ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ މަންޒަރެއް؛ ފިލްމް އެޕްރީލް 21 ގައި އަޅުވާނެ.
04 ޖެނުއަރީ 2018 - 06:59
މި އަހަރު ދިވެހި ސިނަމާ އަށް އަންނަން ހުރި ފިލްމުތަކުގެ ތެރެއިން ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ "ތިޔަ ލޯތްބާ ދުރަށް" އެޕްރީލް 21 ގައި އޮލިމްޕަހުގައި އަޅުވާ ގޮތަށް ނިންމައިފި އެވެ.
މިއީ މީގެ ކުރިން ވަރަށް ގިނަ ޑްރާމާތަކާއި ފިލްމުތަކަށް ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާ (މަރީ) ގެ އަލަތު ޑައިރެކްޝަނެވެ. ފިލްމުގައި ލީޑް ރޯލުން ފެންނާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) އެވެ.
އެ ތަރިންނާ އެކު ފިލްމުގެ ކާސްޓުންގެ ތެރޭގައި އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން އަދި ބަތަލާ މަރިޔަމް ޝަހްޒާ ވެސް ފެނިގެން ދާނެ އެވެ. އަދި ލަންކާގެ ބަތަލާ އުދޭނީ ވެސް މި ފިލްމުގައި ބައެއް ކުޅެ އެވެ.
އަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށްފައިވާ ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައި، މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ތިޔަ ލޯތްބާ ދުރަށް" އަކީ މަރީ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސް ޓެކްނޯ މީޑިއާ އިން އުފައްދާ ފިލްމެކެވެ.
"ތިޔަ ލޯތްބާ ދުރަށް" އަކީ މަރީގެ ފުރަތަމަ ފީޗާ ފިލްމް.
މަރީ ބުނި ގޮތުގައި "ތިޔަ ލޯތްބާ ދުރަށް" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ. "މީގެ ކުރިން އަހަރެންގެ ވާހަކަތަކަށް ހެދި އެއްޗެހިތައް ވެސް ވަރަށް ކާމިޔާބު. ބެލުންތެރިންނަށް ވަރަށް ކަމުދިޔަ،" އޭނާ ބުންޏެވެ.
"އެހެންވީމަ މި ފިލްމު ވެސް ހަމަ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަނީ."
Thiya Loaybaa Dhurah: Reethi loabeege filmakah vedhaane
The most trusted news source in the Maldives
Mihaaru
"ތިޔަ ލޯތްބާ ދުރަށް" އަކީ ލަންކާގައި ޝޫޓްކޮށްފައިވާ ފިލްމެއް.
ޖުމްލަ ހަތަރު ލަވަ ހިމެނޭ "ތިޔަ ލޯތްބާ ދުރަށް" ގައި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ކުރިން ކިޔައިފައިވާ ދެ ލަވައެއް ވެސް ހިމެނެ އެވެ.
އެޕްރީލް 21 ގައި މި ފިލްމު އަޅުވާ އިރު، ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކްރައިމް ތުރިލާ "ގޮށްރާޅު" އެޕްރީލް 5 ގައި އަޅުވަން ވެސް ވަނީ ތާވަލްކޮށްފަ އެވެ. މިއީ ޑައިރެކްޓަރު ފާތުމަތު ނަހުލާއާ ގުޅިގެން "4426" ގެނެސް ދިން އަހުމަދު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮޅަލ
04 January 2018
"މީގެ ކުރިން އަހަރެންގެ ވާހަކަތަކަށް ހެދި އެއްޗެހިތައް ވެސް ވަރަށް ކާމިޔާބު. މިފަދަ އިބާރާތްތައް މޮޅެތި ވާހަކަ ލިޔުންތެރެިން ބުނުމުން ވާހަކަ ތަކުގެ ފެންވަރު އެގިގެން ދާނެ...
ހައްޖަ
04 January 2018
ތިޔަލޯތްބާ ދުރަށްދިޔަ ގޮތަށް، ތިޔަ ފިލްމާ ދުރަށް މީހުން ނުގޮސްފިއްޔާވާ ރަނގަޅު.