މުނިފޫހިފިލުވުން / މޯލްޑިވިއަން އައިޑޮލް ސީޒަން 3

މޯލްޑިވިއަން އައިޑޮލްގެ ގަދަ 12އާ އެކު ފޯރި ގަދަވެއްޖެ

ޕިއާނޯ ރައުންޑްގެ ދެވަނަ ބުރުގެ 8 ބައިވެރިން ރޭ ސްޓޭޖްމަތީގައި: ގާލާ އިން ފުރުސަތު ލިބުނީ 6 ބައިވެރިއަކަށް. ފޮޓޯ/ ޕީއެސްއެމް

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑްގެ ޝޯތައް ރޭ ނިންމާލައި، މުބާރާތުގެ ހަގީގީ ދަތުރަށް ފަށާ 12 ބައިވެރިން މިހާރު ކަށަވަރުވެއްޖެ އެވެ. އެއާ އެކު ގާލާ ރައުންޑްގެ ޝޯތައް އަންނަ ހަފުތާގައި ފަށާނެ އެވެ.

މިދިޔަ ހަފުތާގައި ޕިއާނޯ ރައުންޑުން ފާސްވެ، ގަދަ 12 ގެ ފުރަތަމަ ހައެއް ކަށަވަރުވެގެން ގޮސްފައިވާ އިރު، ރޭގެ ޝޯ ނިންމައިލީ ބާކީ އަނެއް ހަ ބައިވެރިން ހޮވުމަށް ފަހު އެވެ. ގާލާ ރައުންޑުން ޖާގަ ހޯދި އަނެއް ހަ ބައިވެރިންނަކީ ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލްކަރީމް، ނައުޝާދު އަބްދުއްލަތީފް އަދި މަރިޔަމް ސަލްވާ އެވެ.

މި ބައިވެރިންނަށް ގާލާ އޮމް ފުރުސަތު ތަނަވަސްވީ އާންމުންގެ 50 ޕަސެންޓް ވޯޓާއި ހަތަރު ޖަޖުންގެ 50 ޕަސެންޓް ވޯޓް އެއްކޮށްލައިގެން ލިބުނު ނަތީޖާއާ އެކުގަ އެވެ. ގާލާ އިން ފުރުސަތު ނުލިބި ރޭ ކަޓައިގެން ދިޔައީ މޫސާ އިޝާން އާއި އަހުމަދު ނާޒިހެވެ.

ޕިއާނޯގެ ދެވަނަ ރައުންޑްގައި ވާދަ ކުރި އަށް ބައިވެރިން.

މިހާރު މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ 12 ކަށަވަރުވެ، އަންނަ ހަފުތާގައި ފޯރި ގަދަވާނެ ގާލާ ރައުންޑް ފަށާ އިރު، ޕިއާނޯ ރައުންޑް ގިރާކޮށް، ގާލާ އިން ޖާހަ ހޯދި އަނެއް ހަ ބައިވެރިންނަކީ އައިޝަތު އަޒަލް ޒާހިރު، އަބްދުﷲ މުރްޝިދް، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، ޝާން ޝަރީފް އަދި ގޯލްޑެން މައިކް ހާސިލް ކުރި ރައިހާން އާދަމެވެ.

ޓީވީއެމުން ކޮންމެ ހަފުތާ ބަންދެއްގައި ގެނެސްދޭ މޯލްޑިވިއަން އައިޑޮލްގެ މި ފަހަރުގެ ޝޯގެ އަސްލު ދަތުރާ އެކު، މުބާރާތުގެ ފޯރި ވެސް ކުރިއަށް އޮތީ އެވެ. ޓައިޓްލް ދޭނެ ލަވަ ކިޔުންތެރިއަކު ހޮވުމުގައި ބެލުންތެރިންގެ ހިއްސާ ވެސް އޮންނާނެ އެވެ. އެ ދަތުރު އަދި ކުރިއަށް އޮތީ އެވެ. މި ޝޯއަކީ އާންމުކޮށް ތިން މަހެއްހާ ދުވަހަށް ދެމިގެންދާ ޝޯއެކެވެ.

ޕިއާނޯގެ ދެވަނަ ރައުންޑްގެ ފަރުދާގެ ފުރަގަހުގެ މަންޒަރުތަކެއް.

މި ފަހަރުގެ އައިޑޮލްގެ ޖަޖުންގެ ތެރޭގައި ހިމެނެނީ އިސްމާއީލް އައްފާން، މަރިޔަމް (ކިޑީ) އުނޫޝާ، އަހުމަދު (އައްމަޑޭ) އިބްރާހީމް އަދި ޒާރާ މުޖުތަބާ އެވެ. ޝޯގެ ހޯސްޓުންނަކީ މޫސާ ވަސީމާއި ޝާއިނާ ޝަރީފެވެ.

10 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 11%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖާހު

11 March 2018

ފޯރިއެއް ނެތް. ވަރަށް ކަޑަ. ބައެއް ޖަޖުންގެ ބަހުރުވަ ދިވެހި މާހައުލަކާ ނުގުޅޭ. ބުނެފާނެ ލަވައެއް ކާލަންވީއޭ ނޫނީ ލަވައެއް ބޯލަންވީއޭ

The name is already taken The name is available. Register?

އައިޑަލްގެ ބައްޕަ

11 March 2018

ކުދިންނޭ ވަރަށް ތެދު ތެދައް ވާހަކައެއް ބުނަންތަ؟ ކުރާނެ ކަމެއް ނެތިއްޔާ އަރާ ނިދާބަލަ. ތި އައިޑަލް އަށް މިހާރަކު ބަޔަކު ނުދޭ ސަމާލު ކަމެއް. ގަވައިދާ ހިލާފަށް ލައިޝާއަށް އެއްވަނަ ދިނީ ޝަލަބީ ހުއްޓާ. މިފަހަރުވެސް ވާނީ އެހެން. ހަމަ ތީތި ގަވައިދާ ހިލާފަށް ލިބޭނީ ސައިނާ އަށް. ތީގަ ނެތޭ ނޭގޭ އެއްޗެއް.

The name is already taken The name is available. Register?

އިޙްސަ

11 March 2018

ގަވާއިދާ ހިލާފަށް ލައިޝާއަށް ދިިނިއްޔޭ ބުނާތީ ހަމަ ހައިރާންވަން.. ޖަޖުންނަށް އޮވޯ ފުރިހަމަ އިހުތިޔާރުު މާކްސް ދިނުމުގަ. ދެން އޮތީ ކަލޭމެން ބެލުންތެރިންގެ އެސްއެމްއެސް. ލައިޝާއަށް ގިނައިން ލިބުނީކަމަށްވެސް ވެދާނެ.

The name is already taken The name is available. Register?

ޖާރިޔާ އަހުމަދު ދީދީ

11 March 2018

ނުބަލާ އެކަމަކު އައިޑޮލްގަ ވާނުވާ އިނގޭ.. ނޫހެއްގަ އައިޑަލްގެ ވާހަކައެއް އިނިއްޔާ ކިޔާފަ ކޮމެންޓްކުރޭ.. މިވަރަކަށް ސަމާލުކަން ދެވޭނީ

The name is already taken The name is available. Register?

ރަދީފް

11 March 2018

ނޮޓް އިމްޕޯޓެންޓް. ދޭބަލަ މަަހަށް ނުވަތަ މުޑިކާށި ހޮވަން.

The name is already taken The name is available. Register?

ބަދީއު

11 March 2018

މަހައްދިޔުމަކީ ވަރަށް ހަޑިކަމަކީތަ؟

The name is already taken The name is available. Register?

ޞބވވ

11 March 2018

އެހެންނާދޯ ބަނޑުފުރާނަ މުއްތިކިރަން މަސްނާޅަހުންނަ އެއްޗެއްކެވޭބައެއްނޫން! ޢެކަމަކުވެސް މަސްވެރޔާގެއަގެއްނެތް! ޥޥޥޥ ފޫހިވޭބައެއްދިވެހިންނާހެދި

The name is already taken The name is available. Register?

ނިއުމާ

11 March 2018

ނޮޓް އިމްޕޯރޓެންޓް ވީމަތަ ވަގުތު ހޭދަކޮށްގެން އާރޓިކަލް ކިޔާފަ ކޮމެންޓްކުރަނީ؟ ބޮލެއް ދެއްވާފައިވަނީ ހަމައެކަނި ފުނާއަޅަން ތޯއްޗެ؟

The name is already taken The name is available. Register?

ރަދީފް

12 March 2018

ނިއުމާ އަށް.ހަމަ އެކަނި ހެޑްލައިން ކިޔާފަ މަ ކޮމެންޓްކުރީ. ދެން ހިނގާބަލަ ފުނާ އަޅަނީ ކާތުތޯ ބަލަން.ލަދުކޮބާ؟؟ މަހަށް ދިޔުން އެއީ ވަރަށް މަޖާކަމެއް. ވ.ވެދުން

The name is already taken The name is available. Register?

ގުންޑާ

11 March 2018

ފޯރިގަދައެއް ވަކި ނުވޭ. މޮޅެތި ވާހަކަ ދައްކައިގެން މީހުންގެ ބޯ ކާނެ ކަމެއް ނެތް. ކޮބާ މިފަހަރުވެސް ބަލާ މީހުން މަދުވެގެން ޑްރާމާ އެއް ނެތްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454