މުނިފޫހިފިލުވުން / ހޮލީވުޑް

ރަލަށް ދެވިހިފައިގެން ބެން އެފްލެކް އަނެއްކާ ވެސް ރިހެބްގައި

ބެން އެފްލެކް: އޭނާ އަންނަނީ ތިން ވަނަ ފަހަރސް ރިހެބް ފަރުވާ ހޯދަމުން.

ރަލަށް ދެވިހިފައިގެން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރިހެބްގައި ފަރުވާ ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ބެން އެފްލެކް އަނެއްކާ ވެސް ރިހެބުން ފަރުވާ ހޯދަން ފަށައިފި އެވެ.

އޭނާ އަލުން ރިހެބަށް ވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެފްލެކް އަލުން ފަރުވާ ހޯދަން ފެށީ އޭނާގެ ހާލަތު ގޯސްވާން ފެށުމުން ކުރީގެ އަނބިމީހާ އަދި ތިން ކުދިންގެ މަންމަ އަދި މަޝްހޫރު ބަތަލާ ޖެނިފާ ގާނާގެ އެދުމުގެ މަތިންނެވެ.

އަލުން ރިހެބް ފަރުވާ ހޯދަން ފެށި އިރު، އެފްލެކް ހުރީ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރި ލިންޒީ ޝުކަސްއާ އެކު ބޭއްވި ލޯބީގެ ގުޅުން ނިމުމަކަށް އައިސް އެ މާޔޫސްކަމުގެ ތެރޭގަ އެވެ. އަދި ޕްލޭބޯއި މޮޑެލެއް ކަމަށްވާ ޝައުނާ ޒެކްސްޓަންއާ އެފްލެކް ގާތް ގުޅުމެއް ބާއްވަމުންދާ ކަމުގެ އަޑުތަކެއް ވެސް މި ދޭތެރެ އިން އަރާފައިވެ އެވެ.

Ben Affleck kurin nudhakkaa vaahaka eh

Ben Affleck kurin nudhakkaa vaahaka eh

The most trusted news source in the Maldives

Mihaaru

އެފްލެކް ވަނީ ރިހެބްގެ ތަޖުރިބާ ދާދި ފަހުން ހިއްސާކޮށްފައި.

މިދިޔަ އަހަރު ރިލީޒް ކުރި "ޖަސްޓިސް ލީގް" އަށް ފަހު އެފްލެކް ދިޔައީ "ޓްރިޕްލް ފްރޮންޓިއާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އަންނަ އަހަރަށް ތާވަލުކޮށްފައިވާ ނެޓްފްލިކްސްގެ ފިލްމެކެވެ.

މީގެ އިތުރުން މެޑް ޑެމަން ލީޑަށް ލައިގެން ފިލްމެއް ޑައިރެކްޓް ކުރަން ވެސް އޮސްކާ ހޯދާފައިވާ 46 ގެ އެކްޓަރު ގެންދިޔައީ ތައްޔާރުވަމުންނެވެ.

ނަމަވެސް އޭނާ ރިހެބަށް ވަނުމާ އެކު މި ޕްރޮޖެކްޓްތަކަށް ވާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.

އެފްލެކް އެންމެ ފުރަތަމަ ރިހެބް ފަރުވާ ހޯދީ 2001 ގަ އެވެ. އަދި 2017 ގައި ދެވަނަ ފަހަރަށް ރިހެބިލިޓޭޝަން ފަރުވާ ހޯދުމަށް ފަހު، ދާދި ފަހުން އޭނާ ވަނީ އެ ތަޖުރިބާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 38%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454