ސަލްމާން "ބިގް ބޮސް" ގެ ޝޯއެއްގައި: މީގެ 12 ވަނަ ސީޒަނުގެ އޮޑިޝަނަށް މިހާރު ވަނީ ހުޅުވާލާފައި.
18 އެޕްރީލް 2018 - 06:03
ކަލާޒް ޗެނެލުން ގެނެސްދޭ "ބިގް ބޮސް" ގެ 12 ވަނަ ސީޒަނަށް އެ ޗެނެލުން ތައްޔާރު ވާން ފަށާފައިވާ އިރު، މި ސީޒަނާ އެކު ޝޯ އަށް އަނެއްކާ ވެސް ބަދަލެއް ގެންނަން ނިންމައިފި އެވެ.
މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ގެނެސް ދިން ސީޒަންތަކަށް ގެނައި ތަފާތަކީ ސެލެބްރިޓީންނާ އެކު، އާންމުންގެ ތެރެއިން ބަޔަކަށް ވެސް ޝޯ އިން ފުރުސަތު ދިނުމެވެ. މި ބަދަލު ވަރަށް ގިނަ ބަޔަކަށް ކަމު ދިޔަ އެވެ.
"ބިގް ބޮސް 12" ގެ އޮޑިޝަނަށް މިހާރު ހުޅުވާލައިފައިވާ އިރު، މި ފަހަރުގެ ތަފާތަކީ "ބިގް ބޮސް" ގެ ގެއަށް ކޮންމެ ބައިވެރިއަކާ އެކު ވެސް އޭނާ އަށް ހާއްސަ އިތުރު މީހަކަށް ފުރުސަތު ދިނުމެވެ.
ކަލާޒް އިން ކުރި ޓްވީޓެއްގައި ބުނީ މި ބަދަލާ އެކު ޝޯގެ ފޯރި ދެ ގުނަ ބޮޑުވާނެ ކަމަށެވެ.
#BiggBoss12 is coming soon and this time we're looking for jodis! So bring a partner along with you to the @BiggBoss house for twice the dhamaal! Auditions now open! #RisingStar2GrandFinale
— COLORS (@ColorsTV) April 15, 2018
ކަލާޒްގެ ޓްވީޓް.
"ބިގް ބޮސް" އަކީ ސަލްމާން ހާން ހޯސްޓް ކުރާ ވަރަށް މަގުބޫލު ރިއަލިޓީ ޝޯއެކެވެ. މި ޝޯގައި ބައިވެރިން ތިން މަސް ދުވަސް ވަންދެން އެއް ގެއެއްގެ ތެރޭގައި ގެންގުޅޭނެ އެވެ. "ބިގް ބޮސް" އަކީ އާންމުކޮށް އަހަރުގެ ފަހުކޮޅުގައި ގެނެސްދޭ ޝޯއެކެވެ. އެހެންވެ މިހާރު އޮޑިޝަނަށް ވެސް ހުޅުވާލާފައިވާތީ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލު ކުރެ އެވެ.
"ބިގް ބޮސް" ގެއަށް ވަައްދާނެ 16 ބައިވެރިން ކަނޑައަޅާނީ އޮޑިޝަނަށް ފަހު އެވެ.
މިދިޔަ އަހަރު ގެނެސްދިން "ބިގް ބޮސް 11" ކާމިޔާބު ކުރީ ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އެވެ.
"ބިގް ބޮސް 12" ގެ އިތުރުން މި އަހަރު ސަލްމާން ހޯސްޓްކޮށްދޭ އެހެން ޝޯއެއް ވެސް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ ސޮނީގެ "ދަސް ކާ ދަމް" އެވެ. މި ޝޯ އަލުން މި އަންނަނީ މީގެ ފުރަތަމަ ސީޒަން 2008 ގައި ގެނެސް ދިނުމަށް ފަހު އެވެ. "ދަސް ކާ ދަމް" އަކީ ސުވާލުތަކަށް ޖަވާބު ދީގެން، ފައިސާގެ އިނާމު ލިބޭ ޝޯއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނޭދޯދޯ
18 April 2018
ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.