ސްކާލެޓް ޖޮހަންސަން: މިއީ މިހާރު އެންމެ ބޮޑު އާމްދަނީއެއް ލޮބޭ ބަތަލާ.
18 އޯގަސްޓް 2018 - 08:48
ދުނިޔޭގައި މި ވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއަކީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހަންސަން ކަމަށް ފޯބްސް މަޖައްލާ އިން ބުނެފި އެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިން ހިމަނައިގެން އެކުލަވައިލި ލިސްޓްގެ ކުރި ޖޮހަސަން، 33، އަށް ލިބުނީ 40.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ. ފޯބްސް އިން ބުނި ގޮތުގައި އެ ވަރުގެ އާމްދަނީއެއް އޭނާ އަށް ލިބުނީ މި ފަހުން ރިލީޒްވި އޭނާގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ބްލެކް ވިޑޯ" އާއި "އެވެންޖާޒް" ގެ ފިލްމްތަކުން ލިބުނު އާމްދަނީއާ އެކުގަ އެވެ.
ފޯބްސްގެ މި އަހަރުގެ ގަދަ 10 ގެ ލިސްޓަށް ބަލާ އިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެމާ ސްޓޯން މި ފަހަރު ގަދަ 10 ގައި ވެސް ލައްވައި ނުލި ކަމެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިންގެ ލިސްޓްގެ ދެވަނާގައި އޮތީ އެންޖެލީނާ ޖޮލީ އެވެ. އެއީ 28 މިލިއަން ޑޮލަރާ އެކުގަ އެވެ.
އެންޖެލީނާ ދަރިންނާ އެކު: އޭނާއަކީ ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާ.
ޖެނިފާ އެނިސްޓަން އަށް 19.5 މިލިއަން ޑޮލަރާ އެކު ތިން ވަނަ އިން ޖާގަ ލިބުނު އިރު، ހަތަރު ވަނައިގައި އޮތީ 18 މިލިއަން ޑޮލަރާ އެކު ޖެނިފާ ލޮރެންސް އެވެ.
ފަސް ވަނަ އިން ރީޒް ވިދަސްޕޫން 16.5 މިލިއަން ޑޮލަރާ އެކު ޖާގަ ހޯދި އިރު، ހަ ވަނައިގައި އޮތީ 16 މިލިއަން ޑޮލަރާ އެކު މިލާ ކޫނިސް އެވެ.
ގަދަ 10 އިން އެންމެ ފުލުން ޖާގަ ލިބުނު ތަރިންނަކީ ޖޫލިއާ ރޮބަޓްސް (13 މިލިއަން ޑޮލަރު)، ކޭޓް ބްލެންޝެޓް (12.5 މިލިއަން ޑޮލަރު)، މެލީސާ މެކާތީ (12 މިލިއަން ޑޮލަރު) އަދި "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ (10 މިލިއަން ޑޮލަރު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޯރް
18 August 2018
ބްލެކް ވިޑޯ؟