ވެމްކޯގެ ކުރީގެ އެމްޑީ ފުއާދު: އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވީ ލޭންޑިން ކްރާފްޓެއް ގަތުމުގެ މައްސަލާގައި- ފޮޓޯ/މިހާރު
11 އެޕްރީލް 2018 - 12:13
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ލޭންޑިން ކްރާފްޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި، އޭގެ އަގުގެ 30 ޕަސެންޓަށްވާ 3.9 މިލިއަން ރުފިޔާ ދޫކުރުމުގައި އެ ކުންފުނީގެ ޕޮލިސީއާ ޚިލާފަށް ކަމަށް އަމަލު ކޮށްފައި ވާތީ ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ފައިސާ ހޯދަން ލޭންޑިން ކްރާފްޓް ވިއްކި ކުންފުނިން ހުށަހެޅި އިންވޮއިސް އެޕްރޫވް ކުރުމަށް އަތު ލިޔުމުން ލިޔެ، ސޮއިކުރީ ވެސް ވެމްކޯގެ އޭރުގެ އެމްޑީ ކަން ތަހުގީގަށް އެނގޭ ކަމަށް އޭސީސީގެ ބަޔާނުގައި ވެ އެވެ. އެނގިފައިވާ ގޮތުގައި އޭރު އެ ކުންފުނީގެ އެމްޑީއަކީ ފުއާދެވެ.
އޭސީސީން ބުނީ އަމިއްލަ ކުންފުންޏަކުން ލޭންޑިން ކްރާފްޓެއް ވިއްކަން ވެމްކޯ އަށް ޕްރޮޕޯޒަލް ހުށަހެޅީ އޭރު ފުއާދު އެދިވަޑައިގެން ކަމަށާއި އެއީ އެ ކުންފުނީގެ އެއްވެސް ޑިޕާޓްމެންޓަކުން އެދިގެން ނުވަތަ އެ ކުންފުންޏަށް ލޭންޑިން ކްރާފްޓެއް ބޭނުންވާ ކަމަށް ނިންމައިގެން ހުށަހެޅި ޕްރޮޕޯޒަލެއް ނޫން ކަމަށެވެ. އަދި ލޭންޑިން ކްރާފްޓެއް ގަންނަ ނަމަ އެކަން ވެމްކޯގެ ބޯޑަށް ހުށަހަޅަން ޖެހޭނީ ކަމާބެހޭ ޑިޕާޓްމެންޓަކުން ކަމަށް ވާއިރު، އެ ލޭންޑިން ކްރާފްޓް ގަންނަން ބޯޑަށް ހުށަހެޅީ އެމްޑީ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ލޭންޑިން ކްރާފްޓް ގަތުމަށް ބޯޑުން ނިންމުމުން އޭގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހެދިއިރު، ލޭންޑިން ކްރާފްޓްގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވާ ކަމަށާއި އެކަމަކު އެކަމާ ބެހޭގޮތުން ބޯޑުގެ އެހެން މެމްބަރުންނާ އެމްޑީ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެ އެވެ. އަދި އެ އުޅަނދު ގަތުމުގެ އެއްބަސްވުމުގައި ފުއާދު ސޮއިކުރެއްވީ ވެސް އެ އުޅަނދުގެ ހާލަތު އެނގިވަޑައިގެން ހުންނަވައި ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެހެންވެ، ވެމްކޯގެ އެ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި ފުއާދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާ ކުރުމަށާއި އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދީފައިވާ 3.9 މިލިއަން ރުފިޔާ އޭނާގެ އަތުން ދައުލަތަށް ހޯދުމަށް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ވެމްކޯގެ ކެޕިޓަލް އެކްސްޕެންޑިޗާ ރިކިއުޒިޝަން ފޯމަކީ ވެމްކޯގެ އެމްޑީ ވިދާޅުވެގެން، ތައްޔާރު ކޮށްފައިވާ ފޯމެއް ކަމަށާއި އެއީ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށް ލޭންޑިން ކްރާފްޓް ގަންނަ ކަން ދެއްކުމަށް ތައްޔާރު ކޮށްފައިވާ ފޯމެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެ އެވެ.
އެ މައްސަލާގައި ބައެއް ކަންކަން އިސްލާހު ކުރަން އޭސީސީން ވަނީ ވެމްކޯ އަށް އަންގައިފަ އެވެ. އެގޮތުން އެ ކުންފުންޏަށް ލިޔުންތައް ބަލައިގަތުމުގަ އާއި ތަކެތި ހޯދުމުގައި ޕްރޮކިއުމަންޓް އުސޫލު ހަރުދަނާ ކުރަން ވެސް އޭސީސީން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިމާލު
12 April 2018
ކޮބާ?
ޥެރިޔާ
11 April 2018
ފުއާދު އަކީ އެފަދަ ކަމެއް ކުރާަނެ މީިހެއް ނޫން. އޭނަ އަކީ އެއަށް ވުރެ ރަގަޅު މީހެއް. އޭނަގެ ބޮލުގަ ދޮގުއިލްޒާމް އަޅުވާ ބަޔަކަށް ހެޔޮވިސްނުން ދެއްވާށި އާމީން
ދަތްނެތްކުއްޖާ
11 April 2018
މި ސަރުކާރު ތެރޭގައި ވާ ކޮންމެ މުއައްސަސާ އެއް މިވަނީ ކޮރަޕްޓް ވެ ނިމިފާ! ރައްޔިތުންގެ ޓެކްސް ފައިސާ މި ވެރިން ހިތައް އެރި ގޮތަކަށް ތަލާ ބުރުއްސަނީ. ނުވިތާކަށް އަމިއްލަ އެކައުންޓް ތަކަށްވެސް އަލަނީ.
މެޑަމް
11 April 2018
ފުއާދޫ ކަލޭތީ ހާދަ ފޮނުއަރުވާފަ އުޅުނު މީހެކޭ! މިއަދު ބަލާ ކަލެޔަށް ތި ޖެހުނު ހާލު. ހައްގުނޫން ހުޝާމަތު ކުރުމުން ލިބުނު މޮޅެއް ނެތްތާ
ދޫނި ރާއްޖެ
11 April 2018
ފުއާދު ބުނެދޭންވާނެ ނުބައިބާ ބޮސްވީތަން. ކަލޭ އެކަނި ތިކަމުގަ ފަނާވެދާނެކަމެއްނެތް
ޖޯކަރު
11 April 2018
އައްޑޫ ހިތަދޫގައި 1 އަހަރު ކުރިން މީނާ ހާދަހާ އަނގަ ފުޅާކޮށްފައި ރައީސް ޔާމީނޭ، ތަރައްގީ އޭ ކިޔާ ވާހަކަ ދެއްކި އަޑު އެހީމޭ... މިހާރު ތަރައްގީ އެބަ ފެނޭތަ. މިއީ ތިޔަބުނާ ތަރައްގީ އަކީ. ގައުމުގެ ބައިތުލްމާލު ދަވާލުން. އެމީހަކަށް ކެވުނުވަރަކަށް ކައިފަ ބަހައްޓާ. އަދި ފަހަތުން އަންނާނެ ގާނުނު. އެންމެނާ އަރާ ހަމަ ކުރާނެ. ވ. ސަލާމް.
ބަލާ މީހެއް
11 April 2018
މިވަގުތު ބޭނުމީ ޢާއިލާއެއް ބޮޑެއްކުޑައެއްނުބަލާ ޤާނޫނު ތަންފީޛު ކުރާކަމުގެ ސިއްކައެއް މުޅި ޤައުމުގައި ޖަހަން . އެހެންވީމާ މައުމޫނުވެސް ފާރިޝްވެސް ވަނީ މިބައިގައި ހިމެނިފައި . ބޭނޫން ޤާނޫނުތައް ބޭނުންގޮތަށް ބަދަލުކޮށްފައި މިއަދު އޭގެ ފައިދާ މިދަނީ ކުރެވެމުން . މިސާލަކަށް ތުހުމަތަށް މީހުންހިފާހައްޔަރުކުރުން . ބޭނުންވަގުތަކު މީހުންގެ ގެދޮރަށްވަދެ ބަލާ ފަސްކުރުން . ދައުލަތުގެ ފަޅުރަށްތަށް ބޭނުންވާ ގޮތަކަށް ވިއްކުމާއި ބެހުމުގެބާރު މުށުތެރެއަށްލުން ކަހަލަ. އަދި ކުރީގެ ކޮރަޕްޝަން ނިމުނުހިސާބަކީ މިދެންނެވުނު ޤާނޫނުތައް އިސްލާޙުކުރުމަށް ލިބުނު ހިއްވަރަކަށްވެސް ވަނީވެގެން ގޮސްފައި.
ރަދީފް
11 April 2018
ކޮބާ 1 މިލިއަން ޑޮލަރުގެ މައްސަލަ.؟؟ އެކަން ވެސް ހިންގާލަބަ.އިންޓަޕޮލް އާއީ ގުޅިގެން ބޭރުގަ ތިބި ބަޔަކުވެސް ގެނެވޭނެ ދޯ.
އަގީލަންބާ
11 April 2018
ބޯޑް މެމްބަރުންނަށް ތިބީ ގަމާރުންތަ؟ ނޫނީ ބައި އެޅީތަ؟
ޝިފާގު
11 April 2018
ސަރުކާރު ކުންފުނިތައް މިހާރު ހިންގަމުންގެންދާ ނަޒާހަތްތެރިކަން މިޚަބަރުންވެސް ސާފުވެއްޖެއެވެ. ކުރިއަށްއޮތްތަނުގައި އެކުންފުނިތަކުގައި ހިންގާފައިހުރި މިއަށްވުރެ ހާސްބައިބޮޑު ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީން ބަލާ ޝަރީއަތަށް ފޮނުވާނެކަމަށް އުންމީދުކޮށް ހޫނުމަރުހަބާކިޔާ އަތްޖެހީމެވެ.