އައިޝްވާރިޔާ: އޭނާ އަށް ކުރީގެ ދެ ފިލްމެއްގެ ރިމެކިން ވަނީ ހުށަހަޅާފައި.
04 އެޕްރީލް 2018 - 06:15
ޖުލައިގައި ރިލީޒްކުރާ ފިލްމް "ފޭން ހާން" އަށް ފަހު، އައިޝްވާރިޔާ ރާއީ ދެން ކުޅޭނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އޭނާ އަށް ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ އިރު، މީގެ ތެރޭގައި ކުރީގެ ވަރަށް ކާމިޔާބި ދެ ފިލްމެއްގެ ރިމެކިން ވެސް ހިމެނެ އެވެ.
އެއީ "ރާތު އޯރް ދިން" އާއި "ވޯ ކޯންތީ" އެވެ. މި ދެ ފިލްމްގެ ރިމެކިން ރައިޓްސް އޮތީ "ފޭން ހާން" ވެސް އުފެއްދި ކްރިއާޖް އެންޓަޓައިންމަންޓްގެ އަތުގަ އެވެ.
އައިޝްވާރިޔާ ވަނީ އެ ދެ ފިލްމްގެ ބަތަލާގެ ރޯލް ވެސް، ކްރިއާޖްގެ ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ އޭނާ އަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު ދެ ފިލްމެއް ސޮއިކުރިކަން އައިޝްވާރިޔާ ކަށަވަރެއް ނުކޮށްދެ އެވެ.
ވޯގް އިންޑިއާގެ މި މަހުގެ ކަވަރުގައި އައިޝްވާރިޔާ އާއި ފެރެލް ވިިލިއަމްސް.
އޭނާ ބުނި ގޮތުގައި ސަންޖޭ ދަތާ އެކު 2005 ގެ "ޝަބްދް" ކުޅުނު ދުވަސްވަރު، "ރާތު އޯރް ދިން" ގެ ރިމެކިންއެއް ހަދާ ނަމަ، އެ ފިލްމްގެ ބަތަލާގެ ރޯލް އައިޝްވާރިޔާ ކުޅެން ވާނެ ކަމަށް ސަންޖޭ ބުނި ކަމަށެވެ. "ރާތު އޯރް ދިން" އަކީ ސަންޖޭގެ މަންމަ ނަގްރިސްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރެއިން އެއް ފިލްމެވެ. ނަރްގިސް މަލްޓިލްޕް ޕާސަނަލިޓީ ހުންނަ މީހެއްގެ ރޯލް ކުޅެފައިވާ 1967 އެ ފިލްމުން ވަނީ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.
"ކްރިއާޖުން އަހަންނަށް ރާތު އޯރް ދިން އޮފާ ކުރީމަ ފުރަތަމަ ވެސް ހަނދާނަށް އައި ޝަބްދްގެ ސެޓްގައި ސަންޖޭ ބުނި ވާހަކަ މަތިން. އަހަންނަށް ވެސް ވަރަށް ރީތި ފިލްމެއް އެއީ،" ވޯގް އިންޑިއާގެ މި މަހުގެ އަދަދަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ބުންޏެވެ. "އަހަރެން ވަރަށް ބޭނުން އެ ރޯލް ކުޅެން ވެސް. އެކަމަކު ފަހުގެ ނިންމުމަކާ ހަމައަކަށް އަދި ނާދެވޭ."
Some movies are timeless and #WohKaunThi is one of them!
— KriArj Entertainment (@kriarj) March 16, 2018
We are excited and thrilled to start filming this classic and will announce the star cast soon 🎬
Thank you for your love and support🙏🏻
ކްރިއާޖްގެ ޓްވީޓެއް.
އޭނާ އަށް ހުށަހަޅާފައިވާ އަނެއް ރިމެކިންއަކީ މަނޯޖް ކުމާރާއި ސާދްނާގެ ސަސްޕެންސް ތުރިލާ ވޯ ކޯން ތީ (1964) އެވެ.
"ވޯ ކޯންތީ ވެސް އޮފާކޮށްފައި އެބަ އޮތް. ވަރަށް އަވަހަށް ދެ ފިލްމާ ގުޅޭ ގޮތުން ގޮތެއް ނިންމާނަން،" 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" ގެ ބަތަލާ ބުންޏެވެ.
ކްރިއާޖުން ބުނި ގޮތުގައި "ވޯ ކޯންތީ" ގެ ކާސްޓް ވަރަށް އަވަހަށް އިއުލާންކޮށް، ފިލްމްގެ މަސައްކަތް ފަށާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގައި މަނޯޖްގެ ރޯލް ކުޅެން ޝާހިދު ކަޕޫރަށް ހުށަހަޅާފައިވާ އިރު، މި ފިލްމުން ކްރިއާޖްގެ އެއް ޕްރޮޑިއުސަރު އަރްޖުން އެން ކަޕޫރް "ވޯ ކޯން ތީ" ވިލަންގެ ރޯލުން ބޮލީވުޑަށް ނުކުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިލައިކް
04 April 2018
މަމެން ސަޕޯރޓް ކުރަން އައިޝްވަރިޔާ އަށް. މޮޅު އެކްޓްރެސް އެއް އަދި ކާމިޔާބު ލައިފެއް މޭކް ކުރާ ބިއުޓިފުލް ގާރލް އެކޭ މަމެން ބުނަން ނެތީމު ދޯ. އައިލައިކް ހާރ ވޭ އޮފް ލައިފް.
އައިށް
04 April 2018
މުސްކުޅިވެސް ނުވަނީތަ