ފިލްމް "ދޭތީ އަނިޔާ" ގެ ޕޯސްޓަރެއް: ފިލްމް މި އަހަރު ރިލީޒް ކުރަން ވަނީ ނިންމާފައި.
29 ޖުލައި 2016 - 06:51
މިހާރު ހަދަމުން އަންނަ ފިލްމް "ދޭތީ އަނިޔާ" އަކީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ އަސަރު ގަދަ ފިލްމަކަށް ވާނެ ކަމަށް ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނެފި އެވެ.
އަސަރު ގަދަ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އައިމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ހާމިދު އަލީ އެވެ.
އަމްޖޭ ބުނީ ހާމިދުގެ ރޯލަކީ ސަޕްރައިޒެއް ކަމަށާއި ފިލްމު ފުރިހަމަވެގެން ދާނީ އޭނާގެ ރޯލުން ކަމަށެވެ.
ލޯބީގެ އަނިޔާވެރި ހާދިސާތަކެއް ވެސް ފެނިގެންދާ "ދޭތީ އަނިޔާ" ގެ ކާސްޓުންގެ ތެރޭގައި ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ، ހަސަން މަނިކު (ރޯނު) އަދި ހަމްދާން ފާރޫގް ފަދަ އެކްޓަރުން ހިމެނެ އެވެ.
އަމްޖޭ ބުނީ ހުޅުމާލޭގައި ޝޫޓްކުރާ ފިލްމުގެ 10 މަންޒަރެއް ފިޔަވައި، އެހެން ހުރިހާ މަންޒަރެއް ނަގައި ނިމިފައިވާ ކަމަށެވެ.
"ކާސްޓުންގެ ތެރޭގައި ހިމެނޭ އެކްޓަރަކު ބޭސް ފަރުވާއަކަށް ރާއްޖޭން ބޭރަށް ދާން ޖެހިގެން ޝޫޓިން މިހާރު މި ވަނީ މެދުކަނޑާލައިފައި. އޭނާ އެނބުރި އަންނާނީ ދެ ހަފުތާއެއްހާ ފަހުން،" އަމްޖޭގެ 51 ވަނަ ޑައިރެކްޝަނާ ބެހޭ ގޮތުން ބުންޏެވެ. "އެހެންވެ އަލުން ޝޫޓިން ފަށަން ރާވާފައި އޮތީ އަންނަ މަހުގެ ސާދައިގައި."
ފިލްމް "ދޭތީ އަނިޔާ" ގެ ކްލިޕެއް
އަމްޖޭ ބުނީ ފިލްމުގެ މަސައްކަތް ދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކާސްޓުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ބުންޏެވެ.
އޭނާ ބުނީ މި އަހަރު "ދޭތީ އަނިޔާ" ސްކްރީނަށް އަންނާނެ ކަމަށެވެ. ފިލްމުގެ ބައެއް މަންޒަރުތަކުގެ ކްލިޕްކޮޅު ފިލްމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވެސް މިހާރު ވަނީ ހިމަނައިފަ އެވެ.
"އެކަމަކު ފިލްމުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައި، ފިލްމު ރިލީޒް ކުރުމުގެ ކަންތަކާ އުޅޭނީ،" އަމްޖޭ ބުންޏެވެ. "ބޭނުމެއް ނޫން މަސައްކަތް ނުނިންމައި ފިލްމް ސްކްރީނަށް ގެންނާކަށް. އެކަހަލަ މައްސަލަތަކެއް އެބަހުރި ކުރިން ވެސް ބެލުންތެރިންނަށް ތަޖުރިބާ ކުރަން ޖެހިފައި."
ހުސައިން ސޮބާހް މިއުޒިކް ތައްޔާރުކޮށްދޭ ފިލްމާ ބެހޭ ގޮތުން އަމްޖޭ ބުނީ ފިލްމްވެގެން ދާނީ ޓެކްނިކަލް ގޮތުން ވެސް މޮޅު ފިލްމަކަށް ކަމަށެވެ.
ފިލްމް "ދޭތީ އަނިޔާ" ގެ ކްލިޕެއް
"ބަލާލަން ރީތި މަންޒަރުތައް މުއްސަނދި ހިތްގައިމު ފިލްމަކަށް ފިލްމް ވާނެ. ޓެކްނިކަލީ ވެސް ވަރަށް ތަޖުރިބާކާރު ޓީމެއް ފިލްމުގައި އަހަންނާ އެކު މަސައްކަތް ކުރަނީ،" އުދަބާނި އާއި ހަފަރާތް ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޑައިރެކްޓަރު ބުންޏެވެ. "އެހެންވީމާ މީގެ ކުރިން އަހަރެން ހަދާފައި ހުރި ފިލްމުތަކާ މި ފިލްމާ ވަރަށް ބޮޑު ތަފާތެއް ޓެކްނިކަލީ ފެންނާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލް
02 August 2016
މިހާރު ހާދަރު ރަނގަޅު. ދެން ހުރީވެސް މޮޅު ފިލްމުތަކެއް ކަމަށް މިބަލަނީ؛ އެއީ ވިޝްކާ ވިޔަސް 4426 ވިޔަސް. އެއީ ތަފާތު މޮޅު އެއްޗެހި. ބަޔަކު ރަނގަޅު ފިލްމުތަކެއް ހަދަން މަސައްކަތް ކުރާއިރު މި އަމްޖޭ މިއުޅެނީ ދަރާރު ނުހެދިގެން. ދެން ދާއިރާ ދާނީ ހަމަ ފަހަތަކަށް ނޫންތޯ؟ އަމްޖޭ އަޅެ ވިސްނަބައްލަވާ!
ޕޯނާ
29 July 2016
އަމްޖޭއަކީ ފެންވަރު ދަށް ޕޮޓްބޮއިލަރ ފިލްމު ހަދާ މީހެއް. ބާރައިގެފަސް ސަނދުރަވިލޭރޭ ކަހަލަ ފިލްމުތަކަކީ ހެއްކެއް.
ޢޭނާ
29 July 2016
އަމްޖޭ ދައްކާ ވާހަކަ ޤަބޫލެއް ނުކުރާނަން
ކޮޕީ
29 July 2016
ވަރަށް ހީވޭ ދަރާރް ގެ ކޮޕީ އެއް ހެން
އަހުމަދު
29 July 2016
ޑާކްރެއިން އަދި ނަހުލާގެ އައު ފިލްމާއި ބަލާފައި މިފިލްމަށް އެއްވެސް އުންމީދެއް ނުކުރެވޭ! ޒަމާނާއި އެއްގޮތަށް ބަދަލުނުވެ، މެލޯޑްރާމާ އަދި ހިންދީ ސްޓައިލްގެ ކުނި ފިލްމް ހަދައިގެން މި ރާއްޖޭގައި މިއަދަކު ނުހިނގާނެ! ދެން ޓެކްނިކަލީ ފިލްމް މޮޅުވާނެ އޭ ބުނީމަ ހިނި އާދޭ! ތި ލާފަ ހުރި ކްލިޕް ތަކުގެ ކަލަރ ގްރޭޑިންގ ފެނުމުން ހުރިހާ ކަމެއް ސާފު ވެއްޖެ! ލޮލް! އަމްޖޭ ދެންވީ ރިޓަޔަރ ވާން!
ކކޖ
29 July 2016
އަމްޖޭ މުޅިންވެސް ހަދާނީ ހިތާކުޅެލާ, ނޫނީ "ތަފާތު" ފިލްމު. ބަލާލާއިރު ފިލްމުގަ ހާވާފަހުރިހަޑި ފެނި ބަޑަށް ހީ ނޫނީ ބޮލުގަ ރިއްސާވަރުން އެ ނުބެލޭނެ... ތަފާތު ނޫނީ ހިތާކުޅެލާނޭ ބުންޏަށް މިހާރު ތިހެން ބުނާ އެއްޗަކުން ފިލްމު ބަލާ ހިތެއް ނުވާނެ...