07 ޖެނުއަރީ 2018 - 06:09
މިދިޔަ އަހަރު އެއްގޮތަކަށް ވެސް އައިޝްވަރިޔާ ރާއީ ފިލްމަކުން ނުފެނެ އެވެ. ނަމަވެސް މިއީ އައިޝްވަރިޔާގެ ވަރަށް ތަފާތު ފިލްމުތަކެއް ފެންނާނެ އަހަރެކެވެ. މިހާރު އޭނާ ކުޅެމުން އަންނަ ތިން ފިލްމެއް އެބަ އޮތެވެ. އެއީ އަނިލް ކަޕޫރާއި ރާޖްކުމާރު ރާއޯއާ އެކު "ފޭން ޚާން" އާއި "ރާތު އައުރު ދިން"ގެ ރިމޭކް އަދި އޭނާ ޑަބަލް ރޯލް ކުޅޭ ފިލްމެކެވެ.
ފިލްމީ ޚަބަރުތައް ބުނާ ގޮތުން ޑަބަލް ރޯލު ކުޅޭ ފިލްމުގެ އަގު ބޮޑުކުރަން އައިޝްވަރިޔާ ވަނީ ގަސްތުކޮށްފަ އެވެ. މިޑް-ޑޭ ނޫހުން ބުނީ އެ ފިލްމުގައި އައިޝްވަރިޔާ ޑަބަލް ރޯލު ކުޅޭތީ އިތުރު ވަރަށް ގިނަ ތައްޔާރީތައް އޭނާ އަށް ކުރަން ޖެހެ އެވެ. އަދި މި ފިލްމަށް ވަރަށް ގިނަ ވަގުތު ވެސް ދޭން ޖެހޭތީ ލިބޭ އެހެން އިތުރު ފިލްމުތައް ދޫކޮށްލަން މަޖްބޫރުވެ އެވެ. އެ ފިލްމު ކުޅެދޭ އަގު 10 ކްރޯޑު (100 މިލިއަން ރުޕީސް) އަށް ހަދަން އައިޝްވަރިޔާ ގަސްތުކުރީ މި ސަބަބާ ހެދި ކަމަށް ވެއެވެ.
އައިޝްވަރިޔާގެ އެ އަގަށް ޕްރޮޑިއުސަރުން މިހާރު އެއްބަސްވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޕްރޮޑިއުސަރު ޕްރޭރްނާ ގަބޫލުކުރާ ގޮތުގައި އެ ފިލްމަށްޓަކައި އައިޝްވަރިޔާ ވަރަށް ގިނަ ކަންތައްތަކެއް ގުރުބާން ކުރަން ޖެހެ އެވެ. އެހެންވީމާ އެއީ އޭނާ އަށް ހައްގު އަގެއް ކަމަށް ޕްރޮޑިއުސަރު ގަބޫލުކުރެ އެވެ.
ޕްރޭރްނާ ބުނި ގޮތުގައި އައިޝްވަރިޔާއާ އެކު "ފޭން ޚާން" ގައި މަސައްކަތް ކުރުމަކީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި އިތުރު ދެ ފިލްމެއް ވެސް އައިޝްވަރިޔާއާ އެކު ކުޅެން އެމީހުން ވަނީ ގަސްތުކޮށްފަ އެވެ. އޭގެ ތެރޭގައި ނަރްގިސް ކުޅެފައިވާ "ރާތު އައުރު ދިން"ގެ ރިމޭކް އާއި ސަންޖޭ ދަތުގެ ބައޮޕިިކް ހިމެނެ އެވެ.
މިއީ އައިޝްވަރިޔާ ޑަބަލްރޯލު ކުޅޭ ފުރަތަމަ ފިލްމެއް ނޫނެވެ. އޭނާގެ ފުރަތަމަ ފިލްމު "އިރުވަރް" ގައި ވެސް ވަނީ ޑަބަލް ރޯލު ކުޅެފަ އެވެ. އޭގެ ފަހުން އޭނާ ކުޅުނު ތަމަޅަ ފިލްމު "ޖީންސް"ގައި ވެސް އައިޝްވަރިޔާގެ ޑަބަލް ރޯލު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމާ
07 January 2018
އައޝްވަރިއާ ހާދަ ނަލައޭ .. އަސްލައް ފެންނާނީ ކިތައް ކުރޯޑް ދީގެން ބާ
މަންޖެ
07 January 2018
މަގޭ ޖީބު ހުސްކޮށްދީފާނަން.
ހަސަން ފޭދޫ
07 January 2018
10 ކުރޯޑު އެއީ 100 މިލިޔަން. 1 ބިލިޔަނެއްނޫން.