސް ވަރުގަދަ ޖާފަތަކާ އެކު ސްކޫލްތަކުގައި ފާހަގަކޮށްފި އެވެ.
ދިވެހި ކެއުންތަކާއި ދިވެހިން އާއްމުކޮށް ކާ އެއްޗިއްސާ އެކު މާލޭގެ ސްކޫލުތަކުގައި މިއަދު މެންދުރު ފަހު ބޭއްވި ޖާފަތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިިޝަތު ޝިހާމާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ގައުމީ ދުވަހަށް އިސްކަންދަރު ސްކޫލު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ގައުމީ ހެދުންތަކުގައި ނަލަ ހެދިގެން ތިބި އިރު، މުޅި ސްކޫލުތެރެ ވަނީ ގައުމީ ދިދަ އާއި ގައުމީ އެކި ޝުއޫރުތައް ހިމެނޭ ލިޔުންތަކުން ޒީނަތްތެރިކޮށްފަ އެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ސްކޫލުގައި ކުރިއަށް ގެންދިޔަ ދިވެހި މަލާފަތް---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ވިދާޅުވީ ޖާފަތް ތައްޔާރުކުރީ ކޮންމެ ކްލާހަކުން ކަމަށާއި އެކަމަށް ބެލެނިވެރިންނާއި ޓީޗަރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"ކޮންމެ ކްލާހަކުން ދިވެހި ކެއުމެއް މި ތައްޔާރުކުރީ. އެގޮތުން ގްރޭޑް 8-10ގެ ހުރިހާ ކްލާހަކުން ވެސް މި ޖާފަތުގައި ބައިވެރިވި،" މުޖާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖާފަތާއެކު އިސްކަންދަރުގައި ގައުމީ ދުވަހެއް މިހާ ކުލަ ގަދަ ކޮށް ފާހަގަކުރީ މިއަހަރު ކަމަށެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ސްކޫލުގައި ކުރިއަށް ގެންދިޔަ ދިވެހި މަލާފަތް---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އިސްކަންދަރުގެ އިތުރުން މާލޭގެ ހުރިހާ ސްކޫލަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގައުމީ ދުވަހަށް ހާއްސަ ކޭން ވަނީ ތައްޔާރުކޮށްފަ އެވެ. އެހެން ސްކޫލުތަކުގައި ވެސް ދަރިވަރުންނަށް ޓީޗަރުން ތިބީ ގައުމީ ހެދުންތަކުގަ އެވެ. އަދި ސްކޫލު ތެރޭގައި ވެސް ގައުމީ ދިދަ އާއި ގައުމީ އެކި ޝުއޫރުތައް ހަރުކޮށްފައި ވެ އެވެ.
ގައުމީ ދުވަހުގެ ޖާފަތް ތައްޔާރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފައިސާގެ އެހީ ދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރު
20 November 2017
މިހާރު ތިއުޅެނީ ވަރައްފަހަތުގަ، މިކަމަކީވެސް ސަރުކާރުން މީހުން އެއްކޮއްފަ ދެއްކުމުގެ ސިޔާސިތުގެ ތެރެއިން ކުރިކަމެއް، އެޑިއުކޭސަން މިނިސްޓރީ ބަޖެޓުން 30 މިލިއަންރުފިޔާ ބަޖެޓްކޮއްފަ ހުރިހާ ސުކޫލްތަކައް ބަހައިގެން، ތައްޔާރުކުރި ޖާފަތެއް، މީގެތެރެއިންވެސް މާލޭގަ ބައެއް ސުކޫލްތަކުން އުޅުނު އެޑިއުކޭސަނުންދިންލާރި ބަހައްޓާފަ، ބެލެނިވެރިން އަތުން ލާރިނަގައިގެންވެސް މިކަންކުރަން، އެކަން ކާމިޔާބު ނުވީ ބެލެނިވެރިނައް މީގެ ހަގީގަތް އިގުނީމަ، އެވަރުންވެސް ބައެއް ސްކޫލްތަކުން ހެދިކާ ދަރިވަރުންނައް އަންގައިގެންވެސް ގެންދިޔަ!
ޕޢރެންޓް
20 November 2017
ހުރިހާ ސްކޫލަކަށް މިނިސްޓްރީން ޖާފަތް ތައްޔާރުކުރަން ފައިސާ ދިންއިރު، އަރަބިއްޔާ ސްކޫލަކަށް ނުދޭ!
ޤައުމިއްޔަތު
20 November 2017
މިފަހަރު ޤައުމިއްޔަތު ދިރުވަން މިޖެހުނީ ޖާފަތް ދޮށުގަ ތިބެގެން ހަފައިގެން.
އަލީމް
20 November 2017
ގައުމިއްޔަތެއްނެތް ތާކު ފާހަގަކުރާނެ ގައުމީ ދުވަހެއް އޮވޭތަ. ގައުމުގަ ހިނގާއެއްވެސް ކަމަކީ ރައްޔިތުންނާ ބެހޭ ކަމަކަށްނުވޭ. އަހަރެމެން ރާއްޖޭ ގައުމީ ދުވަސް މާނަކުރެވެނީ ޖާފަތްހަދާ ވަކިވައްތަރެއްގެ ހެދުމެއް ލައިގެން ގަދަޔަށް ބަނޑުފުރާ ދުވަހެއްގެ ގޮތުގަ. ގައުމީވަންތަކަމުގެ އެންމެ ބޮޑު އަސާސްއަކީ އަދުލު އިންސާފު ނާއިންސާފުލިބޭމީހުންގެ ވާހަކަ ދެއްކުން މިތާ މަނާ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
19 November 2017
ރައްޔިތުން ބިކަކޮށްފައިވާ ތަނެއްގައި އަދި އަމުދުން “އަދުލުވެރިކަމާއި އެކުގައި ހުކުމް ކުރުމާއި ތަންފީޒު ނުކުރާ ބިމެއްގައި” އަސީރު ކުރެވިފައިވާ ރައްޔިތެއްގެ ހިތަށް ތިހެން ދުވަސްތައް ފާހަގަ ކުރިކަމުގައިވިޔަސް އޭގެ ސަބަބުން ނިކުންނާނެއެދެވޭ ނަތީޖާއެއްނެތް. މިދައުލަތް ހިންގުމަށް ހަވާލުވެ ތިބި މީހުންގެ އަމަލު ހުރިގޮތުން ރާއްޖެ ބައިބައި ވުމަށް މަގުފަހިވަމުންދޭ. މާލެ ނޫން ރަށްރަށަށް ދައުލަތުގެ ހަޒާނާއިން ހޭދަކުރުމެއްނެތް ކަން ދޭހަވާގޮތަށް ފާޅުގައި ވާހަކަ ދެއްކުން އާންމުކޮށްފި. ޔާމީން އަބުދުލް ޤައްޔޫމް ގޮވާލަނީ “ކުލީ އަޅުންގެގޮތުގައި ރަށްރަށުގެ މީހުން އާއިލާ އާއި ވަޒަން ދޫކޮށް މުޤައްދަަސް ރަށްގަނޑަށް ހިޖުރަ ކުރުމަށް” އަދި އޭނާގެ މާލީ ވަޒީރު އަންގަނީ ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ބަޖޭޓް ނުދެއްވާނެ ކަމަށް. “ޤާނޫނީ އިމުން މިސަރުކާރު ބޭރުވެފައިވާތީ 2018 ގެ އިންތިހާބަށް އިންތިޤާލީ ސަރުކާރުގެ ރައީސަކަށް ޕްރޮފެސަރ ހަސަން އުޤައިލު ގެންނާން މޑޕ މެންބަރުން ހިޔާލު ކުރުމުން ދާހިލީ ވަޒީރު ޖެހީ ޖޯކް.
ވާލުސޮރު
19 November 2017
މިއޮތީ 2018 ގެ ކެމްޕޭނުގެ ބޮޅުތައް ގަތަންފެށިފަ ކޮންމެ ސްކޫލެއްގެ ކޮންމެ ކްލާހަކަށް ޖާފަތް ތައްޔާރުކުރުމަށް 5000ރ. ތަން ތައްޔާރުކޮށްލުމަށް 1000ރ. މިވެރިކަމުގަ އަލަށް ގައުމީދުވަހެއް އައިމަ ގޯހެއް ނޫނެއްނު.
ށަމް
20 November 2017
މިވެރިކަމުގަ އަލަށްތަ ޤިއުމީ ދުވަސް މިއައީ ؟
ްްްއީޓްއޯލް
19 November 2017
ކިހިނެތް ވާނީ ގައުމީ ދުވަހު ސަރުކާރުން ޖާފަތެއް ހަދާ ރައްޔިތުންނައް ކާންދިނީޔާ.. ޖުލައި 26ގަ ވެސް ދަރުބާރުގޭގަ ކާން މިދެނީ އިޒަތްތެތިންނައް ވީޔަ..
އަހު
19 November 2017
ކޮންމެކަމެއް ސަރުކާރުބޮލަށްޖަހަނީ ކީތްކުރަން!
ކައްޓި
19 November 2017
ސަރުކާރު ބޮލަސް ނުޖަހާ ދެންކާކު ބޮލަސް ޖަހާނީ ބޮޑުބޮސް ބޮލަށް؟.