"ރޭވުމުން" ގެ ޕޯސްޓަރެއް: ފިލްމް އަޅުވާނީ އަންނަ މަހުގެ 24 ގައި.
27 ފެބުރުއަރީ 2018 - 07:10
އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ލޯބީގެ ބިރުވެރި ފިލްމް "ރޭވުމުން" އަންނަ މަހުގެ 24 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރަން ނިންމައިފި، ފިލްމްގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ 2016 ގައި ލައިފްޓައިމް އެޗީވްމަންޓް ލިބުނު އަމްޖޭ 2011 ގައި ރިލީޒް ކުރި "ހިތޭދޭމީ" އަށް ފަހު ގެނެސްދޭ ފުރަތަމަ ފަހަރެވެ.
އަމްޖޭ ޑައިރެކްޓް ކުރި 52 ވަނަ ފިލްމް "ރޭވުމުން" އަންނަ މަހު އަޅުވަން ނިންމާފައިވާތީ، ފިލްމްގެ ފޭސްބުކް ޕޭޖް ލައިކްކޮށް، ޝެއާކޮށްގެން ޓިކެޓް ހޯދޭނެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
"މާލޭގެ އިތުރުން އައްޑު އާއި ކުޅުދުއްފުށި ފުވައްމުލައް ކަހަލަ ބޮޑި ރަށްރަށުގައި ވެސް ފިލްމް އެޅުވުމުގެ ވިސްނުން އެބަހުރި،" އޭނާ ބުންޏެވެ. "އެކަމަކު އެ ތަންތާނގައި މާލެއާ އެކީ ޕްރިމިއާ ކުރާނީތޯ އަދި މުޅިއަކުން ފައިނަލެއް ނުކުރެވޭ."
މީގެ ކުރިން ވެސް "ސަނދުރަވިރޭ" އާއި "ދޮންކަމަނަ" އަދި "އުދަބާނި" ފަދަ ކާމިޔާބު ލޯބީގެ ބިރުވެރި ފިލްމްތަކެއް ގެނެސް ދިން އަމްޖޭގެ މި ފިލްމަކީ އޭނާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
ހުޅުމާލޭގައި މަންޒަރުތައް ނަގާފައިވާ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާދިފާ އެވެ. މީގެ އިތުރުން "ރޭވުމުން" ގެ ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ، މުހައްމަދު ޝާޒް (ތަޖޫބެ)، ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) ފަދަ އެކްޓަރުން ހިމެނެ އެވެ.
ފިލްމް "ރޭވުމުން" ގެ ޓީޒާ ޓްރެއިލާ.
އަމްޖޭ ބުނީ މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"ބެލުންތެރިންނަށް ވަރަށް ކަމުދާ ކަހަލަ އެއްޗަކަށް މީތި ވާނެ." މި ވަގުތު ފިލްމްގެ ބެކްމިއުޒިކް ކުރިއަށްދާކަން ފާހަގަކޮށް އޭނާ ބުންޏެވެ. "މިއަށް ހުންނާނެ ވަރަށް މަސައްކަތްކޮށްފައި. ފިސާރި ފިލްމަކަށް ވާނެއޭ ބުނެވޭނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަަހަ
27 February 2018
އަމްޖޭގެ މާ ރީތި ފިލްމެއް ބެލުނު ހަނދާނެއް ނެތް.
މަމެން
27 February 2018
ޗަސްބެއް ނެތް
ރުބޫ
27 February 2018
ޕޯސްޓަރު ކަޑަ. ކޮލިޓީއެއް ނެތް.
މުއާ އަބްދުﷲ
27 February 2018
އަނެއްކާ ވެސް އެއްކަލަ އަމްޖޭގެ ފީކަޅާ ފެންވަރެއް ނެތް ފިލްމަކަށް ވާނީ. ތިޔަ ފިލްމްގައި ހުންނާނެ ފެންވަރު ތިޔަ ޓީޒާގަނޑުން ވެސް ފެނިއްޖެ. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދިނީމަ ވެސް ހުއްޓާލާކަށް ނޫޅުނޭ. ފިސާރި ފިލްމެކޯ. ވަރަށް ސަލާން