"ރޭވުމުން" ގެ ޕޯސްޓަރެއް: މިއީ ލޯބީގެ ބިރުވެރި ފިލްމެއް.
24 މާޗް 2018 - 06:48
ހަތް އަހަރަށް ފަހު، ޑައިރެކްޓަރު އަމްޖަދު (އަމްޖޭ) އިބްރާހީމް ގެނެސްދޭ ފުރަތަމަ ފިލްމް "ރޭވުމުން" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ.
ލޯބީގެ ބިރުވެރި ވާހަކައަކަށް ހަދާފައިވާ މި ފިލްމަކީ އަމްޖޭގެ އަމިއްލަ ސްކްރީންޕްލޭއަކަށް އޭނާ ޑައިރެކްޓް ކުރި 52 ވަނަ ފިލްމެވެ.
އަމްޖޭ ބުނީ މިރޭ އޮލިމްޕަހުގައި ފިލްމް ޕްރިމިއާ ކުރާއިރު، ޕްރިމިއާ ނައިޓް ހާއްސަ ކުރެވޭތޯ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިލްމް ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް މިރޭ ދައްކަން ފަށާނެ އެވެ.
"ރޭވުމުން" ގެ ލީޑް ރޯލް ކުޅެފައި ވަނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާޖިހާ (ނާޖި) އެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ފައުޒިއްޔާ ހަސަން، އަހުމަދު (ތަބޫޖެ) ޝާޒް އަދި މަރިޔަމް ޝަކީލާ، ހަސަން (ރޯނު) މަނިކް އަދި ނާޝިދާ ފަދަ ތަރިން ހިމެނެ އެވެ.
ދެހާސް ސޯޅައިގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބުނު އަމްޖޭ ޑައިރެކްޓްކޮށް، އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2011 ގެ "ހިތޭދޭމީ" އެވެ.
"ރޭވުމުން" ގެ ޓީޒާއެއް.
"ރޭވުމުން" އަކީ މި އަހަރު އަޅުވާ ތިން ވަނަ ފިލްމެވެ. އެންމެ ފަހުން އޮލިމްޕަހުގައި ދެއްކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
24 March 2018
“ރޭވުން” އަދި “ރޭ ވުން” މިއީ ތަފާތު ދެ މާނައެއް އޮންނަ ދެ ބުނުމެއް.
ނޯ ނޭމް
24 March 2018
ތިޔަ ޕޯސްޓަރެއް ފެނުނަސް އަހުން ގަޔަށް ކުޑަކަމުދެވޭ. ބިރަކުން ނޫން. ހިނިއަންނަވަރުން.
ހެހެހެ
24 March 2018
އެކަމު ފިލްމް ބަލާފަ އެކަނި މީހުން ނޫޅޭ ފަޅު ހިސާބަކަށް ދާން ޖެހިލުންވާނެ.....