މުނިފޫހިފިލުވުން

"ހުވާ"ގެ ލަވަތަކަށް މިއުޒިކް ހަދަން އާންމުކޮށް ފުރުސަތު ހުޅުވާލައިފި

ނަހުލާ: ޒުވާން އާ މިއުޒިޝަނުންނަށް އޭނާގެ އުފެއްދުންތަކުން ފުރުސަތު ދޭން ބޭނުންވޭ.

މިއީ މިއުޒިކް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ޒުވާން މިއުޒިޝަނުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ވެދާނެ އެވެ. މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ މިހާރު ހަދަމުން އަންނަ ވެބް ސީރީޒް "ހުވާ" ގެ ލަވަތަކުގެ މިއުޒިކް ހަދަން މިއޮތީ ހުޅުވިފައި އޮތް ފުރުސަތެކެވެ.

ޝައުގުވެރިކަން ހުރި ޒުވާން މިއުޒިޝަނުން ކޮށްލަން ޖެހޭ ކަމަކީ ފޭސްބުކުން ނަހުލާ އަށް އިންބޮކްސްކޮށްލުމުވެ.

"އޭރު އަހަރެން އެ މީހުންނާ ކޮންޓެކްޓްކޮށްގެން ކުރިއަށް ގެންދާނަން. އަސްލު ބޭނުންވީ މި ފަހަރު ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ދާތީ އަމިއްލަ ރާގުގެ ލަވަތައް ހަދަން ޝައުގުވެރިވާ ޒުވާން އާ މިއުޒިޝަނުންނަށް ފުރުސަތުތަކެއް ދޭން،" ނަހުލާ ބުންޏެވެ.

އޭނާ ބުނީ ދޭތެރެ ދޭތެރެއިން އާ ބައެއް މިއުޒިޝަނުން އެ މީހުން ހަދާފައި ހުންނަ ލަވަތައް ހިއްސާ ވެސް ކުރާ ކަމަށެވެ.

"އަހަރެން ބޭނުންވާ ކަހަލަ ފީލްގެ ލަވަތައް ހަދައި ދެވޭ ކަހަލަ ކުދިންނަށް ހުވާ އިން ހަމަ ޔަގީނުން ވެސް ފުރުސަތު ލިބޭނެ."

"ދޭތެރެއަކުން ކޮންމެ ވެސް ކުއްޖަކު އޭނާ ހަދާފައި އޮންނަ ލަވައެއް އަޑު އަހާލަދޭށޭ ކިޔާފައި ޝެއާކޮށް ހަދާނެ. އެހެންވެ މި ފަހަރު އަހަރެން ނިންމީ ހުވާގައި ގިނަ އަދަދަކަށް ލަވަލަވަކޮޅުތައް އަންނާތީ އާ ކުދިންނަށް މީގެ ލަވަތައް ހަދަން ފުރުސަތު ދޭން،" އަބަދުވެސް އުފެއްދުންތަކުގައި ލަވަތައް ރީތި ކުރަން ހާއްސަ އިސްކަމެއްދޭ ޕްރޮޑިއުސަރު ބުންޏެވެ. "އަހަރެން ބޭނުންވާ ކަހަލަ ފީލްގެ ލަވަތައް ހަދައި ދެވޭ ކުދިންނަށް ހުވާ އިން ހަމަ ޔަގީނުން ވެސް ފުރުސަތު ލިބޭނެ."

ނަހުލާ ބުނީ މިއީ ގެއްލިފައި ނުވަތަ ކުރިއަށް ދާނެ މަގެއް ނުފެނި ތިބި ޒުވާން މިއީ ހުޅުވައިލާ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ހަމަ އެ ކުދިންނަށް އިތުރު ފުރުސަތުތައް ވެސް ލިބިގެން ދާނެ." އޭނާ ބުންޏެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454