ބްރަޔަން އެޑަމްސް، ޕްރިޔަންކާއާ އެކު.
30 ސެޕްޓެމްބަރ 2018 - 07:41
ޕްރިޔަންކާ ޗޯޕްޅާ ކަހަލަ ބައިވެރިއަކު، ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަށް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށާއި އެ ދެ މީހުންނަށް ބާއްޖަވެރި ހަޔާތަކަށް އެދޭ ކަމަށް ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރަޔަން އެޑަމްސް ބުނެފި އެވެ.
ޕްރިޔަންކާއާ އެކު ބައެއް ކޮމާޝަލްތަކުގައި މަސައްކަތްކޮށްފައިވާ 58 އަހަރުގެ ބްރަޔަން ހިންދުސްތާން ޓައިމްސް އަށް ބުނީ ކޮންމެ ކޮންމެ މީހަކީ ނިކް ކަހަލަ ނަސީބުވެރިޔަށް ނުވެދާނެ ކަމަށެވެ.
"ޕްރިޔަންކާއަކީ ވަރަށް ވެސް އާދަޔާހިލާފު އަންހެނެއް. އޭނައަކީ އެހާ ހުނަރުވެރި އަދި އެހާމެ ވިސްނުން ތޫނު ދުނިޔެ އަށް ވަރަށް ބޮޑަށް ލޯ ހުޅުވިފައިވާ މީހެއް،" އަންނަ މަހު ޓުއާއެއްގައި އިންޑިއާ އަށް ދާ ލަވަކިޔުންތެރިޔާ ބުންޏެވެ. "އަހަރެން އެ ދެ މީހުންނަށް ބާއްޖަވެރި ހަޔާތަކަށް އެދެން."
ޕްރިޔަންކާ އާއި ނިކްގެ އެންގޭމަންޓް މިދިޔަ މަހުގެ 18 ވަނަ ދުވަހު އިންޑިއާގައި ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، ދެ ތަރިން ކައިވެނި ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.
ނިކް އާއި ޕްރިޔަންކާ.
ޕްރިޔަންކާ މިހާރު އަންނަނީ "ދަ ސްކައި އިިޒް ޕިންކް" ކިޔާ ހިންދީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މިއީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު އޭނާ ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ފަރްހާން އަހްތަރާއި ޒާއިރާ ވަސީމު ހިމެނެ އެވެ.
ސޮނާލީ ބޯސް ޑައިރެކްޓް ކުރާ "ދަ ސްކައި އިޒް ޕިންކް" އަށް ސޮއި ކުރުމުގެ ކުރިން ޕްރިޔަންކާ، ސަލްމާން ހާންގެ "ބާރަތު" ވެސް ސޮއި ކުރި އެވެ. އެކަމަކު އެ ފިލްމުގެ ޝޫޓިން ފެށިތަނާ ހެން އޭނާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޒުނާ
26 October 2018
އަހަރެންނަށް ތިކަހަލަ ނަސީބެއްލިބޭނަމަ ކިހާ ރަގަޅު.
ކެނެޑީ
01 October 2018
އަދިވެސް ނިކްޖޯންސްތަ ނަސީބު ގަދައީ؟ ޙެހެ ނިކްޖޯންސަށް 40 އަހަރުވާއިރު ޕްރިޔަންކާ ހުންނާނީ މާމަ ކިޔާ އުމުރުގަ އޭރުން ތިޔަ ނަސީބު ޖެހޭ ހިސާބެއް ބަލާލަންވާނެ އެނީވޭ އޯލްދަބެސްޓް
ޢަބްދުﷲނާފިޒް
30 September 2018
މިކަމާ ގުޅިގެން، ސުނިޔަންކާގެ އިހުސާސުތައް ހުރި ގޮތެއްވެސް ގެނެސްދޭނެ ކަމަށް އުއްމީދުކުރަން.
78956547777
30 September 2018
މި ކަނބުލޮ ރާއްޖެއަށް އައިސް ދިން ސްޕީޗުން އެނގޭ ވަރަށް ލޯހުޅުވިފައިކަން. ދެއްކި ވާހަކައިން އެނގޭ ދެގައުމުގެ އެއްގޮތް ކަންތަކާ މެދު ވިސްނާ ރިސަރޗް ހަދާފައިވާކަން އަަނގަ ތެޅުމުގެ ކުރިން. ބުރޯ ނިހާނުމެންވެސް ދުލަށް އައިހާ އެއްޗެއް ނުކިޔާ ކުޑައިކޮށް ބުއްދި ބޭނުންކުރާނަަމަ. މިމަންޖެ މިހާރު ގެންނަން ވަރަށް ސަޅިވާނެ. ސްޕީޗް ދޭން.