މުނިފޫހިފިލުވުން

ނަހުލާގެ ވެބް ސީރީޒް "ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ ވެސް އިތުރުވެއްޖެ

އައްޒަ: ވެބް ސީރީޒް "ހުވާ" އިން ފެނިގެން ދާނެ.

ފާތުމަތު ނަހުލާގެ ވެބް ސީރިޒް "ހުވާ" ގެ މަސައްކަތް ފެށި ފަހުން، ގިނަ ބަޔަކު ތިބީ މިއީ ކިހިނެއް، ކޮން ގޮތަކަށް ފެންނާނެ ވެބް ސީރީޒެއްތޯ ބަލައިލަން ބޭނުންވެފަ އެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ހަ މަހެއްހާ ދުވަހަށް ދެމިގެންދާ ގޮތަށް ތައްޔާރުކުރާ މި ސީރީޒަކީ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒެވެ.

މުހައްމަދު ފައިސަލާއި ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެކްޓް ކުރާ ސީރީޒްގެ މަސައްކަތް އަންނަނީ ވަރަށް ބާރު ސްޕީޑްފައި ކުރަމުންނެވެ. ކުރިން މީގެ ރޯލެއް ޔޫއްޕެ ކުޅޭ ގޮތަށް ނެތަސް، ޔޫއްޕެގެ އިތުރުން ޒުވާން ބަތަލާ މަރިޔަމް އައްޒަ ވެސް މި ވަނީ "ހުވާ" ގެ ކާސްޓަށް މިހާރު އިތުރުވެފަ އެވެ.

ޔޫއްޕެއަކީ ސީރީޒްތަކަށް އެހާ އާންނު ނަމެއް ނޫން ނަމަވެސް، އައްޒަ ވަނީ މީގެ ކުރިން ނަހުލާ ގެނެސްދިން ސިލްސިލާތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ވަކިވުމުގެ ކުރިން" އާއި "އުމުރަށް ސަލާން" ހިމެނެ އެވެ.

ޔޫއްޕެ: ވެބް ސީރީޒް "ހުވާ" ގެ ރޯލަކުން ފެނިގެން ދާނެ.

ޔޫއްޕެ އާއި އައްޒައާ އެކު "ހުވާ" ގެ ކާސްޓުން ފެންނާނެކަން މިހާރު ކަށަވަރުވެފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ފައިސަލް، ޖާދުﷲ (ޖާދު) އިސްމާއީލް ހިމެނެ އެވެ.

ނަހުލާ ބުނީ "ހުވާ" އިން ގިނަ އަދަދަކަށް އާ އެކްޓަރުން ވެސް ފެންނާނެ ކަމަށެވެ.

"ޔޫއްޕެ އާއި އައްޒަ މީގެ ކާސްޓަށް ގެނެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެ މީހުންގެ ކެރެކްޓާތައް ވަރަށް ވަރުގަދަ ވާނެ މީގައި. އަހަރެން ބުނާނީ މުޅި ސީރީޒަށް ބަލާ އިރު ވެސް މިއީ ކޮންމެ އެކްޓަރަކު ހަމަ ލީޑް ރޯލެއް ކުޅޭނެ އެއްޗެކޭ،" ނަހުލާ ބުންޏެވެ. "ކާސްޓުން ބޮޑުވިޔަސް މީގެ ރޯލްތައް ވަރަށް ބެލެންސްކޮށް ގެނެސް ދޭން މަސައްކަތްކޮށްފައި ވެސް ހުންނާނެ. ބެލުންތެރިން ހަމަ ވަރަށް ގަޔާވާނެ އެއްޗަކަށް ހުވާ ވާނެ ކަމުގެ އުންމީދު ބޮޑު."

ބޮޑު ބަޖެޓަކުން ހަދާ ވެބް ސީރީޒްގެ ބެލުންތެރިންނަށް ދައްކަން ފަށާނެ އިރެއް، ނަހުލާ އަންނަ މަހުގެ ފަހުކޮޅު އިއުލާން ކުރާނެ އެވެ. މީގެ ފަހަތުގައި ހުރީ ފިލްމީ ދާއިރާއަށްޓަކައި ބޮޑު އިންވެސްޓްމަންޓެއް ކުރަން ފޫގަޅައިގެން ހުރި "ސިއްރު" ޕްރޮޑިއުސަރެކެވެ.

ނަހުލާ "ހުވާ" ގެ ބައެއް ކާސްޓުންނާ އެކު.

"ޝޫޓިން މިހާރު ވެސް ވަރަށް ބާރަށް ކުރިއަށް އެ ދަނީ. އަހަރެން ބުނާނީ އަހަރެންގެ އުފެއްދުންތަކުގައި ހުންނަ ޓަޗް ހުވާގައި ވެސް ވަރަށް ބޮޑަށް ހުންނާނޭ." ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު ބުންޏެވެ.

ނަހުލާ ބުނީ "ހުވާ" އަކީ ދިވެހިންނާ ހަމައަށް އަންނާނެ ފުރަތަމަ ދިވެހި ވެބް ސީރީޒަށްވާތީ، މިއީ ތާރީހުގެ ތެރެއަށް ވަދެގެންދާ ވަރުގެ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށެވެ.

"ވަރަށް ޕްލޭންކޮށްގެން، ވަރަށް ރަނގަޅަށް މީގެ މަސައްކަތްތައް ކުރިއަށް ދަނީ. އެންމެ ބޮޑު ޓާގެޓަކީ ފެންވަރު ރަނގަޅު މޮޅު އެއްޗެއް ހެދުން،" އޭނާ ބުންޏެވެ. "ވަކިން ހާއްސަކޮށް ތާރީހުގައި ލިޔެވޭ ކަހަލަ ފުރިހަމަ އެއްޗަކަށް މީތި ހަދަން ބޭނުން ވަނީ. އިރާދަކުރެވިއްޔާ އެކަން ހާސިލު ވާނެ."

12 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 2%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯކް

14 March 2018

ޔޫއްޕެ އާއި އައްޒަ ހަމަ ކުއްލިއަކާ ވަދެވޭތް ވާހަކަ އާއި ސްކްރިޚް ޓަސްލާފަ ބަދަލުކުރެވަެތަ ފަށާފަ އޮތް އެއްޗެއްގެ ކުޑަކުދިން ކައިރީ ދައްކާކަހަލަ ވާހަކަ ނުދައްކާ ނަހުލާ އިޓްސް އަ ވެލް ޕްލޭންޑް ގޭމް

The name is already taken The name is available. Register?

އާން

15 March 2018

ރަނގަޅު ވާހަކައެއް ކޮމިޓްމަންޓް ދީފަ ފުްލްފިލް ނުކުރެވޭ ނަހުލާއަށް. މީ ބައިވަރު ވާހާކަ، ނަހުލާއަށް އިނގޭނެ މިހެން ބުނީމަ މަމީ ކާކުކަން

The name is already taken The name is available. Register?

ވެލޭ އޭސާ

14 March 2018

ކޮބޭ ނަހުލާގެ އެ "ބީ"؟

The name is already taken The name is available. Register?

ޟީން

14 March 2018

ޔޫއްޕެ އާ އައްޒަ ގެ ކެމިސްޓުރީ ވަރަށް ސަޅިވާނެކަންނޭގެ

The name is already taken The name is available. Register?

ޟަރީ

14 March 2018

ބައިގަރުނުގެ ކުރިއެރުންތަ މީ؟؟ އަޒޫ ނަގާބަލަ

The name is already taken The name is available. Register?

މަރީ

15 March 2018

ޟަރީ ތިބުނީ ރަނގަޅަށް އަޒޫ އަކި 1 ވަން ބަޓް ލޯބަޖެޓް އެއްޗެއްސައް އަޒޫ ނުލާނެ ތާ ދޯ.

The name is already taken The name is available. Register?

ޖުހާގެ

14 March 2018

އެންމެ ފަހުން ޔޫއްޕޭ މި ޖެހުނީ ނަޙޫއާ އެކު މަސްއްކަތް ނުކުރަން ބުނެފަ ކުރަން ދޯ؟ އެހެަންވެ ގަދަބަސް ނުބުނަންވީ!

The name is already taken The name is available. Register?

ފައްތާހު

14 March 2018

ގައިމު ޔޫއްޕެ ފިލްމުކުޅުން ހުއްޓާލައިފީމޭ ބުނިތާވެސް މިހާރު 10 އަހަރު ވެއްޖެ. ކިހިނެއް ތިހަދަނީ؟

The name is already taken The name is available. Register?

ތޮތޯ

14 March 2018

ފައްތާހުމޮޔަ ނުގޮވާ ޔޫއްޕޭ ބުނީ އެބަ ވިސްނަމެ، ބަޓް ހުއްޓާ ނު؛ލާ، ޒާތީ ނުވޭ

The name is already taken The name is available. Register?

ފުންއަސަރު

14 March 2018

ނަހޫއަށް ވާނެ. ނަހޫއަކީ އިތުބާރާ ޔަގީންކަން ލިބިފާވާ މޮޅު ކަމަނާއެއް. ކަމަނާގެ ތިޔަ މަސައްކަތަކީވެސް ވަރަށް ރަނގަޅު މަސައްކަތެއް ކަމުގާ ވާނެ. ތިއީ ހަމަ ފިސާރި ކަމަނާއެއް. ކަމަނާއަށް އަހަރެން ފުލް.

The name is already taken The name is available. Register?

އަބީނާ

14 March 2018

ހުވާތަ؟

The name is already taken The name is available. Register?

މަމެން

14 March 2018

ހުވާތަ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454