ޖުމަލް: ބައްޕަ ނިމާލް ޑައިރެކްޓް ކުރާ ފިލްމުން ފެނިގެން ދާނެ.
03 އެޕްރީލް 2018 - 06:39
ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ ކާމިޔާބު އެކްޓަރު ޖުމައްޔިލް (ޖުމަލް) ނިމާލާއި އޭނާގެ ބައްޕަ އަދި މަޝްހޫރު/އެކްޓަރު ޑައިރެކްޓަރު އަހުމަދު ނިމާލްގެ އާ ފިލްމްގެ ޝޫޓިން ކުރިއަށް އޮތް ރޯދައިގެ ފަހުން ފަށަން ނިންމައިފި އެވެ.
އާއިލީ ވާހަކައަކަށް، ނިމާލްގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ ފިލްމް ޝޫޓްކުރަން ހަމަޖެހިފައި ވަނީ ސްރީ ލަންކާ އާއި ރާއްޖޭގެ ރަށެއްގަ އެވެ. "ސިޓީ" އާއި "ޒަލްޒަލާ" ފަދަ ފިލްމްތައް ލިޔެ، ޑައިރެކްޓްކޮށްފައިވާ ނިމާލް ބުނީ މި ފަހަރުގެ ފިލްމަކީ ވަރަށް ވަރުގަދަ ސްޓޯރީއެއް ކިޔައި ދޭނެ ފިލްމެއް ކަމަށެވެ.
"އާއިލާ ރޫޅުމުން ދަރިންނަށް ދިމާވާ މައްސަލަތަކާއި އޭގެ ސަބަބުން ނުކުންނަ ބޮޑެތި މައްސަލަތަކެއް ފިލްމުން ދައްކުވައި ދޭނެ. މީގައި މައިގަނޑު އިންނާނީ ވަރަށް ވަރުގަދަ ތިން ކެރެކްޓާއެއް،" 2016 ގައި ގެނެސް ދިން "އެރެ އަށް ފަހު" ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ނިމާލް ބުންޏެވެ. "އެއީ އަހަންނާއި ޖުމަލް އާއި މީގެ ބަތަލާ ކުޅޭ ކެރެކްޓާ."
ނިމާލާއި ދަރިފުޅު ޖުމަލް: ދެބަފައިން އަންނަ އަހަރު އެކީގައި ސްކްރީނުން ފެންނާނެ.
ގިނަ ފިލްމްތަކެއް ކުޅެފައިފައިވާ އެކްޓަރު ބުނި ގޮތުގައި އާ ފިލްމްގެ ބަތަލާއަކަށް ހޯދަން ބޭނުން ވަނީ އާ ކުއްޖެކެވެ.
"ބޮޑަށް އާ އަންހެން ކުއްޖަކަށް މި ފޯކަސް ކުރަނީ. އޭޖް ގާތްގަނޑަކަށް ސައުވީހާއި އަށާވީސް އަހަރާ ދޭތެރޭ އަންހެން ކުއްޖަކު މިއަށް ބޭނުން ވަނީ. ޝައުގުވެރިވާ ކުދިންނަށް އެ ފުރުސަތު ވެސް އެބަ އޮތް،" ނިމާލް ބުންޏެވެ. "ރޯދަ މަހުގެ ތެރޭގައި ވަރަށް މަސައްކަތް ވެސް ކުރާނަން އާ ބަތަލާއަކު ހޯދަން."
އޭނާ ބުނީ އާ ފިލްމް ޕްރޮޑިއުސް ކުރަން ބޭނުންވާ މީހުންނަށް ވެސް އެފުރުސަތު އެބަ އޮތް ކަމަށެވެ.
ނިމާލްގެ ފޭސްބުކް ޕޯސްޓެއް.
"ލަންކާގައި ހުރެގެން ފިލްމްގެ ވާހަކަ ފޭސްބުކްގައި ޖަހާލީމަ ވެސް މިއަށް ފައިނޭންސް ކުރަން ބައެއް މީހުން އެބަހުރި ޝައުގުވެރިކަން ފާޅުކޮށްފައި،" ނިމާލް ބުންޏެވެ. "އެހެންވީމަ އަހަންނަށް ފޭސްބުކުން އިމްބޮކްސްކޮށްގެން ވެސް މިހާރު މީގައި ހިއްސާވުމުގެ ފުރުސަތު އެބަ އޮތް. ހަމަ އެގޮތަށް ފިލްމް ކުޅެން ޝައުގުވެރިވާ އާ އަންހެން ކުދިންނަށް ވެސް ފުރުސަތު މިއޮތީ ހުޅުވާލެވިފައި."
ފިލްމް ސިނަމާ އަށް ގެންނާނެ ސީދާ ތާރީހެއް އަދި ނިންމާފައި ނެތަސް ނިމާލް ބުނީ، ފިލްމްގެ ޝޫޓިން ފަށާތާ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ޝޫޓިން ނިންމާނެ ކަމަށެވެ.
"ލަންކާގައި ޝޫޓް ކުރާ ބަޔަށް ފަނަރަކަށް ދުވަސް ނަގާނީ. އެކޮޅުގައި ފިލްމް ޝޫޓް ކުރާނެ ތަންތަނާއި ފިލްމްގައި ބައިވެރި ވާނެ މީހުން ވެސް މިހާރު އެއްކޮށް ހަމަޖެހިފައި ވަނީ،" އޭނާ ބުންޏެވެ. "ރޯދަ ނިމޭ ގޮތަށް އެކޮޅަށް ފުރާނަން ޝޫޓިން އަށް."
Nimal roadhaige fahun feature filmegge massaiykaiy fashany
The most trusted news source in the Maldives
Mihaaru
ޖުމަލްއާ އެކު ދެވަނަ ފިލްމެއް ހަދާކަން ނިމާލް ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރު.
މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވަހި ފިލްމް އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި ޖުމަލް ފިލްމީ ދާއިރާ އަށް ތައާރަފުވީ ވެސް ބައްޕަ ނިމާލް ޑައިރެކްޓް ކުރި ފިލްމަކުންނެވެ. އެއީ 2014 ގެ "އަނިޔާ" އެވެ.
ޖުމަލް ލީޑް ރޯލް ކުޅެ، ޑާކް ރެއިން އެންޓަޓައިންމަންޓުން 2016 ގެނެސް ދިން ފިލްމް "ވާށޭ މަށާއެކީ" އިން ނިމާލާއި ޖުމަލްގެ ކުޑަކުޑަ ބައްދަލުވުމެއް ފެނުނަސް، އާ ފިލްމްވެގެން ދާނީ ދެބަފައިން އެކީގައި ބޮޑު ރޯލްތަކުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
އެހެންވެ މިއީ ބެލުންތެރިން ވަރަށް އިންތިޒާރު ކުރާނެ ފިލްމަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޖަރާ
03 April 2018
އާން. މަވެސް އިންތިޒާރުކުރަން. ވަރަށް ސަޅިވާނެ.